އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރެޒެންޓޭޝަނެއް ދައްކާލަނީ. ޓެކްސީތަކުގައި ބަނގުރާ އުފުލަނީ ޑްރައިވަރުންނާ ގުޅިގެން ކަމަށް ފުލުހުން ބުނޭ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
20 މެއި 2019 - 22:29
ޓެކްސީތަކުގައި ބަނގުރަލާއި މަސްތުވާތަކެތި އުފުލުމުގެ މައްސަލަތައް އިތުރުވެފައިވާ ކަމަށާއި އެފަދަ ވެހިކަލްތަކުގެ މައުލޫމާތު ކުރިއަށް އޮތް ތަނުގައި ހާމަކުރާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ޓެކްސީތަކާއި ބައެއް ޕްރައިވެޓް ކާރުތަކުގައި އުފުލި މަސްތުވާތަކެއްޗާއި ބައެއް ކާރުތަކުގެ މައުލޫމާތު މިއަދު ވެސް އާންމުކޮށްފަ އެވެ. ފުލުހުން ބުނި ގޮތުގައި ކާރުތަކުގެ އިތުރުން ސައިކަލްތަކުގައި ވެސް މަސްތުވާތަކެއްޗާއި ބަނގުރާ އުފުލަ އެވެ.
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް އަދި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވީ، މިދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި ތިން ޓެކްސީއަކާއި ޕްރައިވެޓް ދެ ކާރާއި ފަސް ސައިކަލެއްގައި ބަނގުރަލާއި މަސްތުވާތަކެތި އުފުލި މައްސަލައެއް ފާހަގަކުރެވިފައިވާ ކަމަށެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް ޝާކިރު ޕްރެޒެންޓޭޝަން ދެއްވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އެގޮތުން، ޓެކްސީތަކުގައި ބަނގުރަލާއި މަސްތުވާތަކެތި އުފުލަނީ ޑްރައިވަރުން ބައިވެރިވެގެން ކަމަށާއި އެކަމުގެ ޝާމިލްވާ ބަޔަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ޝާކިރު ވިދާޅުވި އެވެ. އަދި ބަނގުރަލާއި މަސްތުވާތަކެތި އުފުލާ ވެހިކަލްތަކުގެ މައުލޫމާތު ކުރިއަށް އޮތް ތަނުގައި އާންމު ކުރާނެ ކަމަށް ވިދާޅުވި އެވެ.
"ޓެކްސީގެ ނަންބަރު ހާމަ ނުކުރަނީ ބައެއް ކޭސްތަކުގައި ޓެކްސީ ދުއްވާ މީހަކީ އަސްލު ވެރި ފަރާތަށް ނުވެ ދާ ފަހަރު ތަހުގީގަށް ފާހަގަކުރެވޭތީ. ނަމަވެސް ތަހުގީގުން ވެރި ފަރާތް ސާބިތު ކުރެވޭ ނަމަ، އެ ކަންކަން ވެސް އަޅުގަނޑުމެން ހާމަ ކުރަމުން ގެންދާނަން،" ޝާކިރު ވިދާޅުވި އެވެ.
އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާކިރު (ކ) ވާހަކަ ދައްކަވަނީ. ވެއިތުވެދިޔަ ހަތަރު މަސް ދުވަހު މަސްތުވާތަކެތީގެ މައްސަލަތަކުގައި 900 އަށް ވުރެ ގިނަ މީހުން ހައްޔަރު ކުރި ކަމަށް އޭނާ ވިދާޅުވި. --- ހުސެއިން ވަހީދު/ މިހާރު
މިދިޔަ ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް މަސްތުވާތަކެތީގެ މައްސަލަތަކުގައި 927 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޝާކިރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި 223 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އެކަމަކު، ޝާކިރު ވިދާޅުވި ގޮތުގައި އެ މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ތިބީ މަދު ބައެކެވެ.
މިދިޔަ ހަތަރު މަސް ދުވަހު އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި 35 އަންހެނުންނާއި، ނުވަ ކުޑަކުދިންނާއި، 56 ބިދޭސީން ހިމެނެ އެވެ. މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލަތަކާ ގުޅިގެން 23 މީހުން ހައްޔަރުކޮށްފައި ތިބި އިރު، ހަމަ އެ މައްސަލައިގައި ކޯޓުތަކުން 38 މީހަކު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. އަދި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލަތަކުގައި 10 ބިދޭސީއަކު ވަނީ ޑީޕޯޓްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލައިފާ
21 May 2019
ވެހިކަލް ހިފަހައްޓާފައި ބާއްވާ ،
ހުސެން
21 May 2019
މީގެ ކުރިން ތިޔަ ތަކެތި އުފުލީ މީހުންގެ ކޮނޑުމަތީގަ އާއި ބަރޯ ގައެވެ. ކާރުތަކުގައާއި ސައިކަލުގަ މަސްތުވާތަކެތި އުފުލުމަކީ މީ މުޅީން އަލަށް ރާއްޖޭގައި ފެށިގެން ދާކަމެކެވެ ހެހެ، އަދިވެސް ވެހިކަލްތަކުގެ މަޢުލޫމާތު ހާމަކުރަން ދޯ ނިންމަނީ، އޭރުން ތިޔަ ވެހިކަލަކަށް އަރާމީހުން ގިނަތޯއްޗެއްވާނީ، މަބަ މަގުމަތީ ދުއްވުމުގެ ހުއްދަބާތިލުކުރެވޭނެ ގޮތެއް ނުވަތަ ބޮޑުއަދަދަކުން ޖޫރިމަނާ ކުރެވޭނެ ގޮތެއް ނެތްތަ؟ ކަމެއްކުރަންވާނީ ލިބޭނެ ނަތީޖާއެއް އޮވެގެން ދޯ!
ގާސިމް
21 May 2019
ތިކިޔަނީ ސެލްފް ޑްރައިވިން ވެހިކަލްތްކެއްގެ ވާހަކަދޯ، ވެހިކަލް އަމިއްލަޔަށް ގޮސް ޑުރަގުނަގައިގެން ދަނީތަ، ބަލަ ދުއްވަން އިންނަ މީހާއެއްނޫންތަ ކުއްވެރިވަނީ.
ނާޑުވާ
21 May 2019
ޓެކްސީ އާ ކާރުގެ ނަމްބަރު ތަކެއްނޫން ބޭނުންވަނީ. އެތަކެތީގެ ލައިސަންސް އާ ހުއްދަ ބާތިލް ކުރަންވީ. ވެރިފަރާތަށް ނުވި ކަމުގައި ވިޔަސް ބާތިލް ކުރަންޖެހޭ. އޭރުން ޑްރައިވަރުން އައްޔަންކުރުމުގަ ވެރިފަރާތުންވެސް ޒިއްމާއެއް ނަގަން މަޖުބޫރުވާނެ. މިހާރުވެސް ސްޓިކަރ އަށް ފައިސާ ދައްކަން ޖެހެނީ ވެރިފަރާތް. ޑްރައިވްރު އަރަނީ އެހެން ކާރަކަށް.
ހުސޭނީ
21 May 2019
ކޮބާތޯ މަސްތުވާތަކެތި ފެންނަ މާލޭގެ ގެތަކާއި ޑްރަގްސް އުފުލާ އާގު ބޯޓުތައް؟
އަމީލް
21 May 2019
ޓެކްސީތަކާއި ބޯ މީހުންނާ އާންމު ނުކޮއް ތިކަމުގެ މުލުގަ ތިބިމީހުން ހާމަ ކުރުމުގެ ގާބިލުކަން ކޮމިޝަނަރ އޮފް ޕޮލިސް ގެ ނެތީތޯ؟
މިންމި
21 May 2019
ތިޔަ ޒާތުގެ ތަކެތި ވެހިކަލަށް އަރުވާ މީހާއެއް ނޫންތަ ކުށްވެރިވަނީ.. ޑްރައިވަރަށް ނޭމގިވެސް އަރުވާފާނެ ދޯ. އެހެންވީމަ، ވެހިކަލްގެ މަޢުލޫމާތު ހާމަ ކުރަންވާނީ ސީދާ އެކަމާ ގުޅުން އޮތްކަން ޔަގީންކޮށްފަ، ނޫނީ އިނަސެންޓް މީހެއްގެ އަބުރު ކަތިލެވޭނެ
ނާޑުވާ
21 May 2019
ބޮޑެތި ކޭސްކޭހުގަ އަރުވާއިރުވެސަ ހަމަ ނޭނގޭނެ ބާ. ޑްރައިވަރުގެ ވެސް އަދި ވެހިކަލްގެ ވެރިފަރާތުގެ ޒިއްމާއެއްވެސް މިކަމުގަ އޮންނަންޖެހޭ.
ސައީ
21 May 2019
ކޮބާތޯ ޑިންގީތަކާ ލާންޗް ފަހަރުތަށް..
ރަންނަމާރިޔާ
21 May 2019
100 ދުވަސް ތެރޭ ވާނެ ވަރު މީ... ކޮބާ ޕެޓްރޯލް.. ހާދަ އަގުބޮޑޭ، ބޮންދު ޑޮލަރު ވިއްކާ،، ފެންބިލް ، ކަރަންޓްބިލް ވެސް ރޯދަމަސް ވީމަ ބޮޑުވެއްޖެ،،، ހަމަ ހިނި އަންނަނީ
ރުޅޖ
21 May 2019
ޓެކްސީ އެކަންޏެއްނޫން ހާމަކުރަންޖެހޭނީ. އެކަންކުރާ މީހުންނާއި އެ ސްޓޮކްކޮށްފަ ބަހައްޓާ ގޭގެ ވެސް ހާމަކުރޭ. ގެއަކީ ދިރިއުޅެން ދޭތަނެއް. ކުއްޔަށްދީ އެތަނުގައި ހިތުހުރިކަމެއް ނުކުރެވޭނެ.