ލަންކާ އަށް ފުރަން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި އިޒްހާން (ކ) އިއްޔެ މަޑުކޮށްލައިގެން.
03 ސެޕްޓެމްބަރ 2016 - 10:53
ސްރީ ލަންކާގައި ރޭލެއްގެ ދަށުވެ ދިވެއްސަކު މިއަދު މަރުވެއްޖެ އެވެ.
މި އެކްސިޑެންޓުގައި މަރުވީ ގދ. މަޑަވެލި ޒުވާނެއް ކަމަށް އިޒްހާމް މުހައްމަދު 21، އެވެ. އެކްސިޑެންޓުގައި އޭނާގެ ހަށިގަނޑުގެ ބޮޑުބައި ޗިސްޗިސްވެފައިވާ ކަމަށް ވެ އެވެ.
މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގައި ޑިގްރީއަށް ކިޔަވަމުން އައި އިޒްހާމް ރަށްޓެހިންތަކަކާއެކު ލަންކާއަށް ދިޔައީ އިއްޔެ ކަމަށް އެނގިފައިވެ އެވެ.
ރަށްޓެހިންތަކަކާއެކު ސައިބޯން ނުކުމެ އުޅެނިކޮށް، އިޒްހާމް އެކްސިޑެންޓުވީ، ސައިބޯން ތިބި ތަނުގެ ކައިރިން ރޭލު ޓްރެކްގެ އަނެއް ފަރާތަށް ހީސްލާން ގޮސްފައި އެނބުރި އަންނަނިކޮށް ކަމަށް އޭނާގެ ގާތް މީހަކު ބުންޏެވެ.
އެކްސިޑެންޓުގައި އިޒްހާމް މަރުވި ސަރަހައްދުގައި ބައެއް ދިވެހިންނާއި ލަންކާގެ އާންމުން އަދި ފުލުހުން މިއަދު ހަރަކާތްތެރިވަނީ.
"ސައިބޯން އިނދެފައި އިޒްހާމް ބުނީ އެބަ އަންނަމޭ ހީސްލައިގެން. ރޭލު ދަގަނޑުގެ އަނެއް ފަރާތުގައި އޮންނާނީ މޫދު. އެތަނަށް ގޮސްފައި އެނބުރި އަންނަނިކޮށް މިކަން މި ދިމާވީ،" އިޒްހާމްގެ ގާތް މީހާ ބުންޏެވެ.
އެކްސިޑެންޓުވި ތަން ފެނުނު ދިވެއްސަކު "މިހާރު" އަށް ބުނިގޮތުގައި، ރޭލު ދަގަނޑުމަތިން އިޒްހާމް ހުރަސްކުރި ވަގުތު އިޒްހާމާއި ރޭލާ ދެމެދު ހުންނާނީ ވިއްސަކަށް ފޫޓެވެ.
ލަންކާ އަށް ފުރަން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި އިޒްހާމް (ކ) ރަށްޓެއްސަކާއެކު އިއްޔެ މަޑުކޮށްލައިގެން: އޭނާ ލަންކާގައި މިއަދު ހެނދުނު މަރުވީ ރޭލު ދަގަނޑު ހުރަސްކުރަނިކޮށް ކަމަށް މަންޒަރު ދުށް މީހުން ބުނޭ.
"ވަރަށް ދުރަށް [ރޭލު] ދިޔަ އޭނާގެ ގައިމަތިން. ޖެހުނު ގޮތަށް ދަށުވީ." އެކްސިޑެންޓުވި ވަގުތު އެ ހިސާބާ އަރާ ހަމަވި ދިވެހި މީހާ ކިޔައިދިނެވެ.
"ވަރަށް އަސަރުކުރި. އޭނައަށް ވީ ގޮތް ލައިވްކޮށް ދެކުނިން. އެވަގުތު [އެކްސިޑެންޓްވި އިރު] އަހަރެންނާއި މަންމަ އަދި ކޮއްކޮ އެ ހިސާބާ އަރާ ހަމަވީ. އެކްސިޑެންޓުވި ވަގުތު އެތަނުގައި ތިބި މީހުން ހަޅޭއްލަވައިގަތީމާ އަހަރެމެންނަށް ވެސް މަޑުކޮށްލެވުނީ. އެވަގުތު އެތަނުން މީހަކު ބުނީ އެއީ ދިވެއްސެކޭ"
ރޭލު ދަގަނޑު ހުރަސް ކުރަނިކޮށް އިޒްހާމް މަރުވި ސަރަހައްދު.
ފޭސްބުކްގައި އާއްމުކޮށްފައިވާ ވީޑިއަކުން ފެންނަ ގޮތުގައި އެކްސިޑެންޓް ހިނގި ސަރަހައްދުގައި އިޒްހާމްގެ ހަށިގަނޑު ހުދު ފޮތިގަނޑެއް އަޅާފައި ބާއްވާފައި އޮތް އިރު، ރޭލް ދަގަނޑުތައް ކައިރީގައި ގިނަ އަދަދެއްގެ ލޭ ހުރި ތަން ފެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެނޮނީމާ
04 September 2016
އަމިއްލަ އިހްމާލު . މިއީ ދެންތިބި މީހުންނަށް އިބްރަތެއްކަމަށްވާނެކަމަށް ހީކުރަން. ރޭލު ހުރަސްކުރިމަކީ ކުޅިވަރެއްނޫން. ﷲ އަހަރުމެންނާ ހަވާލު ކުރައްވާފައިވާ ފުރާނަޔަށް ރައްކާތެރިވުމަކީ ކޮންމެހެން ކުރަންޖެހޭނެކަމެއް. ﷲ އެފުރާނަ ގެންދަވަންދެން.
ރެސްޕެކްޓް
03 September 2016
މަރްހޫމް އަށް ސުވަރުގެ މިންވަރު ކުރައްވާށި. ހިތަށް އަރާ މިފަދަ ހާދިސާތަކުގެ ފޮޓޯ ސޯޝަލް މީޑިއާގައި ދައުރު ކުރުމަކީ ރަގަޅު ކަމެއްބާވޭ. މަރްހޫމް އަށާ މަރުހޫމުގެ އާއިލާއަށް ކޮންމެވެސް އިޚްތިރާމެއް ކުރުން ރަގަޅު ކަންނޭގެ
ހުސްވާހަކަ
03 September 2016
ކޮންމެއްކަސް އޭނަ އެކަނިހުއްޓާ ވީކަމެއް އެހެންގޮތަކަށް ބަދަލުކުރަންނޫޅޭ.
ޕައްލަންބެ
03 September 2016
ވަރަށް ދެރަ ... ރޭލުގެ ދުވެލި އަންދާޒާ ނުކުރެވުނީކަމަށް ލަފާ ކުރެވެނީ ... ދިރިތިބީންނަށް ޙާއްސަކޮށް ޒުވާން ޖޯޝުގައި މިކަހަލަ ކަންތަށް ކުރާ ޒުވާނުންނަށް އިބްރަތެއްކަމުގައި މިކަން ވާނެ.
މަރު
03 September 2016
إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعونَ
ހައްސާ222
03 September 2016
"އެކްސިޑެންޓުވި ތަން ފެނުނު ދިވެއްސަކު "މިހާރު" އަށް ބުނިގޮތުގައި، ރޭލު ދަގަނޑުމަތިން އިޒްހާމް ހުރަސްކުރި ވަގުތު އިޒްހާމާއި ރޭލާ ދެމެދު ހުންނާނީ ވިއްސަކަށް ފޫޓެވެ." މިއީ ސުވާލުއުފެދޭ ކަމެއް. މިމަރު ތަހުގީގު ކުރަންޖެހޭ. އަމިއްލަ އަށް މަރުވުމުގެ ބޭނުމުގަ ހުރަސްކުރީތޯ ނުވަތަ މީހަކު ގެ އިހުމާލުން ތޯ.
ހިއްވަރު
03 September 2016
إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعونَ
ޔަހުޔާ
03 September 2016
ވަރަށް ސުވާލު އުފެދޭ .
އަލިދީދީއައްޑޫސިޓީ
03 September 2016
އެވަގުތު އެތަނުގައި ތިބި މީހުން ބުނާ އެއްޗެއް މިއޮތީ ޚަބަރުގަ. އެއިން އެނގެނީ، ތިމާ އަށް ހުރަސްކުރެވިދާނެކަމުގެ ޔަގީންކަން އޮތްވަރުން ދުވެފަ ހުރަސްކޮށްލީކަމަށް. އެކަމަކު ރޭލު ދުއްވާފަ އައި ބާރުމިން ކަލްކިއުލޭޓު ނުކުރެވުނީމަ، ރޭލު ދަށުވީ. އެހެންވެ ބުނަނީ، ތިމެންނާ އަކީ ފަތަން ދަންނަ މީހެކޭ ކިޔާފަ ލައިފް ޖެކެޓް ނާޅާ ކަނޑަށް ފުންމާ ނުލާށޭ. މަރުހޫމަށް ﷲ ހެޔޮ ރަޙްމަތް ލައްވާށި. ޢާއިލާ އަށް ކެތްތެރިކަން ދެއްވައި، އަހަރުމެން އެންމެނަށް ހެޔޮ ވިސްނުން ދެއްވައި މިބާވަތުގެ ހާދިސާތަކުން ސަލާމަތްކުރައްވާށި. އާމީން!
އިބްރާހީމް
03 September 2016
إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعونَ
ހަމްޕް
03 September 2016
މިއދު ވަރަށް ދެރަވެއްޖެ...ވަރަށް ހިތާމަ ކޮށްފިން..މަރުޙޫމަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާނދޭ