ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ހޭލުންތެރިކުރުވަން ހަދާފައިވާ ޕޯސްޓަރެއް---
24 ޖޫން 2019 - 16:28
ރާއްޖޭގެ ސްކޫލެއްގެ ދަރިވަރުންތަކަކާ ތަކުރާރުކޮށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މިއަދު ހައްޔަރުކުރި ޓީޗަރު ތަހުގީގަށް ބަންދުގައި ބަހައްޓަން ކޯޓުން 10 ދުވަސް ދީފި އެވެ. ފުލުހުން ބުނީ 46 އަހަރުގެ ފިރިހެން ޓީޗަރުގެ ބަންދުގައި ބަހައްޓަން އަމުރުކުރީ ކްރިމިނަލް ކޯޓުން ކަމަށެވެ.
ފުލުސް އޮފީހުން ބުނެފައިވާ ގޮތުގައި ހައްޔަރުކޮށްފައި ވަނީ ދިވެއްސެކެވެ. މެދު ރާއްޖެތެރޭގެ ރަށެއްގެ ސްކޫލެއްގެ ފިރިހެން އަދި އަންހެން ދަރިވަރުންނަށް އެކި ދުވަސްތަކުގެ މަތިން ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު އެ މީހާގެ މައްޗަށް ކުރެ އެވެ.
އެއީ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކަށް ވާތީ އެކަން ހިންގީ ކޮން ރަށެއްގައި ކަމެއް ފުލުހުން ނުބުނެ އެވެ. ޖެންޑާ މިނިސްޓްރީން ބުނިގޮތުގައި، އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އެ މިނިސްޓްރީންނެވެ. އަދި އެ ތަހުގީގު ކުރިއަށް ގެންދާއިރު އެ މައްސަލައިގައި ފުލުހުންނާ ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށް ޖެންޑާއިން ބުނެ އެވެ.
ފްލައިޓަކުން ދަތުރު ކުރި އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ވެސް، ބިދޭސީ ފިރިހެން ޓީޗަރެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރި އެވެ. ގައުމީ ޔުނިވަސިޓީގެ އެ ލެކްޗަރާ މިހާރު ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްالله
25 June 2019
އެ މީހާ ކިޔަވާދޭ މާއްދާ ނުޖެހީ އިގިރޭސި މީޑިއަމް ނޫން މީޑިއަމަކުން ކިޔަވާދޭ މީހެއް ވީމަތަ؟
ައަމީން
25 June 2019
އަޅާލުން ކުޑަކަމުންނާ ސަމާލް ކަން ނުދެވެވޭތީ ދިމާވާ ކަންކަން.
މަރޭމިތުރު
24 June 2019
ރާއްޖޭގައި ޗިލްޑްރެންސް ޕާރލެމެންޓެއް ވީހާވެސް އަވަހަކަށް ހަދަންގޮވާލަން.
ކެޔޮޅު
24 June 2019
އަންހެންކުއްޖަކާ މަގުމަތިން ފޮށިގެން ސަރީޔައްނިމެންދެއް ބަންދައް ތަކުރާރުކޮން ޖިއްސީގޯނާ ކުރީމަ 10ދުވަހަށް ބަންދަށް
ކެޔޮޅުގެ ބައްޕަގެ އަންހެނުން
25 June 2019
ޅޭ ކެޔޮޅާ ތައްނޭގޭޅޭ، މަގުމަތިން ފޮށުނީމާ އެމަންޖެ ކުރީ ވީޑިއޯއަކުންނޯ ޝަރީއަތް ނިމެންދެން ބަންދުކުރީ، އެކުޑަކުދިން ނުކުރެއެއްނުން ވީޑިއޯއެއް އެހެން ވީމަ 10 ދުވަސް ވަންދެން ސުވާލު ކޮއްލަންވެގެން ބައިންދާފަޔޯލަ އެޔޯ އެއިނީ..
މަރޭމިތުރު
24 June 2019
ފެމެލީކޯޓް، ޖެންޑާ، ފެމެލީޗައިލްޑް ޕްރޮޓެކްޝަން މި3ތަނަކީވެސް ރާއްޖޭގައި އާއިލާޔާ ބެހޭ ކަންކަން ބަލާތަންތަން. އެކަމަކުވެސް ހަގީގީ މަގުސަދެއް ހާސިލުނުވޭ ދަރިންނަކަށް!