23 މެއި 2019 - 18:11
ޖީއެމްއާރަށް ބަދަލުގެ ގޮތުގައި ދެއްކި ފައިސާއިން ޓެކްސް ދައްކަން ޖެހޭނަމަ އެ ފައިސާ ދައްކަން ޖެހޭނީ ދިވެހި ސަރުކާރާއި އެމްއޭސީއެލުން ކަމަށް އެޓާނީ ޖެނެރަލް އޮފީހުން މިއަދު ބުނެފި އެވެ.
ޖީއެމްއާރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގެ ނަމުގައި އުފެއްދި އިންޑިއާ ކުންފުންޏަށް ވެލާނާ އެއާޕޯޓް ހިންގަން ދިނުމަށް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހެދި އެއްބަސްވުން ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ބާތިލްކުރި މައްސަލާގައި ޖީއެމްއާރަށް 271 މިލިއަން ޑޮލަރު ދައުލަތުން ދޭން ޖެހޭނެ ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ވަނީ ނިންމާފަ އެވެ.
އެ ފައިސާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ޖީއެމްއާރަށް ދައްކާފައި ވަނިކޮށް މިދިޔަ އަހަރު މީރާއިން ވަނީ ޖީއެމްއާރުން ޓެކްސްގެ ގޮތުގައި ދައުލަތަށް 20 މިލިއަނަށް ވުރެ ގިނަ ޑޮލަރު (300 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ދައްކަން ޖެހޭނެ ކަމަށް އަންގައިފަ އެވެ.
AG ge magaamugai hure GMR aa gulhey evves kameh nunimman: Riffath
The most trusted news source in the Maldives
Mihaaru
ޖީއެމްއާރު މައްސަލާގައި އޭޖީގެ ބަސް--
މި ފައިސާގެ މައްސަލަ ހޫނުވެފައި އޮއްވައި އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މީރާއިން އެ މައްސަލާގައި ލަފަޔަކަށް އެދުމުން މި އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު އެ ލަފާދީފައިވާނެ ކަމަށެވެ.
އެ ލަފާގައި ބުނެފައިވަނީ އާބިޓްރޭޝަން ފައިސާއަކީ ޓެކްސް ދައްކަންޖެހޭ ފައިސާ ކަމަށް މީރާއިން ނިންމާ ހާލަތެއްގައި ވެސް އެ ޓެކްސް ދެއްކުމަކީ ދިވެހި ސަރުކާރާއި އެމްއޭސީއެލްއިން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ސަބަބެއް ކަމަށް ބަޔާނުގައި ބުނެފައިވަނީ އާބިޓްރޭޝަނުން ނިންމާފައިވާ ނިންމުމުގައި ޖީއެމްއާރަށް ދައްކަން ޖެހޭ ފައިސާއިން އެއްވެސް އަދަދެއް އުނިނުވެ އެ ކުންފުންޏަށް ދައްކަން ޖެހޭ ކަމަށް ނިންމާފައިވާތީ އެވެ.
އާބިޓްރޭޝަންގެ ނިންމުމުގައި ބުނެފައިވަނީ ޖީއެމްއާރަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން އެއްވެސް އަދަދެއް ޓެކްސްގެ ގޮތުގައި އުނިކުރާނަމަ އެމްއޭސީއެލުން ޖީއެމްރާއަށް އެ ފައިސާ ދައްކަން ޖެހޭނީ ޓެކްސްގެ ގޮތުގައި އުނިކުރާ ފައިސާ ހިމަނައިގެން ކަމަށެވެ.
ޖީއެމްއާރަށް ފައިސާ ދެއްކުމަށް ފަހު އެމްއޭސީއެލްއިން ފޮނުވި ސިޓީގައި ވެސް އެކަމަށް އެއްބަސްވެފައިވާ ކަމަށް އޭޖީގެ ބަޔާނުގައި ބުނެފައިވެ އެވެ.
"އާބިޓްރޭޝަންގެ ފައިނަލް އެވޯޑްގެ ފައިސާއިން އެއްވެސް ޓެކްސް އެއް ދައްކަން ނުޖެހޭނެ ކަމަށް ސަރުކާރުން މައުލޫމާތު ދީފައިވާތީ އެވޯޑުގެ ފައިސާއާ ގުޅޭގޮތުން އެއްވެސް ޓެކްސްއެއް މީރާއަށް ދައްކަން ނުޖެހޭނެ ކަމުގެ ޔަގީންކަން ދެން،" އެމްއޭސީއެލްގެ ސިޓީގައި އެގޮތަށް އެއްބަސްވެފައިވާ ކަމަށް އޭޖީގެ ބަޔާނުގައި ބުނެފައިވެ އެވެ.
GMR in dhakkan jehey tax: Mi ee kihineh vaa kameh?
The most trusted news source in the Maldives
Mihaaru
ޖީއެމްއާރަށް ދައްކަން ޖެހޭ ޓެކްސް--
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރޯޒް
24 May 2019
މީ ދިވެހި ދައުލަތުގެ ބަންޑާރަނައިބުތަ ނޫނިއްޔާ ޖީއެމްއާރުގެ ބަނޑާރަނައިބުތަ؟ކިހާ ދެރަވެއްޖެ ކަމެއް މީ! މިކަހަލަ މީހުނާ ހެދީ މުޅި ގައުމު މި ޚަރާބުވަނީ.
މިމީރާ
24 May 2019
މީރާއަކީ މީ ދިވެހިންނަށް ޖެހިފައިވާ ބޮޑުވެގެންވާ މުސީބާތެއް.
އަލްމާ
24 May 2019
މިމީހުން ވެރިކަން ކުރާއިކުރު އިވޭނީ އަބަދު ޖީއެމްއާރ އޭ ކިޔާ އަޑު. ޗުކުރިއްޔާ ރައީސް ނަޝީދު
އިއްސެ
24 May 2019
ތިޔަ ފައިސާ އެއް ސަރުކާރުން ޖމރ އަށް ދިން އިރު ޓެކުހަށް ކަނޑާފައި ނުދިނީ ކީއްވެބާ! ޢާންމު މީހަކު ވެއްޖިޔާ ފެލާފައި ވިޔަސް ދައްކަން ޖެހޭ އެއްޗެއް ދައްކުވާނެ. ދަޢުލަތް ތަންކޮޅެއް ޒިންމާދާރު ވާން އެބަ ޖެހޭ!
ހަސަން ނުވަވަނަ
24 May 2019
ދައްކަން ޖެހޭ އެއްޗެއް ދައްކަބަލ ކެރަފާ ނަޝީދާ އޭނަގެ މީހުން. ހޭބުއްދިފަލައިގެން މަރުމޯލު އެގްރީމެންޓް ކުރީ އެމީހުން
ފެންނުވަރަންފިލިކުއްޖާ
24 May 2019
އިތުރުޓެކްސްއެއް ދައްކަން ޖެހެންޏާ ދައްކަން ޖެހޭނީ އެއްބަސްވުން ބާތިލުކުރަން ދުވިމީހުން އުފެދުމުގަ ބާތިލު އެއްޗެކޭ ބުނިމީހުން އެމީހުންގެ ގެދޮރުވިއްކާފަވިޔަސް ވަރިހަމަ
ރާއްޖެ
24 May 2019
މިއީ އިންޑިއާގެ އަޅު ސަރުކާރު
ތާތު
24 May 2019
އަޅެ މީރާ ޔަޒީދު އެއްޗެކޭ ބުނެބަލަ. ތިރިއްފަތު ޔަޒީދު އޭޖީ އޮފީހަށް ހާޒިރުކޮށް ޖީއެމްއާރު މީހަކާއެކު މިކަން ކޮށްދިނުމަށް އެދުމުން ޔަޒީދު އެއްބަސްނުވި. ދެން ރިއްފަތު ފޮނުވީ ސިޓިއެއް ޓެކްސް ދައްކަން ނުޖެހޭ ކިޔާފަ. އެސިޓިއަށް ޔަޒިދު ދިނީ ރައްދު. ޢެސިޓީއާ ގުޅިގެން ރިފަތު އެންގީ އަނެއްކަވެސް ޓެކްސް ދައްކަން ނުޖެހޭ ކަމަށް. މިރާއިން ލަފަޔަކަށް އެހިއޭ އެބުނާ ސިޓީއަކީ މިދެން ނެވި ސިޓީ. މުޅިން އޮޅުވާލުން. ދައުލަތުގެ ބަންޑާރަ ނައިބު - ޖީއެމްއަރުގެ ލޮޔަރު.
ސޯޔާސޯސް
24 May 2019
ޜާއްޖޭގައި ބޭރުގެ ބަޔަކު ކުރި ވިޔަފާރިއަކުން ދައްކަން ޖެހޭ ޓެކްސް އަކީ ދައުލަތުން ޒިންމާ ނަގަންޖެހޭ ކަމަކަށް ވާނަމަ، ހުރިހާ ވިޔަފާރި އަކުންވެސް ޓެކްސް ދައްކަވާ ހަވާލު ވެދެއްވާ!
ސުރޭޝް
24 May 2019
ގައުމުގެ ބޮޑެތި ޣައްދާރުން އިސްވެރީންނައްލައިގެން ރައްޔިތުން ހީކުރަނީ ހެވެއްލިބިދާނެކަމައްތޯއެވެ. ހަމަ ތިރައްޔިތުންގެ ކަންކަން ދެން ނިންމާނީ އިންޑިޔާގެ ބީޖޭޕީއިން. ރާއްޖެއަކީ މިހާރު އިންޑިޔާއިން އިންޑައިރެކްޓުކޮއް ރޫލް ކުރާ ޖަޒީރާ ސުޓޭޓެއް.. މިކަން މިވަގުތު ފޮރުވިފައި އޮތަސް އެމްޑީޕީ ވެރިކަމުގައި މެޗުއާވެލާއިރައް ފާޅުކޮއްލާނެ. ބަލަން ތިބޭތި މިމީހުންނައް ވޯޓުލީއެންމެން. އަމިއްލަ ދެއަތުން އަމިއްލަ ވަތަން އިންޑިޔާއައް ތިތިބީދީގެން.