ރައީސް ސޯލިހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި މޯދީއާ ބައްދަލުކުރައްވަނީ
08 ޖޫން 2019 - 12:50
ބޭރުގެ އިއްޒަތްތެރިންނަށް، ދައުލަތުން މިހާރު ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އަރުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ މި ޝަރަފް މޯދީއަށް އެރުވުން އޮންނާނީ އެމަނިކުފާނު މިއަދު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި، މިއަދު ހަވީރު ރައީސް އޮފީހުގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި ކަމަށެވެ.
މި ޝަރަފް މޯދީއަށް އަރުވަން ނިންމީ، ރައީސް އޮފީހުން ބުނިގޮތުގައި، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށެވެ. އަދި ގައުމުގެ ކުރިއެރުމަށާއި ދިވެހި ރައްޔިތުންގެ އިޖްތިމާއީ އަދި އިގްތިސޯދީ ތަރައްގީއަށް މޯދީ ދެއްވާ ހާއްސަ އަހައްމިއްޔަތާއި އެކި ރޮނގުރޮނގުން ރާއްޖެއަށް ދެމުން އަންނަ ދީލަތި އެހީތެރިކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް މީގެ ކުރިން ވެސް ބޭރުގެ ބައެއް އިއްޒަތްތެރިންނަށް ވަނީ އަރުވާފަ އެވެ. އެ ގޮތުން އެންމެ ފުރަތަމަ މި ޝަރަފް އެރުވީ މާޗު 15، 1972 ގައި، އިނގިރޭސި ރާނީގެ ފިރިކަލުން ޕްރިންސް ފިލިޕް ނުވަތަ ޑިއުކް އޮފް އެޑިންބަރާ އަށާއި އޭނާގެ ބޮޑުބޭބެ އާލް މައުންޓްބެޓަންއަށެވެ.
އޭގެ ފަހުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޮކްޓޯބަރު 30، 1984 ގައި ދެކުނު ކޮރެއާގެ ރައީސް ޗުންޑޫ ހުވާން އަށާއި ނޮވެމްބަރު 16، 1989 ގައި ކޮމަންވެލްތުގެ ސެކެރެޓަރީ ޖެނެރަލް ޝްރީދަތު ރާމްޕާލްއަށް އެރުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނު ވަނީ ޑިސެމްބަރު 2، 2009 ގައި، ފޯ ސީޒަން ގްރޫޕްގެ ވެރިޔާ ސައުދީ އަރަބިއްޔާގެ ޕްރިންސް އަލްވަލީދު ބިން ތަލާލް ބިން އަބްދުލްއަޒީޒް އާލްސައުދަށް ވެސް އެ ލަގަބު އަރުވައިފަ އެވެ.
މި ޝަރަފް އެންމެ ފަހުން އެރުވީ 2013 ގައި، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި، ފަލަސްތީނުގެ ރައީސް ޑރ. މަހުމޫދު އައްބާހަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
---- ޕޮއްޕަޓު ލާލު
08 June 2019
ތުމާރާ ޚުޝީ ހަމާރާ ޚުޝީ ހޭ
އަސީލާ
08 June 2019
މިއަދުން ފެށިގެން ރާއްޖޭގެ އެންމެން ވާހަކަ ދައްކަން ޖެހޭނީ އިންޑިޔާ ބަހުން. ޕާލިމަޓް މެމްބަރުންނައްވެސް ކިޔާނީ ދެން 'ނޭތާ' އިންނޭ.. ނޭތާކޯ ޗަންތާކީ ސޭވާ ކަރުނާހޭ..
ބޮޑުމީހާ
08 June 2019
ތިވަރު ލަގަބެއް ދޭވަރުގެ ކަމެއް އިންޑިއާއިން ދިވެހިރައްޔިތުންނަށް މިވެރިކަމުގަ ނުކޮށްދޭ... ދެން ވެރިކަމުގަ ތިބި މީހުންނަށް ކޮށްދީފަ އޮތިއްޔާ ތި ލަގަބްވެސް ކުޑަ
ޒަމީލް
08 June 2019
މިއަދުގެ ތާރީޚުގަ ވިހާ ކުދީންގެ ނަންވެސް 'މޮދީ' އައް ބަދަލުކުރަން މިވެރިން ގާނޫނެއް ނަހަދާތޯ.
އިބުރާހީމު
08 June 2019
ޔާމީން ސަރުކާރުން ޝީ ޖިން ޕިން އަށް މިފަދަ ޝަރަފެއް އެރުވިނަމަ މިއަދު ސަރުކާރުގަ ތިބި މީހުން ކިޔާނެ އެއްޗެހި ހިތައް ގެނެވޭތޯ؟؟ އިއްޒުއްދީންގެ މާނަ އެނގިލައްވާތޯ؟؟
ވަރަށްފައްކާ
08 June 2019
މޯދީއަށް ނިޝާން ޢިއްޒުއްދީނުގެ ލަގަބު ދޭއިރު ރައްޔިތުން ކުރެން ރައްޔިތުންގެ ސަރުކާރުން އަހައިވެސް ނުލައި. މިދާވަރުން ދާނަމަ ރައްޔިތުންގެ ޤައުމުގައި ރައްޔިތުންނަށް ތިބެވޭނެބާ! މިހާރު މިތަން އިންޑިޔާގެ ކޮލޮނީއަކަށް ހަދައި ނިމުނީ. ރައްޔިތުންނަށް ވާއެއް ނުވާއެއް ނޭނގޭ! 2019 ވަރަށް ތަފާތު
އިބުރާހީމު
08 June 2019
އިއްޒުއްދީނުގެ މާނަ އެނގޭބާ؟؟
ހާމާނު
08 June 2019
އަތުޖެހުނުއެއްޗެއްވިއްޔާ އަރުވާފަ ބަހައްޓާ!!. ދެންބާރައް އަތްތިލަބަޑި ޖަހަން ހަނދާންނައްތާ ނުލާތި.
ރާއްޖެ
08 June 2019
މި ގައުމަށް އެންމެ ހަސަދަލާ އެއްބަަޔަކީ އަަވަށްޓެރި އިންޑިއާ.
ރާއްޖެ
08 June 2019
މި ގައުމަށް އެންމެ ހަސަދަލާ އެއްބަަޔަކީ އަަވަށްޓެރި އިންޑިއާ.
ޅޮސް އުނދޯލި
08 June 2019
ކޮބާތޯ އެއްކަލަ ސުފަމެޖޯރިޓީ ދިން ރައްޔތުންގެ މަންދޫބުން؟ ޙާދަ ރައްޔަތޭދޯ... ނޭވާ ލާ އަޑެއް ވެސް ނީވޭ ރައްޔަތުން ފުމެ އަރާއިރު. ޕަޕެޓުނ ހޮވާފަ ދެން ކޮން އުއްމީދެއް ދެއްތޯ.