ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާޙިމް ރަޝީދު: އޭނާ ވަކިކުރަން މަޖިލީހަށް ވަނީ ފޮނުވާފައި
24 ޖޫން 2019 - 10:28
ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
ޖޭއެސްސީން ބެލި ސުލޫކީ މައްސަލައަކަށް ފަހު މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ވަކިކުރަން މަޖިލީހަށް ފޮނުވަން ޖޭއެސްސީން އޮތީ ކުރިން ނިންމައިފަ އެވެ. މިއީ ސުލޫކީ މައްސަލައަަކާ ގުޅިގެން ފަނޑިޔާރަކު ވަކިކުރަން މަޖިލީހަށް ފޮނުވާ ފުރަތަމަ ފަހަރެވެ.
ޖޭއެސްސީގެ ނިންމުމާ އެއްގޮތަށް އޭނާ ފަނޑިޔާރު ކަމުން ވަކިކުރަން މަޖިލީހަށް މިހާރު ފޮނުވާފައިވާ ކަމަށް ޖޭއެސްސީން މިއަދު ކުރި ޓްވީޓެއްގައި ވަނީ ބުނެފަ އެވެ.
Gdh. Thinadhoo magistrate court ge magistrate Ibrahim Rasheed, fandiyaaru kamun vakikurumah Rayyithunge Majileehah fonuvaifi.
— JSC Maldives (@MaldivesJSC) June 24, 2019
ޖޭއެސްސީގެ ޓްވީޓް
ފަނޑިޔާރުންގެ މައްސަލަތައް ބެލުމަކީ ޖޭއެސްސީގެ ޒިންމާއެއް ކަމަށް ވިޔަސް، ގާނޫނު އަސާސީ އޮންނަ ގޮތުން ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް މަޖިލީހަށެވެ. ފަނޑިޔާރަކު ވަކި ކުރެވޭނީ ޖަލްސާގައި ބައިވެރިވާ މެމްބަރުންގެ ތެރެއިން ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ ވޯޓު ލިބިގެންނެވެ.
މީގެކުރިން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ފޮނުވިޔަސް، އެގޮތަށް ޖޭއެސްސީން ފޮނުވީ ކޯޓުތަކުގެ ގާނޫނަށް 2014 ގައި ގެނައި އިސްލާހެއްގެ ދަށުން ސުޕްރީމް ކޯޓުގެ ބެންޗް ކުޑަ ކުރުމުގެ ގޮތުންނެވެ.
އޭގެފަހުން އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މަގާމު ގެއްލުނީ އެ ބޭފުޅުންގެ މައްޗަށް ކުށެއް ސާބިތުވެ، އިސްތިއުނާފް މަރުހަލާ ނިމުމުން އޮޓަމެޓިކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބާރާހިމް
24 June 2019
ބުރުނީ ކޯޓުގެ މެޖިސްޓްރޭޓް ވެސް ވަކި ކުރަން ޖެހޭ. އޭނާ އަކީ ސީދާ ސިޔާސީ ހަރަކާތުގައި ބައިވެރިވެ ބާރުގެ ބޭނުންކޮށް މީހުންނަށް ބިރުދައްކާ ކަންކަން ހިންގާ މީހެއް. އޭނާ އަކީ ވަކި ސިޔާސީ ފިކުރަކަށް ތާޢީދުކޮށް ސިޔާސީ މަސައްކަތް ކުރާ މީހެއް.
ނިޒާމު
24 June 2019
ކޮބާ ށ. ޢަތޮޅު މެޖެސްޓްރޭޓް ހާދަ ފްލެޓަކާއި ބިމެއް އެބަގަނެއޭ މީ ކޮންލާރިއެއްތޯ މިހާރު އަވަހައް ބަލަން ގޮވާލަން
ނިޒާމު
24 June 2019
ތީ މަބުނިވާހަކަ 80 ޕަސަންޓް ދެކުނުމީހުންނަކީ އެއްވެސް ކަމެއްގަ ތެދުވެރި ބައެއްނޫން އަދި ހާއްސަކޮށް އައްޑޫ ތިނަދޫ ފޯއްމުލައް ވަރައްސާފު..
ބޮޑުމީހާ
24 June 2019
މުޅި ގައުމަށް ލައިވްކޮށް މީނަގެ މައްސަލަ ނުބެލީ ކީއްވެ؟ އޭނައަށް ސުލޫކީ ފިޔަވަޅުއެޅީ ކީއްވެ؟ ހަމަ މިގޮތަށް ސްޕްރީމް ކޯޓުގެ ފަޑިޔާރުންގެ މައްސަލަވެސް ބަލާ މަޖްލީހަށް ފޮނުވީމަ ނިމުނީނުން. ކޮންހާ ސަކަރާތެއް ތި ޖަހަނީ. އަވަހަށް ފަޑިޔާރުން ބޭރުކުރޭ
ޓެސްޓް
24 June 2019
ކޮބައިތޯ ޓެސްޓުޕޭޕަރ ކޮޕީކުރި މެޖިސްޓްރޭޓް
ޒިންމާދާރު
24 June 2019
ކޯޓުގެ މުވައްޒަފަކަށް ޖިންސީ ގޯނާ ކޮށްގެން ވަރަށް ކުރީގައި އެބައުޅުއްވާ. މައްސަލަ ބަލަމުން މިދަނީ. ނިމުނީމަ ވާނުވާ އަންގާލާނަން
ދީމާހު
24 June 2019
މިހާރު މިދާގޮތުން މަޖިލިސްވެގެން ދާނީ ފަނޑިޔާރުންގެ ބޯމައްޗަށް އުފުލިފައި ހުންނަ ކަނޑިއަކަށް، ތިމަންނަމެން ބޭނުންގޮތަށް ''އުޅޭ'' މީހެއްގެ ދުވަސް ދުއްވާލާނަމޭ. މިހެންގޮސް ހުކުމެއް ކުރާގޮތުންވެސް ސުލޫކީ މައްސަލައަކަށް ވެގެން ދާނެ. މޮޔައަކަށް ކަނޑިއެއް ދިނީމާ ވާގޮތް މިހާރު މިވަނީ
6666
24 June 2019
ދެން ބުނޭ މިވެސް ވަލުދޮރާއްޓޭ! ހޭބަލި ވެދާނެ
ކަޅުބެ
24 June 2019
ކޮބާ އަންހެންކުއްދިންނާ ޖިންސީގޯނާކުރާ ގޮލާގެ ހަބަރަކީ؟
މަހަލްދީބު ރާނީ
24 June 2019
ކޮބާ ރާޣިބު؟
ކޮރަލް
24 June 2019
3 ބާރު ވަކި ވެފައެވެ. ވަޒީފާއިން ވަކިކޮށް ވަޒީފާ ދެނީ މަޖްލީހުންނެވެ. ކަމަކު ނުދެއެވެ.
ޢައްޔުބޭ
24 June 2019
ޢަބްދުﷲ ސަޢީދު އާއި ޢަލީ ޙަމީދު ވަކުކުރެވުނީ 1 ފެބްރުއަރީ ގެ ހުކުމާ ގުޅިގެން ޒާތީގޮތުން ޔާމީން ހިންގި ކަންތައްގަޑެއްގެ ސަބަބުން. އެއީ ޤާނޫނާ ޚިލާފް ކަންތައްތަކެއް. އެ ދެބޭފުޅުންނަކީ ޔާމީންގެ ޚުދުމުހުތާރު ވެރިކަން ވައްޓާލުމަށް މަގު ފަހިކޮށް ވަރަށް ބޮޑު ޤުރުބާނީއެއް ވަމުންދާ ދެ ބަޠަލުން.