02 ޖުލައި 2019 - 15:54
ގދ. ތިނަދޫގައި ހުރި އާސާރީ ގިނަ ތަންތަން "ސުންނާފަތިކޮށްލާފައިވާ" ކަމަށް ވިދާޅުވެ، ބާކީ ހުރި ތަންތަން ހިމާޔަތްކޮށް ދެއްވުމަށް ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣްނީ އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ހުވަދޫ ބަހުން މިއަދު ގޮވާލައްވައިފި އެވެ.
މިއީ 19 ވަނަ ރައްޔިތުންގެ މަޖިލިސް ފެށުނު ފަހުން، ހުވަދޫ ބަހުން ދެ މެމްބަރުން ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ. އަދި ރަށު ބަހުރުވައަކުން މެމްބަރަކު ވާހަކަ ދެއްކެވި ފުރަތަމަ ފަހަރު ވެސް މެ އެވެ. އެގޮތުން މިއަދުގެ ބަހުސްގައި އެންމެ ފުރަތަމަ ހުވަދޫ ބަހުން ވާހަކަ ދެއްކެވީ މުޣްނީ އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ސަގާފީ ތަރިކައިގެ ބިލަށް ބަހުސް ކުރައްވަމުން، މުގްނީ ވިދާޅުވީ ތިނަދުއަކީ ދައުލަތަކުން ސުންނާފަތިކޮށްލާފައިވާ ރަށެއް ކަމަށެވެ. އެކަމުގެ ފަހަތުގައި ހުންނެވީ ކުރީގެ ރައީސް އިބްރާހިމް ނާސިރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މުސްކުޅިން މަރައި އާސާރީ ތަކެތި ހަލާކުކޮށްލީ އިބްރާހިމް ނާސިރުގެ ދައުލަތުގައި. އެހެންވެ، މިފަދަ ބިލެއް މާ ކުރިން އޮންނަން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" މުޣްނީ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު މުޣްނީއާ ސަލާމް ކުރައްވަނީ. --ފޮޓޯ/އެމްޑީޕީ
އޭނާ ވިދާޅުވި ގޮތުގައި ތިނަދޫން ނައްތާލި އެއްވެސް އެއްޗެއްގެ ބަދަލު ނުވަތަ ފައިސާ ނުވަތަ ތަކެއްޗެއް ވެސް ލިބިފައެއް ނެތެވެ. އަދި އެ ތަންތަން ހަދަން އެއްވެސް ބަޔަކު މަސައްކަތް ނުކުރުމުގެ ނަތީޖާއަކީ އާސާރީ އެއްވެސް އެއްޗެއް ރަށުގައި ނެތުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ފަހަކާ ޖެހެންދެން ތިނަދޫގައި ހުރި އާސާރީ ވަޅެއް. އެ ވަޅު ވެސް ވޭތުވެދިޔަ ސަރުކާރުން ތަޅާލީ. އެ ތަނުގެ ކައިރީގައި ހުރި މިސްކިތެއް ވެސް ތަޅާލީ ކަޅުވަކަރު މިސްކިތް ގެންނަނީއޭ ކިއާފައި،" ތިނަދޫގައި ހުރި އާސާރީ ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ދިން ކަން ފާހަގަކުރައްވައި މުޣްނީ ވިދާޅުވި އެވެ.
އެހެންވެ އޭނާ ވަނީ ކައުންސިލްތަކަށް ބަޖެޓު ދީގެން ނަމަވެސް، އާސާރީ ތަންތަން ހިމާޔަތް ކުރުމުގެ މުހިންމު ކަން ފާހަގަކުރައްވައިފަ އެވެ. އަދި އެފަދަ ތަންތަން ހަލާކުކުރާ މީހުންނަށް ފިޔަވަޅު އެޅޭ ގޮތަށް ބިލް ފަރުމާ ކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ސަނީފް ވިދާޅުވީ ތިނަދުއަކީ ގުދުރަތީ ގޮތުންނާއި އާސާރީ ގޮތުންނާއި ސަގާފީ ގޮތުން ވެސް ވަރަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވެފައި އޮތް ރަށެއް ކަމަށެވެ. އެގޮތުން ތިނަދޫގެ މުޅި އާސާރީ ހަޔާތާއި ތާރީހް ނެތިކޮށްލީ 60 އަހަރު ކުރިން ދައުލަތުގެ ބޮޑު އިހުމާލަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަހަރުމެންނަކީ ވަކި ތަނަކުން ރާއްޖެ އަށް އައި ބައެއް ނޫން. އަހަރުމެންނަކީ ވަކި ދަރިފަސްކޮޅަކަށް އުފަން ރާއްޖޭގެ ރައްޔިތުންތަކެއް،" ---ސަނީފް
ސަނީފް ވިދާޅުވި ގޮތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ތިނަދޫގައި ހުންނަ "ހުޑެކުޑޭ" މިސްކިތް ތަޅާލީ އަންހެން ކުއްޖެއްގެ އިއްފަތްތެރިކަން ފޭރުނު ކަމަށް ބުނެ އެވެ. އޭރު އެކަންކަމާ ހަވާލުވެ ތިއްބެވީ މިހާރު ހެރިޓޭޖް މިނިސްޓްރީގައި އިސްކޮށް އުޅުއްވި ބޭފުޅުން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ބަހުސްގައި އެއީ ކޮން ބައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ސަނީފް ވަނީ ތިނަދޫ ބަހަށް "ގައުމީ ލެވަލެއްގެ ދަރަޖަ" ދޭން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. ރާއްޖޭގެ ގައުމީ ބަހަކީ ހަމައެކަނި މާލެ ބަސް ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖޭގެ ރަސްމީ ބަހެއްގެ ގޮތުގައި ހުވަދޫ، ފުވައްމުލަކު އަދި އައްޑޫ ބަސް ހަދަން ޖެހޭ ކަމަށެވެ.
"އަހަރުމެންނަކީ ވަކި ތަނަކުން ރާއްޖެ އަށް އައި ބައެއް ނޫން. އަހަރުމެންނަކީ ވަކި ދަރިފަސްކޮޅަކަށް އުފަން ރާއްޖޭގެ ރައްޔިތުންތަކެއް،" ސަނީފް ވިދާޅުވި އެވެ.
އޭނާ ގޮވާލެއްވީ ތިނަދޫ މީހުން ބޭލި ގޮތް ފިލްމެއްގެ ގޮތުގައި ފަހުގެ ޖީލުތަކަށް ދެއްކުމަށް ކައުންސިލުން އިސް ނަގައިގެން ކުރި މަސައްކަތަށް އެއްބާރުލުން ދިނުމަށެވެ.
ތިނަދޫން މީހުން ބޭލި ހާދިސާގެ މައްޗަށް އުފައްދާ "1962: ތެނަދޫ"ގެ މަސައްކަތް ހުއްޓުވާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓްރީންނެވެ. ރާއްޖޭގެ ތާރީހުގެ މުހިއްމު ހާދިސާއެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމު ޕްރޮޑިއުސްކުރަން އުޅުނީ ކައުންސިލްގެ އިތުރުން ޑައިރެކްޓަރު އަބްދުލް ފައްތާހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންސާރފް
03 July 2019
ތަނެއްގައި ހުރި ފާރެއް ، ވަޅެއް އާސާރަކަށް ވަނީ ކިހިނެއް؟؟؟
އިބުރާހީމޫ
03 July 2019
އިޅުގަނޑުގެ މިބަޔާންނުޖައްސަވަނީ މާލޭމީހަކަށްކަމަށްތޯ؟ އެހެންނުހައްދަވާ! .ކޮމެންޓުތައްކިޔާލީމާސޫވާލުކޮށްލެވެނީ ނާސިރުގެމަންމަ ފޯއްމުލަކަމަށްވެފާ، މައުމޫނުގެމަންމަ ހުވަދޫވިލިގިއްޔަށްވެފާ، މަމޫނުގެބައްޕަގެބައްޕަ ހުވަދުއަތޮޅުރަށަކަށްލެއްގިބަބުރަކަށްވާހިދު، އަދިޔާނުގެމަންމަ މާލޭމީހަކަށް ނުވާހިނދު އަދިކޮންމެމީހެއްގެވެސް އަސްލުބައްޕަ އެގޭނީ އެމީހެއްގެ މަންމަ އަށްވާހިދު، އެއިންކޮންމެމީހަކު ކުރާޖަރީމާ ނިސްބަތްވަނީމާލޭމީހުނަށް ކީއްވެބާއެވެ.....؟؟؟؟؟؟
މާރަނގާ - އައްޑޫ ސިޓީ
03 July 2019
ގިނަސަބަބު ތަކަކާއިހުރެ “މާލޭމީހުންގެ މައްޗަށް ވެރިވެގަރުމުގެ ވިސްނުން” ރާއްޖޭގެ އުތުރުން ދެކުނަށް މީހުންގެ ސިނކުޑީގައި ހަރުލާފައިހުރިހުރިމަކީ ކަންބޮޑުވާންޖެހޭ ކަމެއް. * * ހާއްސަކޮށް “މިރޫޙް އައްޑޫ، މުލައް އަދި ހުވަދޫގެ ހުރިހާޖީލެއްގެމެދުގައި އާދަޔާއިހިލާފަށް ބޮޑު” ވެފައިވަނީ ދެކުނުމީހުން މާކުރިން އުޅުނު ތަނަވަސް ދިރިއުޅުމަށް މާލޭ ސަރުކާރު ހުރަސްއަޅާ ސަރަހައްދު ވީރާނާކޮށް “ވަޒަނުން ބޭރުވުމަށް މަޖުބޫރުކުރީތީ” ކަމަށް ވުން އެކަށީގެންވޭ.
މަމަ
03 July 2019
ވ. ރަނގަޅު. އިތުރުވާހަކައެއް ނެތް.
އިބުރާހީމޫ
04 July 2019
"ދެކުނުމީހުން މާކުރިން އުޅުނު ތަނަވަސް ދިރިއުޅުމަށް މާލޭ ސަރުކާރު ހުރަސްއަޅާ ސަރަހައްދު ވީރާނާކޮށް “ވަޒަނުން ބޭރުވުމަށް މަޖުބޫރުކުރީތީ” ކަމަށް ވުން އެކަށީގެންވޭ." ތިކަމުގެމޭސްތިރިންނަކީވެސް މާލޭގާ އެއިރެއްގާ ވެރިކަންކުރަންތިބި ދެކުނު ދަރިކޮޅުންއައިސްތިބި ނާސިރާ މައުމޫނެވެ. އެހެނީއެދެމީހުންގެމަންމައިންނަކީ ފޯއްމުލަކާއި ގއވިލިގިލީ މީހުންކަމަށްވާތީއެވެ.
ރަޓުޚަބަރެ
03 July 2019
ރަށުބަހަކުން މެމްބަރަކު ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެއް ނޫން. މިހާރު އަމަލު ކުރަމުން މިދާ ގާނޫނުއަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްސަ މަޖިލިހުގަ ވެސް އައްޑޫއާ ހުވަދުއަތޮޅަށް ނިސްބަތްވާ ބައެއް މެމްބަރުން އެ އަތޮޅުތަކުގެ ބަހުން ވާހަކަ ދެއްކެވި. އެ ދެއްކެވި ވާހަކަތައް ނޭނގޭކަމަށް ވިދާޅުވެ މާލޭ މެމްބަރަކު ނިޒާމީ ނުކުތާއެއް ފާހަގަ ވެސް ކުރެއްވި.
ލޯކަ!
03 July 2019
ހުވަދޫބަހަކުން ނޫން! ހުވަދޫބަހުރުވައިން! ހުވަދޫގައިވެސް އައްޑޫގައިވެސް ތިލަދުންމަތީގައިވެސް މާލޭގައިވެސް އަދިކިއެއްތަ، މުޅިރާއްޖޭގައިވެސް އޮތީ އެއްބަހެއް އެއީ ދިވެހިބަސް، އެކަމަކު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބަހުރުވައިގެ ތަފާތު ހުންނާނެ!
މުމި
03 July 2019
ދިވެހި ރާއްޖޭގަ އޮއްނަނީ ތިންބސް. ދިވެހިބަސް. ހުވަދޫބަސް. އައްޑޫބަސް. މަލިކުބަސް އެއީ މަލިކުބަސް. އިންޑިޔާބަހެއްނޫން. ވިސްނިއްޖެތޯ.
ރާއީ
03 July 2019
ބައްލަވާ ވެރިކަން ވެއްޓިގެން އމޑޕ މަތިފަޑިން އަންގައިގެން ހުޅުޖަހާ އަންދާލި، ވަރި، ކައިވެނީގެއާ، ހިބައާ، ވަސިއްޔަތާ، އެއްބަސްވުންތަކާ މުދަލާ އިމާރާތްތަކާ އެއްޗެހި އަންދާލި މީހުންގެ ވާހަކަ ހުވަދޫ ބަހުން ދެއްކިނަމަ ރަނގަޅު. ތިޔަ ހަވަރު ތިނަދޫ މީހުންނަކީ ވަކި ސަރުކާރެއް އުފައްދަން މަސައްކަތްކުރި ބައެއް. މިހާރު ވަކި ސަރުކާރެއް އުފައްދަން ވަރަށް ފަސޭހަ ވާނެ.
ހަކީމް
03 July 2019
ދިވެހި މުޤައްރަރުގައި ރާއްޖޭގެ އެކިބަހުރުވަ ހިމަނާފައި އޮތްނަމަ ގިނަ ދިވެހިންނަށް މަޖްލިސް ގައި މިއަދު އެދެއްކި ވާހަކަތައް ފުރިހަމައަށް ފަހުމް ވީސް. މިއަދުން މިއަދަށްވެސް ކުރަން ޖެހޭކަމެއް.
ޟުތގު
03 July 2019
މިގައުމުގައި އަދި ޚާއްސަކޮށް ތިނަދޫގައި އިޖްތިމާއީ އެތައް މައްސަލައެް އބަހުރި، އަދި ރައްޔިތުން އާމްދަނީ ހޯދުމާއި ވަޒީފާގެ އެތައް ގޮންޖެހުން އެބަހުރި. ނަމަވެސް މިކަހަލަ ކޮސްމެޓިކް ވާހަކައެއް އެކަންކަމަށްވުރެ ބޮޑުވީމާ ނިކަމެތިންގެ އިހްސާސްތަކަށް ދެވޭ ސަމާލުކަމެއް ނެތްކަން އެބަ އިނގޭ.
ތާރީޚް
03 July 2019
ތަރިކަ އަކީ ހަމައެކަނި ކުރީ ޒަމާނުގައި ހަދާފައި ހުރި އިމާރާތެއް ނުވަތަ ބުދަށް އަޅުކަން ކުރި ޒަމާނުގެ ހަވިއްތަ ނަމުގައި ހުރި ގާފނި ތަކެއް ނޫން. ރާއަތޮޅު ހުޅުދުއްފާރުގައި ވާ ނަލަ ރުއްރަކުން ހިތްގައިމުކަން ލިބިދޭ މަގުތަކަކީ ވެސް ތަރިކަ. ތަރައްގީގެ ނަމުގައި އެރުއްތަށް ނަގާ އުކާލެވިގެން ނުވާނެ. މިކަމާގުޅޭ މުއައްސަސާތަކުގައި މިކަމަށް އެދި އިލްތިމާސްކުރަން.
ސަންގުފުމޭ
03 July 2019
ދިވެހިބަހަކީ ދިވެހިން ވާހަކދައްކާބަސް. ދިވެހިންނަކީ މުޅިރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް އުފެދިފައިހުރި ރަށްތަކާއި އިންކަޑައެޅޭ ކަނޑުގެ ސަރަހައްދު މިމީހުން ދައްކާވާހަކަ އޮޅުން ނުފިލާ ބަޔަކު އުޅޭނަމަ ދެރަކަމެއް ދަސްކުރަންވީ