މއ. ބޯކެޔޮގަސްދޮށުގެ އިން ހައްޔަރު ކުރި މީހުންނާއި އެގެ މީޑިއާ އަށް ފުލުހުން މިއަދު ދައްކާލަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
20 މެއި 2019 - 18:50
ސެކިއުރިޓީ ވަރުގަދަކޮށްގެން، މަސްތުވާތަކެތީގެ ހުރިހާ ހިދުމަތެއް ލިބޭ ގޮތަށް ފުޅާ ދާއިރާއެއްގައި އެ ވިޔަފާރި ކުރާ ބައެއް ގެތައް މާލޭގައި އެބަހުރި ކަމަށް ފުލުހުން ބުނެފި އެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް އަދި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވީ ގްރޫޕް ހަދައިގެން މަސްތުވާތަކެތި ބޭނުން ކުރުމުގެ މައްސަލަތައް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، އެފަދަ ވިޔަފާރިކުރާ މާލޭގެ ހަތަރު ގެއެއް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މަސްތުވާތަކެތި ގަނެގެން، މަސްތުވާތަކެތި އެތަނުގައި ބޮއެގެން، އެތަނުގެ ތެރޭގައި ހުރިހާ ހިދުމަތެއް ލިބޭ ގޮތަށް ކަންކަން ބައްޓަން ކުރަމުންދާ ކަން ފާހަގަ ކުރެވޭ،" ޝާކިރު ވިދާޅުވި އެވެ.
މާލެ ގެއަކުން މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފައި. -- ފޮޓޯ: ޕޮލިސް
ފުލުހުން އެ ގެތަކަށް ވަނުމަށް ހުރަސް އެޅުމުގެ ގޮތުން ގޭގޭގެ ދޮރުގައި ބޮޑެތި ދަގަނޑު ފިލާ ހަރުކޮށް، ބަންދުކޮށްފައި ހުންނަ ކަމަށް ޝާކިރު ވިދާޅުވި އެވެ. އެކަމަކު، މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި އެފަދަ ތަންތަން ހަލާކުކޮށްލައިގެން ވަނުމަށް ފުލުހުން ފަސް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން ފުލުހުން ބަލައި ފާސް ކުރި ގ. ޕެލިކަން، ގ. މެމޮރީވިލާ އަދި މ. އެވަރެސްޓްއާގެ އާއި މއ. ބޯކެޔޮގަސްދަށުގޭގައި ދަގަނޑު ދޮރު ހަރުކޮށް ސެކިއުރިޓީ ވަރުގަދަކޮށްފައި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އެ ގެތަކުގައި މަސްތުވާތަކެތި ބޭނުން ކުރަން ތިބި ގިނަ ބަޔަކު ވެސް ހައްޔަރު ކުރި އެވެ.
ފުލުހުން ވެއިތުވެދިޔަ ހަތަރު މަސް ދުވަހު އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ 51 މައްސަލައަކާއި މަސްތުވާތަކެތި ޕެޑަލް ކުރުމުގެ 204 މައްސަލައަކާއި ގަވައިދާ ހިލާފަށް ބަނގުރާ ގެންގުޅުމުގެ 39 މައްސަލައަކާއި މަސްތުގެ ހާލުގައި ތިބި 309 މީހެއްގެ މައްސަލަ ހިމެނެ އެވެ.
އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާކިރު (ކ) ވާހަކަ ދައްކަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މިދިޔަ ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ބަލާއިރު، މަސްތުގެ ހާލަތުގައި ތިބި 345 މީހަކާއި މަސްތުވާތަކެތި ޓްރެފިކްކުރި 111 މީހަކާއި މަސްތުވާތަކެތި ޕެޑަލްކުރި 394 މީހަކާއި ގަވައިދާ ހިލާފަށް ބަނގުރާ ގެންގުޅެގެން 77 މީހަކު ހައްޔަރުކުރި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި މިހާތަނަށް ހެރޮއިންގެ 158 ކިލޯ، ކެނަބިސްގެ 65 ކިލޯ އަތުލައިގެންފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ތަހުގީގުކުރި މައްސަލަތަކުގެ ތެރެއިން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ 24 މައްސަލައަކާއި މަސްތުވާތަކެތި ޕެޑަލް ކުރުމުގެ 201 މައްސަލައަކާއި ގަވައިދާ ހިލާފަށް ބަނގުރާ ގެންގުޅުމުގެ 16 މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް އެދި ޕީޖީ އަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުރަތަމަ ކުއާޓަރުގައި ކޯޓު އަމުރެއްގެ ދަށުން 22 ގެއެއް ބަލާ ފާސްކޮށް، 3000 އަށް ވުރެ ގިނަ މީހުން ހުއްޓުވައި ސުވާލުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޭކުބެ
22 May 2019
ތިފަދަ އަމަލުކުރާ ގެތަށް ނަގާ ވިއްކާލަންވީ
މިލްކީ
21 May 2019
ސާބަހޭ އެމްސީ!
ވެލިގާ
21 May 2019
ދުނިޔޭގެ އެންމެ ކާމިޔާބު ކޮށް ތިކަންތައ 95 % ކާމިޔާބު ކުރިގައުމަކީ ފިލިޕީންސް ވަރައް ކާމިޔާބު ގޮތެއް މިހާރު އެއްކަލަ އިންސާނީ ހައްގުގެ މީހުންވެސް އެއްބަސްވޭ ކާމިޔާބު މަސައްކަތެއްކަން އަދި ރައްޔިތުން އެއޮތީ ވޯޓުންވެސް އޯކޭ ދީފާ
ނަޖްވާ
21 May 2019
ކީކޭ ދެން ފަހެ އަޅެ ބުނާނީ؟
ހުސެން
21 May 2019
އަދަދުތައް ވަރަށްރީތި ނަމަވެސް ނަތީޖާއެއް ނުފެނޭ! ބަންދުކުރާމީހުނަށް ވަނީ ކިހިނެއްތޯ؟ ކުއްސާބިތުވޭތޯ؟ މަސްތުވާތަކެތީގެ މައްސަލަ ތަކުންފެށިގެން އާއިލީ މައްސަލަތަކާ ކުޑަކުދިންނާ ގުޅުންހުރި ޙަޟާނަތުގެ މައްސަލައަށް ދަންދެން ކޯޓުތަކުންދަނީ ނިންމާނެގޮތަކަށް ނިންމަމުން،
ނޫޜު
21 May 2019
ތިބޭފުޅުނަށް ތިކަން ވެފަ ތިހުރީ.ރީތި ސާފު ފޮޓޯގަޑެއް އެއިންގެޔެއްގެ ނުލިބުނީތަ،މީ 2ވަނަ ބޮޑުހަގުރާމަ އިރެއް ނޫންވިއްޔާ،ނުފޫޒު ގަދަ ބަޔަކު އެބައުޅޭ ޑުރަގާ އެއްކޮޅަށް
ހަސަންބެ.
21 May 2019
ލޮލް. ނޫރު. ރަގަޅުވާހަކައެއް. މިހާރުވެސް ޖަރުމަނަށް އިއްތިހާދީ ސިފައިންއެރި އިރުގެފޮޓޯތައްވެސް ތިޔަށްވުރެސާފު. ތިއަމަުލު ހިންގާގޭގެ އެބަހުރިވާހަކަ ތިޔަގޭގެ ވެރިފަރާތް ހިފާހައިޔަރު ކުރަންވީއެއްނޫން.
ދޮން ބުޅާ
21 May 2019
ލޮލް. ސްކްރީންއިން ނަގާފަ ހުރި ފޮޓޯ އެއީ
ކޫރު
21 May 2019
ޓީވީ ބެލިނަމަ ސާފު މަންޒަރު ފެނުނީސް. އޭގެ ރިޕީޓްވެސް ދައްކައިފި.
މޯލްޑިވިއަން
21 May 2019
ކުރާމަސައްކަތައް ސާބަހެވެ. އެކަމަކު އަތުލެވޭ މީހުން ހަމަ ދޫކޮށްލާކްން ފާހަގަ ވެއެވެ. މިހާރަކަށް އައިސް ގިނަ ކޭސްތަކެއްގައި ސިފައިންނާއި ފުލުހުން އުޅޭކާން ވަރަށް ބޮޑަށް ފާހަގަ ކުރެވެއެ. މާރޗް މަހު އެއާޕޯޓް ކަސްޓަމްސް އިން މަސްތުވާތަކެތި އެތެރެ ކުރަން އުޅެނިކޮށް އަތުލައިގަތް ޕޮލިހުގެ ސިވިލް އޮފިސަރުވެސް ޖެހިގެން އައިދުވަހު ދޫކޮށްލީއެވެ.
ަވަޖުދީ
21 May 2019
ފުލުހުންގެ އެއްބާރުލުން ނެތި ތިހާފުރިހަަމަ ރެސްޓޯރަންޓްތަކެއް ނުހިންގޭނެ.
ބުއްޅަބޭ
21 May 2019
އެޖެންޑާ 19 އެކްޓިވޭޓްވާއިރަށް ތިކަހަލަ އިތުރު “ގެތައް ހުއްނާނެ!
ދޮން ބުޅާ
21 May 2019
އެޖެންޑާ 19 އެކްޓިވޭޓްވާއިރަށް ގަޓް މީހާގެ ޑޮރަގް ވިޔަފާރި ހުއްޓޭނެ.
ސޫޖީ
21 May 2019
ބޮއެގެން މަގުމައްޗަށް ވެއްޓިފަ ތިބުމަށް ވުރެ ރަނގަޅުތާ ތިއިންގެއެއްގެ ތެރޭ ބިއްޖެހިފަ ތިއްބަސް.