މަގޫދޫ ކައުންސިލްގެ އިދާރާ: އެ ތަނުގެ ތިޖޫރި އިއްޔެ ރޭ ވަނީ ފަޅާލާފައި.
02 ޖުލައި 2019 - 10:18
ފ. މަގޫދޫ ކައުންސިލް އިދާރާގެ ގާޑު ބަނުމަށް ފަހު، އެ އިދާރާގެ ތިޖޫރި ފަޅާލި މައްސަލައިގައި ނުވަ މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާގެ އޮފިޝަލަކު މިއަދު ވިދާޅުވީ މަގޫދޫ ކައިރިން ޑިންގީއަކާއި ދޯންޏެއްގައި ދަނިކޮށް ހައްޔަރުކުރީ އުމުރުން 23 އަހަރާއި 38 އަހަރާ ދެމެދުގެ ނުވަ ފިރިހެނަކު ކަމަށެވެ. އެ މީހުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދަން ފ. ނިލަންދޫ ކޯޓުން ވަނީ ފަސް ދުވަސް ދީފަ އެވެ.
މަގޫދޫ ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދު ކުރިން ވިދާޅުވެފައި ވަނީ އިއްޔެ ރޭ ފަޅާލި ތިޖޫރީގައި ހުންނާނީ ގާތްގަނޑަކަށް 2،000ރ. ކަމަށެވެ. ތިޖޫރިން ވައްކަން ކުރުމުގެ އިތުރުން ކައުންސިލްގެ އިދާރާގެ ފަރުނީޗަރުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.
ކައުންސިލް އިދާރާގެ ހުރިހާ ކަބަޑެއްހެން ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްފައިވާ ކަަމަށާއި ލިޔެކިޔުންތަކަށް ވެސް ގެއްލުން ދީފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސާމީ
02 July 2019
ރިކޯޑު އަދަދަކަށް ތިޖޫރީފަޅައިލައިފި މިސަރުކާރު އައިފަހުން އެއީ ގިނަ އަދަދެއްގެ ގައިދީންތަކެއް މުޖުތަމައު ތެރެއައް އެކިގޮތްގޮތަށް ދޫކޮށްލީމަ
މަގޫދޫ ރަޝީދު
02 July 2019
ފުލުހުންގެ ހިތްވަރުގަދަ މަސައްކަތައް މަރުހަބާ.. ތިޔަ މީހުންނަކީ ރަށްރަށަށް އަރާ ތިޖޫރި ފެޅުމުގެ ބައިގަޑެއް. މި މީހުންގެ ދޫނުކުރުމަށް ގޮވާލަން.
ވާލުސޮރު
02 July 2019
ބުރަ މަސައްކަތުން ލާރި ހޯދުމަކީ ނެތްކަމަކަށް ހެދީ ޔާމީނުގެ މިނިސްޓަރުކަމާއި ވެރިކަމުގައި، މިކަން ހެކިވާނެ އަމިއްލަ ސިކުނޑި ވިސްނާލި ކޮންމެ މީހެއްވެސް
ތެދުތެދު
02 July 2019
މަގޫދޫ އަކީ އެމްޑީޕީގެ އައްޑާ އެެއް. ވަރަށް މިކަން ކުރާ މީހުނާ އެކަން ކުރާ މީހުން ގިނަވާނެ އެވެ.
ހޭހަން
02 July 2019
ކަމެއް ކުރިއިރުވެސް އާރުލާވަރުގެ ކަމެއްކުރާކަށް ނުކެރުނު.