ނަފްސާނީ ބައްޔަށް ހާއްސަ ސެންޓަރު: މިއީ ނަފްސާނީ ބައްޔަށް ޒަމާނީ ފެންވަރެއްގައި ރާއްޖޭގައި ފަރުވާ ދޭން ފެށި ފުރަތަމަ ފަހަރު-- ފޮޓޯ: ނިޝާން އަލީ/މިހާރު
28 އެޕްރީލް 2019 - 12:52
މެންޓަލް ހެލްތު ސެންޓަރު ހުޅުވިތާ މިވީ މަހެއްހާ ދުވަހުގެ ތެރޭގައި ނަފްސާނީ ބަލިތަކަށް 395 މީހުން ފަރުވާ ހޯދާފައިވާ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
އައިޖީއެމްއެޗުން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، ފުރަތަމަ މަހުގެ ތެރޭގައި 339 މީހުން ޑޮކްޓަރަށް ދެއްކި އިރު ސައިކޯތެރަޕީގެ 53 ސެޝަން ނަގާފައިވެ އެވެ.
މިދިޔަ މަހުގެ 25 ވަނަ ދުވަހު ހުޅުވި ސެންޓަރުގައި ތިން ޑޮކްޓަރަކު މަސައްކަތްކުރެ އެވެ. އައިޖީއެމްއެޗުގައި ހަދާފައިވާ ސެންޓަރުން ހަފުތާގެ ފަސް ދުވަހު ހިދުމަތް ދެ އެވެ.
މެންޓަލް ހެލްތު ސެންޓަރަށް ދައްކާ މީހުން ގިނަވުމުން، ބައެއް ފަހަރަށް ޑޮކްޓަރަށް ދައްކަން، ދެތިން ހަފުތާ ވެސް ނަގަ އެވެ.
މެންޓަލް ހެލްތު ސެންޓަރު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ކުރިން ވިދާޅުވެފައިވާ ގޮތުގައި ފާއިތުވި ހަ މަސް ދުވަހު އައިޖީއެމްއެޗުން އެކަނި ވެސް ނަފްސާނީ ބަލިތަކަށް ގާތްގަނޑަކަށް 2،500 މީހުން ފަރުވާ ހޯދާފައިވެ އެވެ.
ނަފްސާނީ ބަލީގެ ފަރުވާދޭ މަރުކަޒެއް ގާއިމް ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަމެކެވެ. އެތަނުގައި އެޑްމިޓްކޮށްގެން ވެސް ފަރުވާދޭނެ އެވެ. އަދި ކައުންސެލިން ދިނުމާއި ބަލިތައް ދެނެގަތުމުގެ ކަންކަން ވެސް ކުރިއަށް ދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢައްޔަބެ30
29 April 2019
ވަރަށް ދެރަ ހަބަރެއް. މުޅި މެންޓަލް ހެލްތު ޑިޕާޓުމަންޓްގަ ތިބީ، 3 ޑޮކްޓަރު. 2 ޑޮކްޓަރުން ތިބީ ޗުއްޓީގައި. ދެންކުރިމީހާ އަކީ ކަމަށް ގާބިލް މީހެއްނުން. ވެއިޓިންގައި 800 މީހުން ނަން ނޯޓް ކޮށްފައި. ޥަރަށް ދިރާސާ ކޮށްފަ ލިޔެފައޮތް ރިޕޯޓެއްކަމަށް ބެލެވެނީ. ޥަރަށް ދެރަވެއްޖެ
ޙުސެން
29 April 2019
ޚކޮބާ ވެލްޒިނީ އޯކޭތަ މިހާރު ފަނޑިޔާރުގެއައް ލާވަރު ވެއްޖެބާ
ކޮރަލް
29 April 2019
ތައުހީދު އޮޅުން ފިލުވީމަ އަގީދާ ވަރުގަދަ ވާނެއެވެ.
ތިމާވެށީ
28 April 2019
އެކި އެކި މައްސަލަ ތަކުގަ ދީނީ އިލްމް ވެރީންގެ އެހީ ގިނަ ގިނައިން ހޯދުމުން ނަފްސާނީ މައްސަލަ ތަކަށް އެހީ އަކަށް ވާނެ ކަމަށް ގަބޫލު ކުރަމެވެ.
ރައްޔިތެއް
28 April 2019
ލަދެއް ނުގަނޭބާ އައި.ޖީ.އެމް.އެޗުން ވާހަކަ ދައްކަން ތިތާގެ ޑޮކިޓަރަކަށް ދައްކަންޖެހިއްޖިއްޔާ ވެއިޓިންގ ލިސްޓުގަ 490 ވަނައިގަ މީބޮނޑުވަރު. އޭޑީކޭ އަށް ގޮސިއްޔާ އެހެންތާކުން 1 ދުވަސްވެފަހުރި އީސީޖީ އެކުސްރޭއެއްވިޔަސް އަލުންޖެހެނީ އެތަނުން ހަދަން ފައިސާކާންވެސް ވަކިވަރެއް އޮންނަންޖެހޭ. ސަރުކާރު ބަދަލުވީމަ ކޮންކަމެއްވީ ގޮޑިއަށްއެރުނީމަ ހަނދާނެއްނެތް.
ޢަހުމަދު ހަކީމް
28 April 2019
ތިވަރަކުން އަދި ނުފުދޭނެ. ތިތަނުގައި މިހާރު ހުރީ އެންމެ ސައިކޯތެރެޕިސްޓެއް. ސައިކޮލޮޖިކަލް އެސެސްމެންޓް އަދިވެސް ނެހެދޭ..!
ރާއްޖެ
28 April 2019
ތިތަން ނުހުޅުވާ އިރުވެސް ތި ހޮސްޕިޓަލުން ސައިކޭޓްރިސްޓުންނަށާއި، ސައިކޮލޮޖިސްޓުންނަށް ބަލިމީހުން ދައްކާފައިވޭ. ކޮޓަރީ ބޭރުގަ އިން ނަން ބަދަލު ވުމަކުން ޚިދުމަތް ބަދަލުވީ ކީ ނޫން.
ރަދީފްސް ޑޭޑް
28 April 2019
ހާދަމަދޭ. މަގެއްމަތީގައި ހިނގާފައިދާއިރު ބޯގޮވާފައިތިބޭ ހާދަބަޔަކު ފެނެޔޭ.