ޚަބަރު / ވައްކަމާއި ފޭރުން

ސައިކަލް މަޑި ދަށުން ވައްކަންކުރުން އާންމު، ސަމާލުވޭ!

ސައިކަލް މަޑިދަށުން ވައްކަންކުރާ މައްސަލަ ވަނީ އިތުރުވެފައި-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

މާލޭގައި ސައިކަލްތަކުގެ މަޑިދަށުން ވައްކަން ކޮށްގެން މިދިޔަ މަހުގެ ނިޔަލަށް މި އަހަރު 105 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

"މިހާރު" އާ ފުލުހުން ހިއްސާކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ސައިކަލް މަޑިދަށުން ވައްކަންކޮށްގެން ޖެނުއަރީމަހާއި ފެބުރުއަރީ މަހު 44 މައްސަލައެއް ހުށަހަޅާފައިވެ އެވެ. އަދި މާޗް މަހު 15 މައްސަލައެއް ހުށަހަޅާފައި ވާއިރު އޭޕްރީލް މަހު ވެސް 24 މައްސަލައެއް ހުށަހެޅި އެވެ. މިދިޔަ މަހު ވެސް އެފަދަ 22 މައްސަލައެއް ފުލުހުންނަށް ހުށަހެޅި އެވެ.

ފުލުހުން ބުނިގޮތުގައި މިފަދަ ވައްކަމާއި ފޭރުމުގެ މައްސަލަތައް އެންމެ ބޮޑީ އާޓިފިޝަލް ބީޗު ސަރަހައްދާއި އިންޑަސްޓްރިއަލް ޒޯނުގެ ސަރަހައްދާއި ފަތާ ޓްރެކް ސަރަހައްދު އަދި އުސްފަސްގަނޑު ސަރަހައްދުގަ އެވެ.

ޓްރެފިކް ފުލުހުން މަގެއްގައި ހަރަކާތްތެރިވަނީ: ސައިކަލް މަޑިދަށުން ވައްކަންކުރާ މައްސަލަ ވަނީ އިތުރުވެފައި-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ވައްކަމާއި ފޭރުމުގެ މައްސަލަތަކަށް ސަމާލުވުމަށާއި އަދި ހާއްސަކޮށް، އެފަދަ ކުށްތައް ގިނައިން ހިނގާ ސަރަހައްދުތަކުގައި އުޅޭއިރު އާއި ސައިކަލް ފަދަ ތަކެތި ބެހެއްޓުމުގައި އިތުރަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.

ބޮޑެތި އަދަދުތަކުން ފައިސާ ފޭރުމާއި ވައްކަމުގެ ބޮޑެތި މައްސަލަތަކެއް ފުުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

21 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 70%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަޒާން

05 January 2020

ތިޔަ މައްސަލަ އެއް ފަހަރުން ހައްލުވެދާނެ މަޑިދަށަށް މީދާ ހިފާ ދައްޗެއްލައިފިއްޔާ.

The name is already taken The name is available. Register?

އެންދެރި

19 June 2019

ދޫކުރާ މީހުން ގިނަވާ ވަރަކަށް ވައްކަން ގިނަ ވާނެއެވެ.

The name is already taken The name is available. Register?

ޙުނި

19 June 2019

ލަދެއް ހަޔާތެއްނެތި ވައްކަންކުރާ ގައުމެއްމީ އާންމުން އަދިވެސް ސަމާލުވާންވީ ވަގުން ހަމަ ހަބޭސްދޯ

The name is already taken The name is available. Register?

Mohamed ibrahim

19 June 2019

ދެން ފުލުހުންގެ ޒިންމާ އަކީ މިހެން ބުނެލުންދޯ.....މިމަހުގެ މުސާރަ ހަލާލުވީތާ...

The name is already taken The name is available. Register?

އާދަނުު

19 June 2019

ހުރިޙާވެސް މައްސަލައަކީ ޑްރަގުއެޑިކްޓުން ގިނަވާތީ

The name is already taken The name is available. Register?

މައިހާ

19 June 2019

ގޭގޭންނޯ

The name is already taken The name is available. Register?

ބޮޑުމީހާ

19 June 2019

ގާނޫނު ނުހިގާ ތަނެއްގައި އެއްކަމެއްވެސް ރަގަޅެއް ނުވާނެ. މޫނަކަށް ކަދުރާއަށް ނުބަލައި ގާނޫނު ހިންގަންފަށްޓަބަލަ. އޭރުން ތިހުރިހާ ކަމެއް ހައްލުވާނެ. އެކަމަކު ފަށާނީ ރިހާކުރު ފުޅި ނަގާ މީހާ ހިސާބުންނުން. ފަށާނީ އަދީބުއާއި ހަމައިން.

The name is already taken The name is available. Register?

ނަވާރަ

19 June 2019

އެޖެންޑާ ނަވާރަ ތަފާތުވާނެ ދިވެހިންނަށް ހައްގުވާ މިންވަރުލިބޭނެ ތިއޮށްލިބެނީ ދެންބާރަށް އަތްޖަހާ....

The name is already taken The name is available. Register?

ށިމާދު

19 June 2019

ހުރިހާ އެއްޗެއް މަޑިދަށުން ނަގައިފިން މަ. މިހާރު އޮންނާނީ މީދާ ދައްޗެއް އެކަނި.

The name is already taken The name is available. Register?

ސަތޭކަ

19 June 2019

މީ ވަގުންގެ ރާއްޖެއެކޭ. އެހެންވެ ވަގުންނަށް އެހާ މިނިވަންކަން އޮންނަނީ. މުޅި ދުނިޔޭގައިވެސް ނޯންނާނެ މިހާ މިނިވަންކަމާއެކު ވަގުން އުޅޭ ޤައުމެއް. މައްސަލައެއްގައި ހައްޔަރުކުރިއަސް އެއްދޮރުން ވައްދާއިރު އަނެއްދޮރު ހުންނާނެ ނުކުންނަން ހުޅުވާފައި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454