މީރާ: މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނު --ފޮޓޯ/މިހާރު
11 ޖޫން 2019 - 19:24
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.
ދައުލަތުގެ ޓެކްސް އިދާރާ އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު 1.09 ބިލިއަން ރުފިޔާ އަކީ މިދިޔަ އަހަރުގެ މެއި މަހާ އަޅާ ބަލާއިރު ތިން ޕަސެންޓު އިތުރު އަދަދެކެވެ. އެކަމަކު މިއީ މި މަހު ލިބޭނެ ކަމަށް ލަފާކުރި އަދަދަދަށް ވުރެ ފަސް ޕަސެންޓު މަދު އަދަދެކެވެ.
މިދިޔަ މަހުގެ އާމްދަނީގެ އެންމެ ބޮޑު ޕަސެންޓެއް ހިއްސާ ކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީ އެވެ. ޖީއެެސްޓީގެ ގޮތުގައި 666 މިލިއަން ރުފިޔާ ލިބުނުއިރު، ދެވަނަ އަށް އެންމެ ގިނައީ ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް އެވެ. ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސްގެ ގޮތުގައި 95 މިލިއަން ރުފިޔާ ލިބުނެވެ.
އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ އާމްދަނީ ލަފާކުރި މިންވަރަށް ވުރެ ދަށްވީ ލަފާކުރި މިންވަރަށް ވުރެ ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ މަދުވުމުންނެވެ. އެކަމަކު، މިދިޔަ އަހަރުގެ މޭ މަހަށް ވުރެ މިދިޔަ މަހުގެ އާމްދަނީ އިތުރުވީ މިދިޔަ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އިތުރުވުމުންނެވެ.
ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ އާމްދަނީގެ ތެރެއިން 663 މިލިއަން ރުފިޔާ ލިބުނީ އެމެރިކާ ޑޮލަރުންނެވެ. އެއީ 43 މިލިއަން ޑޮލަރެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
11 June 2019
ތި 1 ބިލިއަނުން ފްލެޓްއަޅަން ވީނުން. ރަގަޅުވާނެ މިމަހު މުސާރަ ނުދިނަސް. އެހެންނޫނަސް ލިބޭ ހުރިހާ މުސާރައެއް ކުއްޔަށްވިއްޔާދެނީ. އެއްތާކުޖެހޭނީ
ކަބީދު
11 June 2019
މީރާ މެދުވެރިކޮށް އެއްބިލިއަން ދައުލަތަށް ލިބުނަސް ހަމަ އެވަރު ރައްޔަތުންގެ ހަޒާނާއިން ވަގަށް ގެންދެވޭ ކަމަށްވަންޏާ، ކޮބާ ފައިދާއަކީ. އެއްބިލިއަން ނެގިމީހާ އެދަނީ ފުރައިގެން. ކުރި ކުށެއްވެސްނެތް.
ކޮރަލް
11 June 2019
ކަސްޓަމަރ ސާވިސް އެންމެ ދަށް އޮފީހެވެ. ގިނަބަޔަކު ރުޅިއައިސް ގެން ނިކުމެގެން ދެއެވެ. ގިނަ ބަޔަކު ކޮޅަށް އެތައް ގަޑި އިރަކު ހުރެއެވެ. ރަށްރަށު މީހުން މައުލޫމާތު ހޯދަން އުޅޭނެ ހާލަތު ވިސްނާލަން ވެސް ދަތިއެވެ. މަހަކު ބިލިއަނެއް ލިބެއެވެ. މިއީ މީރާއެވެ.