ޚަބަރު / މަސްތުވާތަކެތި

އީރާނު ބޯޓު ބަލައި ފާސްކޮށް އަދި ނުނިމޭ: ފުލުހުން

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޑްރަގް ޓްރެފިކް ކުރަން އުޅެނިކޮށް އަތުލައިގަތް އީރާނުގެ ބޯޓު.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅެނިކޮށް މިދިޔަ އަންގާރަ ދުވަހު އަތުލައިގަތް އީރާނުގެ ބޯޓު އަދިވެސް ބަލައި ފާސްކޮށް ނުނިމޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި އަތުލައިގަތް ބޯޓު މާލެ ގެންނަނިކޮށް ވަނީ ވިލިމާލެ ކައިރީގައި އޮންނަ ފަރަކަށް އަރައިފަ އެވެ. ފުލުހުން ބުނީ އެ ބޯޓް މިހާރު ފުންކޮށްފައިވާ ކަމަށެވެ. ނަމަވެސް ބޯޓް ގެންދިޔަ ތަނެއް ނުބުނެ އެވެ.

އެ ބޯޓް އަތުލައިގަތް ދުވަހު ފުލުހުން ބުނީ އެ ބޯޓުން ގާތްގަނޑަކަށް 50 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި އިތުރު މަސްތުވާތަކެތި ހުންނާނެ ކަމަށް ބަލައި ފާސް ކުރަމުން އަންނަ ކަމަށްވެސް އެ ދުވަހު ބުންޏެވެ.

Iran boat in 50 kilo ge masthuvaathakethi fenijje

Iran boat in 50 kilo ge masthuvaathakethi fenijje

The most trusted news source in the Maldives

Mihaaru

އީރާން ބޯޓުން 50 ކިލޯގެ މަސްތުވާތަކެތި ހޯދުން--

ބޯޓް ބަލައި ފާސްކޮށް ނުނިމޭ ކަމަށް ފުލުހުން ބުނި ނަމަވެސް އިތުރު ތަފްސީލެއް އަދި ނުދެ އެވެ.

އަތުލައިގަތް ބޯޓުގެ ހަތް ފަޅުވެރިން ހައްޔަރުކޮށްފައި ވާއިރު އެ މީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ދީފަ އެވެ.

މަސްތުވާތެކެތި ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އީރާނުގެ ބޯޓްތައް މީގެ ކުރިން ވެސް ވަނީ އަތުލައިގެންފަ އެވެ. އަދި ވަރަށް ފަހުން ވަނީ ގދ. ހުޅުވާރުލުގައި ވަޅުލާފައި ހުއްޓާ 149 ކިލޯގެ މަސްތުވާތަކެތި ހޯދައިފަ އެވެ. އެ މައްސަލާގައި ދިވެހިންތަކެއް ވެސް ހައްޔަރު ކޮށްފައިވެ އެވެ.

24 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 20%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައްޓަމަސް

13 May 2019

ތިހާބޮޑުބޯޓެއްބަލަން 5 އަހަރުވަރު ބޭނުންވާނެ! ހާދަ ގާބިލްބަޔެކޭ ދިވެހިފުލުހުންނަކީ؟!

The name is already taken The name is available. Register?

ރީނާ

13 May 2019

ކޮމިޓީ އެއް އެކުލަވާލާ މަހަކު 30000 ރުފިޔާ ވަރު ދީފަ. ކޮމިޓީ އަށް ލާ ގާތް މީހުން ކޮޅު...

The name is already taken The name is available. Register?

މަގޮލަާ

13 May 2019

ޢެކަށީގެންވާވަރައް ހެކިނެތިއްޔާ ދޫކޮއްލަންފނޭ

The name is already taken The name is available. Register?

ޙިނި

13 May 2019

ސަމްތިން ފިޝީ ގޮއިންއޯން

The name is already taken The name is available. Register?

ހަސަން ނުވަވަނަ

13 May 2019

ތިކަން ބަލަން ކޮމިޓީއެއް ހަދާކަށް ނުވޭތަ ނަމުން ސާލިހޫ. ސެލްފީ ސަރުކާރު. ނާގާބިލް ސަރުކާރު. އިންޑިއާގެ ގޮނޑިކޮއްކޮ ސަރުކާރު. މެރަތަން ސަރުކާރު.

The name is already taken The name is available. Register?

ކޮރަލް

13 May 2019

ތިކަހަލަ ބޯޓް ފަހަރުގަ ޑްރަގް ގެ އިތުރުން ކޮންމެ ވެސް ވަރަކަށް ރަނާ ޖަވާހިރު ހުރުމަކީ އެކަށީގެން ވާކަމެކެވެ. ނޫސްވެރީން ސުވާލުކޮށްލަން ރަނގަޅުވާނެއެވެ.

The name is already taken The name is available. Register?

ނުރަބޯ

13 May 2019

ބޯޓް ފަރަށްއަރުވާލީ ގަސްތުގަކަމަށް ބެލެވެނީ. އެންމެ 50ކިލޯ މަސްތުވާތަކެތި ހިފައިގެން އެހާދުރުން ދަތުރުކޮށްފަ އަންނާނެކަމަށް ޤަބޫލެއް ނުކުރެވޭ. މިހާރު ތީގަހުރި ބާކީ އެއްޗެހި އެކި ގޮތްގޮތަށް ވިއްކާ ނިމިފަ ހުންނާނީ.

The name is already taken The name is available. Register?

ކާނި

13 May 2019

މިހާރު ތިޔަ މަސައްކަތާ މެދު ޝައްކު އުފެދިއްޖެ މާ ބޮޑަށް ވެސް.

The name is already taken The name is available. Register?

ޢަޖައިބު

13 May 2019

ހާދަދުވަހެއް ފަހުން މިހުރިހާދުވަހު ބޯޓް ކައިރީ ޑިއުޓީއަށް ހުރީތަ؟ ތީގަ ބާކީ ހުރި އެތިކޮޅު ގެންގޮސްފި. ސަރުކާރުގެ ޕްލޭން އާ އެއްގޮތަށް

The name is already taken The name is available. Register?

ހޭހަން

13 May 2019

ދޮގުނުލާ ތެދަށް ބުނެބަލަ. ތިމީހުން އެބޯޓު އަތުލައިގަނެގެން ގެންނަނިކޮށް ބޯޓު އުރުނޭކިޔާ؟! ސުވާލަކީ ބޯޓު އުރުނީހޭ؟ ނުވަތަ ހަމަ ގަސްދުގާ ބޯޓު އަރުވާލީހޭ؟ އަރުވާލިކަމަށްވާނަމަ ތިމީހުންނަކީ ފިނޑިބައެއް. އުރުނުކަމަށްވަންޏާ ތިމީހުންގެ އެއްވެސް ކުޅަދާނަކަމެއް ކަނޑުމައްޗަކަށް ނެތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454