ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މޯދީއާ ސަލާމް ކުރައްވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު
09 ޖޫން 2019 - 13:19
ހައްދުފަހަނައެޅުމާއި ޓެރަރިޒަމް ހުއްޓުވުމާއި އެފަަދަ ވިސްނުންތައް ގެންގުޅޭ މީހުންގެ ވިސްނުން ބަދަލުކުރުމަށް އިންޑިއާ އާއި ރާއްްޖޭން ގުޅިގެން މަސައްކަތްކުރަން ޖޮއިންޓް ވޯކިން ގްރޫޕެއް އުފައްދަން މަޝްވަރާކޮށްފި އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ރާއްޖެ އަށް ވަޑައިގެން ދެ ގައުމުން އިއްޔެ ބޭއްވި ރަސްމީ ވާހަކަތަކަށް ފަހުނެރެފައިވާ ގުޅިފައިވާ ބަޔާނުގައި ބުނީ ވޯކިން ގްރޫޕެއް އުފައްދަނީ ދެ ގައުމުން ވެސް ކަންބޮޑުވާ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރަން ކުރި މަޝްވަރާތަކަށް ފަހު ކަމަށެވެ.
ރާއްޖެ އާއި އިންޑިއާއިން ކަންބޮޑުވާ ކަންތައްތަކަކީ، ބަޔާނުގައި ބުނި ގޮތުން ކަނޑުފޭރުމާއި ޓެރަރިޒަމާއި ރާވައިގެން ހިންގާ ޖަރީމާތަކާއި ހިއުމަން ޓްރެފިކިން އެވެ.
އެ ދާއިރާއިން އެއްބާރުލުން އިތުރު ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ކުރެއްވި މަޝްވަރާގައި އެއްބަސްވެ ވަޑައިގެންނެވި ގޮތުގައި ދެ ގައުމު ގުޅިގެން އިންޑިއާ ކަނޑުގެ މި ސަރަހައްދު ބަލަހައްޓާނެ އެވެ. އެގޮތުން ދެ ގައުމު ގުޅިގެން ކަނޑުމަގުންނާއި ވައިގެ މަގުން ސަރަހައްދު ބެލެހެއްޓުމާއި މައުލޫމާތު ބަދަލުކުރުމުގެ ތެރެއިން ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމަށް އެއްބަސްވެވަޑައިގެންނެވި އެވެ.
މޯދީއާ އެކު އިއްޔެ ދެއްވި ގުޅިފައިވާ ޕްރެސް ކޮންފަރެންސްގައި ރައީސް ވިދާޅުވީ ޓެރަރިޒަމްގެ ހުރިހާ އަމަލުތަކެއް، ދިވެހި ސަރުކާރުން ހަރުކަށި ބަހުން ކުށްވެރިކުރާ ކަމަށާއި ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ގަދައަޅައި މަސައްކަތް ކުރުމަށް މި ސަރުކާރު ތައްޔާރަށް އޮތްކަމަށް ބޮޑޮވަޒީރަށް ދެންނެވި ކަމަށެވެ. ދެ ބޭފުޅުން އިއްޔެ އިފްތިތާހު ކުރެއްވި ކޯސްޓަލް ސަވައިލެންސް ރާޑާ ސިސްޓަމަކީ އެ އަމާޒަށް ވާސިލު ވުމަށް ލިބުނު ކުރިއެރުމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
މޯދީ ރާއްޖެ އަށް އިއްޔެ ކުރެއްވި ދަތުރުފުޅުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު ހަ އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފަ އެވެ. އެއީ އެކި ދާއިރާތަކުން އިންޑިއާއިން ރާއްޖެ އަށް ދޭ އެކިއެކި އެހީތަކެވެ. ބޭރުގެ އިއްޒަތްތެރިންނަށް، ދައުލަތުން މިހާރު ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް، އިއްޔެ ވަނީ މޯދީ އަށް ރައީސް އަރުވާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތެދުވެރިޔާ
09 June 2019
މީގެ ބޭނުމަކީ އިންޑިޔާ ސިފައިން ދިފާއުކުރުން.
ޝޮކްތެރަޕީ
09 June 2019
ދިވެހިރާއްޖޭގަ އިންޑިޔާ ސިފައިން ތިބޭތީ ނުހަނު ކަންބޮޑުވޭ ދިވެހިން އިންޑިޔާ ސިފައިންނަ ގޯނާއެެއް ކޮފާނެތީ ތިގޮތަ ކަންތަ ކުރަނީ.
ހިޔަޅ
09 June 2019
އިންޑިއާގެ ރޭޕް ކޭސްތައް ހުއްޓުވަން އުޅޭށޭ ބުނޭ
ރަދީފުއްދީނުލް އަކްބަރު
09 June 2019
ތި ވޯކިންގުރޫޕުގެ ސަބަބުން ރާއްޖެއަށް ހައްތަހާ ވާނީ ނުރައްކާ.
ދޮންމަނިކު
09 June 2019
ކީއްވެތޯ މަސްތުވާތަކެތި މި ލިސްޓުގަ ނުހިމެނީ؟ އިންޑިޔާ އިން ރާއްޖެއަށް އެތެރެކުރާ އެތަށް ޓަނެއްގެ ޑްރަގަކީ ދިވެހި ރާއްޖޭގެ ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް.
އަލީ އަހްމދު
09 June 2019
އެކަންތައް އިތުރަށް ފުޅާކުރުމަށް ކޮޗިން ފެރީފަށަނީ އެތެރެވާވަރު މަދުވީމަ