އިޒްހާމް (ވ): އޭނާ ލަންކާ އަށް ގޮސް އުޅުނީ ޗުއްޓީއެއްގައި.
03 ސެޕްޓެމްބަރ 2016 - 15:40
ޗުއްޓީއަކަށް ސްރީ ލަންކާ އަށް ގޮސް އުޅެނިކޮށް ރޭލެއް ދަށުވެ މިއަދު ހެނދުނު މަރުވި، ގދ. މަޑަވެލީ، ބަހާރު، އިޒްހާމް މުހައްމަދުގެ ހަށިގަނޑު މޯޗަރީ އަށް ލާން ނިންމައިފި އެވެ.
އެކްސިޑެންޓް ހިނގި ސަރަހައްދުގައި ހުރި ދިވެއްސަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި ތަހުގީގަށް ބޭނުންވާ މައުލޫމާތު ފުރިހަމަވަންދެން މެންދުރު ފަހު 3:00 އާ ހަމައަށް އިޒުހާމް، 21، ބާއްވާފައި އޮތީ އެކްސިޑެންޓް ހިނގި ސަރަހައްދުގައި، ހަށިގަނޑުގައި ހުދު ފޮތިގަނޑެއް އަޅާފަ އެވެ. މިހާރު އޭނާ މޯޗަރީ އަށް ގެންދަން ތައްޔާރުކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.
އެނގިފައިވާ ގޮތުގައި އިޒްހާމްގެ ހަށިގަނޑު މޯޗަރީ އަށް ލަނީ އާއިލާ މީހުންނަށް ލަންކާ އަށް ދެވެންދެންނެެވެ. އާއިލާ މީހުން ބޭނުންވެއްޖެ ނަމަ، އިޒްހާމްގެ ޕޯސްޓްމޯޓަމް ހެދުމުގެ ވިސްނުން ގެންގުޅޭ ކަމަށް އިތުބާރު ހުރި ގޮތަކަށް "މިހާރު" އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
އެކްސިޑެންޓް ހިނގި ސަރަހައްދުގައި މީހުން މަޑުކޮށްލައިގެން. --ފޮޓޯ: ޝިޔާހް އަހްމަދު
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގައި ޝަރީއާ އެންޑް ލޯ ކިޔަވަމުން އަންނަ އިޒްހާމް ރައްޓެހިންތަކަކާ އެކު އިއްޔެ ލަންކާ އަށް ދިޔައީ ލިބުނު ޗުއްޓީއެއްގަ އެވެ. އެކްސިޑެންޓްވެ އޭނާ މަރުވީ ބަންބަލަޕިޓިއާގައި އެ މީހުން ތިބޭ ޔޫރޯ ލަންކާ ހޮޓާ ކައިރީގައި ހުރެފައި ރެއިލް ދަގަނޑު ހުރަސްކޮށް މޫދާވީ ސަރަަހައްދަށް ގޮސްފައި އެނބުރި އަންނަނިކޮށެވެ. އެކަމަކު އޭނާ އެ ސަރަހައްދަށް ދިޔަ ސީދާ ބޭނުމެއް އަދި އެކްސިޑެންޓް ހިނގި ގޮތެއް ވެސް ސާފެއް ނޫނެވެ.
އެ އެކްސިޑެންޓް ގުޅޭގޮތުން އެކި މީހުން ވާހަކަ ދައްކަނީ އެކި ގޮތްގޮތަށެވެ.
ރޭލު ދަގަނޑު ހުރަސް ކުރަނިކޮށް އިޒްހާމް މަރުވި ސަރަހައްދު.
އެއް ބަޔަކު ބުނަނީ އެކްސިޑެންޓް ހިނގީ، ސައިބޯން ތިބި ތަނުގެ ކައިރިން ރޭލު ޓްރެކްގެ އަނެއް ފަރާތަށް ހީސްލާން ގޮސްފައި އެނބުރި އަންނަނިކޮށް ކަމަށެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި ރެއިލް ޓްރެކް ކައިރީގައި އޭނާ ކުރި ކަމެއް ނޭނގެ އެވެ.
"އޭނަ ހުރަސްކޮށްފައި ދިޔަ ތަން ފެނުނު ކަމަށް އެކަކު ބުނޭ. ދެން އިރުކޮޅަކުން އެކްސިޑެންޓެކޭ ކިޔާފައި މީހުން ޖަމާވެފައި އޮތް މަންޒަރު ފެނުނީ،" ލަންކާގައި ހުރި ދިވެއްސަކު ބުންޏެވެ.
ލަންކާގައި ދިރިއުޅޭ އެހެން ދިވެއްސަކު ބުނި ގޮތުގައި، ރޭލު ދަގަނޑު މަތިން އިޒްހާމް ހުރަސްކުރި ވަގުތު އިޒްހާމާއި ރޭލާ ދެމެދު ހުންނާނީ ވިއްސަކަށް ފޫޓެވެ.
ލަންކާގައި އެކްސިޑެންޓްވި ސަރަހައްދަށް މީހުން އެއްވެފައި އޮތްއިރު، އިޒްހާމް ހަށިގަނޑުގައި ހުދު ފޮތިގަނޑެއް އަޅާފައި.
"ވަރަށް ދުރަށް [ރޭލު] ދިޔަ އޭނާގެ ގައިމަތިން. ޖެހުނު ގޮތަށް ދަށުވީ،" އެކްސިޑެންޓުވި ވަގުތު އެ ހިސާބާ އަރާ ހަމަވި ދިވެހި މީހާ ކިޔައިދިނެވެ. "ވަރަށް އަސަރު ކުރި. އޭނަ އަށް ވީ ގޮތް ލައިވްކޮށް ދެކުނިން. އެ ވަގުތު [އެކްސިޑެންޓްވި އިރު] އަހަރެންނާއި މަންމަ އަދި ކޮއްކޮ އެ ހިސާބާ އަރާ ހަމަވީ. އެކްސިޑެންޓުވި ވަގުތު އެ ތަނުގައި ތިބި މީހުން ހަޅޭއްލަވައިގަތީމާ އަހަރެމެންނަށް ވެސް މަޑުކޮށްލެވުނީ. އެ ވަގުތު އެ ތަނުން މީހަކު ބުނީ އެއީ ދިވެއްސެކޭ."
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާިަަައައިޝާ
04 September 2016
ޚަބަރު ކިޔާފަ އުފާވީ މީހުން ވެސް އެބައުޅޭ ދޯ!
އަހައްމަދު އަހައްމަދޭ
04 September 2016
މަރުހޫމައް ސުވަރުގެ މިންވަރު ކުރައްވާށި އާމީން ، އަހަރެންނަށް ލަފާ ކުރެވެނީ މިކުއްޖާ ރޭލު ދަށުވި މަންޒަރު ފެނުނު ދިވެހި މީހާ އެބުނާހެން 20 ފޫޓު ދުރުން ކުރޮސްކޮއްލަން ،ސްޕީޑް އަންޑަރ އެސްޓިމޭޓް ކޮއްލެވުނީހެން ، 20 ފޫޓް އެއީ ސިކުންތަކަށްވުރެންވެސް ކުޑަ ވަގުތުކޮލަކަށްވެދާނެ، އެހެންވެއްޖިއްޔާ ދިމާވާނީ މިފަދަ ދެރަގޮތެއް ،
ވިސްނާ
04 September 2016
ކޮލަމްބޯ ރޭލް ޓްރެކް އޮންނަނީ ވަރަށް ނުރައްކާ ގޮތަކަށް. އެއްގަމުން ބީޗަށް ފޭބެން އޮންނަނީ ރޭލުޓްރެކް ހުރަސްކޮއްފަ. މިތަން ހުރަސްކުރުން ވަރަށް އާންމުކަމެއް. ރޭލު އަންނަނީ ވަރަށް ބާރު ސްޕީޑުގަ. އެހެންކަމުން އޭގެ އަޑުއިވޭތާ ސިކުންތުކޮޅެއްތެރޭ ރޭލުއައިސް ހަމަކުރޭ. މިގޮތަށް ހުންނަ ރޭލް ކްރޮސިންތަށް ހުރަސްކުރުމުގައި ވަރަށް ސަމާލުވާންޖެހޭ. ރަގަޅު ގޮތަކީ މިކަހަލަ ނުރައްކާތަކަށް ހުށަހޮޅިނުގަތުން. އިންޑިޔާ ލަންކާގައި ރޭލުދަގަނޑުމަތިން އެތައްބަޔަކު ކޮންމެ އަހަރަކު މަރުވޭ. ސަމާލުވެލައްވާ!
ސާދާސީދާ
04 September 2016
إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعونَ މާތްﷲ އިޒްހާމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތްދެއްވާ، ޢާއިލާއަށް ކެއްތެރިކަން ދެއްވާނދޭވެ. ރޭލު ދަގަނޑު ހުރަސްކުރުމަކީ އާދައިގެ ހިނގުމެއްގައި އަވަހަށްކުރެވޭނެކަމެއް ނޫން. ދަގަނޑާއި ބޮޑުހިލައިގެ މަތީން ހިނގުމަކީ ދަތިއުނދަގޫކަމެއް. އަތިރިމައްޗަށް ފައިބާފައި، އެނބުރި ރޭލް ދަގަނޑަށް އަރައިފިނަމަ، ކިތަންމެ ބާރަށް ދާން އުޅުނަސް ހުރަސްނުކުރެވުމަކީ ޔަޤީންކަމެއް. ފޮޓޯތަކުން ފެނުނީ އިޒްހާމް ރެއިލް ޓްރެކްގެ މެދެއްހާ ހިސާބުގައި މަރުވެފައި އޮއްވާ. އެއިން އެނގެނީ އިޒްހާމްއަށް އެއްވެސް ކޮޅަކުން ރެއިލް ޓްރެކުން ފައިބާނެ ފުރުސަތު ނުލިބޭކަން. އަދި ޕެނިކްވެފައި ހުންނަ މިފަދަ ދަނޑިވަޅު ވެސް ގިނަ މީހުންނަށް އުޅެވޭނީ ފެށިކަމެއް ނިންމާލުމަށް. ކޮންމެ ކޮޅަަކަށް ދާން އުޅުނަސް، މެދުގައި ހުރެވުނީމައި ސަލާމަތްވުމަކީ ނާދިރުކަމެއް!
ޑަކުޓަރު
03 September 2016
މަރްހޫމް އަށް ސުވަރުގެ މިންވަރުކުރައްވާށި. އަދި އާޢިލާ އަށް ކެއްތެރިކަން ދެއްވާށި
އަހްމަދު
03 September 2016
އެހާ ކައިރިވެފަ ހުއްޓާ ގޮސްދާނެބާ ރޭލު ހުރަސްކޮށް.ގަބޫލްކުރަން ދަތި
އިބްރަތް
03 September 2016
މިކަމުންވެސް ޢިބްރަތް ލިބޭނެ އެތައްކަމެއްވޭ.. މަރްހޫމް އަށް ސުވަރުގެ މިންވަރުކުރައްވާށި
އެމީ
03 September 2016
މި މައްސަލަ އިންވެސްޓިގޭޓް ކުރުން މުހިއްމު! މަރްހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިިންވަރު ކުރަށްވާށި! މި ލިޔުން ކިޔާފަ އުފާވާ މީހުން ހަމަ ހިތަށް އެކައްޗެއްވެސް ނާރާތަ؟ އާޚިރަތް ބާއްްޖަވެރިކުރުމަށް މަސައްކަތް ކުރާ ބައެއްކަމުގައި އަޅަމެން ލައްވާށި! އާމީން!
އާދަމް ޒާހިރު
03 September 2016
ކަމެއް ވާންވީމާ ލަހެއް ފަހެއް ނޯންނާނެ. ކޮންމެ ގެއްލުމަކާގުޅިގެން، ކޮންމެ ހިތާމަައަކާ ގުޅިގެން އޮތީ ކެތްކުރުން. ޝުކުރުކުރުން. އީމާންކަން ހިތަށް ވެއްދުން.
ޖުއްބާ
03 September 2016
ދިވެހިން ރޭލައް ވަރައް ނުފަރިތަވާނެ.