22 ޖޫން 2019 - 07:02
ކުރިއަށް އޮތް 8 އަހަރުގެ ތެރޭގައި، އެންމެ އާބާދީ ބޮޑު ގައުމަކަށް އިންޑިއާ ވާނެ ކަމަށް އދ. އިން ބުނެފި އެވެ.
އދ.ގެ މި އަހަރުގެ ވޯލްޑް ޕޮޕިއުލޭޝަން ޕްރޮސްޕެކްޓްސް ރިޕޯޓްގައި ބުނި ގޮތުގައި އިންޑިއާގެ އާބާދީ މިހާރު އިތުރުވަމުން އަންނަ ރޭޓަށް ބަލާ އިރު ޗައިނާ ފަހަތަށް ޖައްސާލައި، 2027 ގައި، އެންމެ އާބާދީ ބޮޑު ގައުމަށް ވާނެ އެވެ.
އާބާދީގެ ގޮތުންނާއި ބިމުގެ ގޮތުން ވެސް އޭޝިއާގެ އެންމެ އާބާދީ ބޮޑު އިންޑިއާ އާއި ޗައިނާއަކީ މިހާރު ދުނިޔޭގެ އާބާދީގެ 37 ޕަސަންޓް (77 ބިލިއަން) ހިއްސާ ކުރާ ދެ ގައުމެވެ. އިންޑިއާގެ މިހާރުގެ އާބާދީ އަކީ 1.3 ބިލިއަނެވެ. ޗައިނާގެ އާބާދީއަކީ 1.4 ބިލިއަނެވެ.
އދ. ގެ ރިޕޯޓްގައި ބުނީ 2027 ގައި އެންމެ އާބާދީ ބޮޑު ގައުމުގެ މަގާމު އިންޑިއާ ކަށަވަރުވުމަށް ކުރުމަށް ފަހު، އެ ގައުމާއި ޗައިނާގެ އާބާދީގެ ނިސްބަތުގެ ފަރަގު 2050 އާ ހަމައަށް އަންނަ އިރު ވަރަށް ބޮޑަށް އިންޑިއާގެ އާބާދީ އިތުރުވެގެން ދާނެ ކަމަށެވެ.
What is the global fertility rate?
— UN DESA (@UNDESA) June 19, 2019
UN DESA’s latest #UNPopulation trends reveal:
1990 - 👶 3.2 births per woman
2019 - 👶 2.5 births per woman
2050 - 👶 2.2 births per woman
Learn more from the latest #UNPopulation prospects update available now: https://t.co/wzlSVHLNy6 pic.twitter.com/nuLoO6bEEb
ރިޕޯޓްގައި ބުނީ މި އަހަރާއި 2050 އާ ދޭތެރޭ ދުނިޔޭގެ 55 ގައުމެއްގެ އާބާދީ އަށް 1 ޕަސަންޓްގެ ދަށްވުމެއް އަންނާނެ ކަމަށެވެ. އެގޮތުން ޗައިނާގެ އާބާދީގެ ނިސްބަތަށް 2.2 ޕަސަންޓް (31.4 މިލިއަން) ގެ ދަށްވުމެއް އަންނާނެ ކަމަށެވެ.
By 2050, population will grow ⬆
— UN DESA (@UNDESA) June 19, 2019
Sub-Saharan Africa 99%
Oceania 56%
Northern Africa & Western Asia 46%
Australia/New Zealand 28%
Central & Southern Asia 25%
Latin America & Caribbean 18%
Eastern & South-Eastern Asia 3%
Europe & Northern America 2%#UNPopulation pic.twitter.com/2tCTJiTeLQ
ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި 2050 އާ ހަމައަށް އަންނަ އިރު އެންމެ އާބާދީ ބޮޑު ގައުމުތަކުގެ ލިސްޓްގެ ކުރީގައި އިންޑިއާ އާއި ޗައިނާގެ ފަހަތުން ދެން އަންނާނީ ނައިޖީރިއާ ޕާކިސްތާން، ކޮންގޯ، އިތިއޯޕިއާ، ޓެންޒޭނިއާ، އިންޑޮނީޝިއާ، މިސްރު އަދި އެމެރިކާ އެވެ.
ވޯލްޑް ޕޮޕިއުލޭޝަން ޕްރޮސްޕެކްޓްސް ރިޕޯޓްގައި ބުނި ގޮތުގައި 2050 އާ ހަމައަށް އަންނަ އިރު ދުނިޔޭގެ އާބާދީ 9.7 ބިލިއަނަށް އަރާނެ އެވެ.
Between now & 2050, 9 countries will make up more than half the projected growth:
— UN DESA (@UNDESA) June 17, 2019
India 🇮🇳
Nigeria 🇳🇬
Pakistan 🇵🇰
Democratic Republic of the Congo 🇨🇩
Ethiopia 🇪🇹
United Republic of Tanzania 🇹🇿
Indonesia 🇮🇩
Egypt 🇪🇬
USA 🇺🇸
Get more #UNPopulation trends: https://t.co/wzlSVI3oWG pic.twitter.com/TgR7OkWAzb
ޔޫއެންގެ އަންޑަ-ސެކްރެޓަރީ-ޖެކެނެރަލް ފޮ އިކޮނޮމިކް އެންޑް ސޯޝަލް އެފެއާޒް (ޑީއީއެސްއޭ) ލިއު ޒެނިމް ވިދާޅުވި ގޮތުގައި އާބާދީ އިތުރުވަމުންދާ ގިނަ ގައުމުތަކަކީ ނިސްބަތުން ފަގީރު ގައުމުތަކެވެ.
"މީގެ ސަބަބުން ކުރިމަތިވާ އިތުރު ގޮންޖެހުންތައް ގިނަ،" އޭނާ ވިދާޅުވި އެވެ. "ފުދުންތެރިކަން ކުޑަ ގައުމުތަކުގެ އާބާދީ އިތުރުވަމުން ދިއުމުން ފަގީރުކަން ނައްތާލުމާއި ސިއްހަތާއި ތައުލީމީ ދާއިރާ އަދި މި ނޫން ވެސް އިޖުތިމާއީ އެކި ރޮނގުތަކުން ކުރިއެރުންތައް ހޯދަން ކުރާ މަސައްކަތްތަކަށް ހުރަސް އެޅި ދިރިއުޅުމުގެ ހާލަތު އިތުރަށް ދަށްވޭ."
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޯ ނޯ
22 June 2019
3 ވަނަ ޕެރެގްރާފްގައި 77 ބިލިއަން ލިޔެވިފައި އިނީ ކަުށަކުން ދެއްތޯ؟ ރަނގަޅު ގޮތަކީ 2.7 ބިލިއަން
ޝޮކްތެރަޕީ
22 June 2019
ރާއްޖޭގެ އިގްތިސޯދު އިންޑިޔާ ހިސޯރު ކުރާނެ. ރާއްޖެގެ އުތުރާ ދެކުނުގާ ބައިނަލްއަގުވާމީ ބަދަރުހަދާ އިންޑިޔާގެ އިގްތިސޯދު ވަރައްކުރިއަރާނެ ރާއްޖެއަ ގެއްލުން. މީގެ ބޭނުމަކީ އިންޑިޔާގެ އަސްކަރީ ބާރުގަދަ ކުރުމާ ރާއްޖެ އަޅުވެތި ކަމުގާ ބޭއްވުން. ވަަރައް
ޙޭލުންރި ކަން ބާ 2
22 June 2019
ރާއްޖޭގެ އާބާދީ 500.000 އަށް އެރުމަށް ފަހު ދަށަށް ދާ އަނެއް ސަބަބެއް ކަމަށް ލަފާކުރަނީ މޫސުމީ ބަދަލުގެ ސަބަބުން މިސަރަހައްދު ގެ ޤައުމު ތަކުގައި ފެން ބޮޑުވުން، ގިނަވުމާއި އެކަމުގެ ސަބަބުން ފެތުރޭ ނުރައްކާތެރި ބަލި މަޑުކަން ރާއްޖެއަށް ހިޖުރަކޮށް، ބަލި ކޮންޓްރޯލް ނުކުރެވި ގިނަ އިން މީހުން މަރުވަން ދިމާވުން . ޥަﷲ އަޣްޒަމް..މާތް ﷲ ފެން ބޮޑުވުމާއި އުދައެރުމާއި ފެތުރޭ ނުރައްކާތެރި ބަލިމަޑު ކަމުން އަޅަމެންގެޤައުމު ރައްކާތެރި ކުރައްވާން ދޭވެ .ޢާމީން
ހޭލުން ތެރިކަން ބާ
22 June 2019
ބުނެވޭ ގޮތުގައި ދިވެހި ރާއްޖޭގެ އާބާދީ 500.000 އަށް އެރުމަށް ފަހު ދެން ދާނީ ދަށަށެވެ. ސަބަބަކީ ރަށްފުށުގެ މީހުން ސިޓީތަކަށް ހިޖުރަކުން ގިނަވުމުން، ދަރިން ހޯދުން ކޮންޓްރޯލް ކުރަން ފެށުމެވެ.އޭއީ ސިޓީގައި ދިރި އިޅުމުގެ އަގު ބޮޑުވުމުން ވާގޮތެކެވެ.