ރޭ ހައްޔަރު ކުރި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަޑުބަރޭ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް މިއަދު ވައްދަނީ-- ފޮޓޯ: މުހައްމަދު ވަހީދު
09 ސެޕްޓެމްބަރ 2016 - 16:41
މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން ރޭ މާލޭގައި ބޭއްވި އެއްވުމުގައި ހައްޔަރު ކުރި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ތިން މެމްބަރުންގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 13 ދުވަސް ޖަހައިދީފި އެވެ.
ފުލުހުން ހައްޔަރު ކުރީ ފުޓުބޯޅަ ކުޅުންތެރިޔާ އައްސަދު އަލީ (އަޑުބަރޭ) އާއި މުހައްމަދު ވަހީދާއި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސަ އެވެ. އެ އެންމެން ވެސް ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.
ތިން މީހުންގެ ބަންދުގެ މުއްދަތު ޖަހަން ގެންދިޔަ އިރު އެމްޑީޕީގެ ގިނަ ބަޔަކު ކްރިމިނަލް ކޯޓު ކައިރީގައި އެއްވެ ތިއްބެވެ.
ރޭ ހައްޔަރު ކުރި އެމްޑީޕީގެ ގައުމީ އަހުމަދު އީސަ (ކ) އަދި ވަހީދުގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް މިއަދު ވައްދަނީ-- ފޮޓޯ: މުހައްމަދު ވަހީދު
އަހުމަދު އީސަ އާއި އައްސަދު އަދި ވަހީދާއެކު އިތުރު ހަ މީހަކު ރޭ ހައްޔަރު ކުރި އެވެ. އަދި މުޒާހަރާ ކަވަރު ކުރަން އުޅުނު ރާއްޖެ ޓީވީ އާއި ސަންގު ޓީވީގެ ހަތަރު ކެމެރާމަނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް ރޭ ދަންވަރު އެ މީހުން ވަނީ ދޫކޮށްލާފަ އެވެ.
ފުލުސް އޮފީހުން ބުނިގޮތުގައި ކެމެރާމަނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ވާޖިބަށް ހުރަސް އަޅައިގެންނެވެ.
އަލް ޖަޒީރާ އިން މިދިޔަ ބުދަ ދުވަހު ނެރުނު ޑޮކިއުމެންޓްރީ، "ސްޓީލިން ޕެރެޑައިސް"ގައި ފާހަގަކޮށްފައިވާ ކޮރަޕްޝަންާ ދެކޮޅަށް ޗާންދަނީމަގާއި ސީގަލް ކެފޭއާ ގުޅުނު ކަންމަތީގައި ބޭއްވި އެއްވުން ފުލުހުން ވަނީ ވަކި ހިސާބަކުން ހުއްޓުވައިފަ އެވެ.
ހޯމް މިނިސްޓްރީން މިހާރު ކަނޑައަޅާފައިވާ ގޮތުން ފުލުހުންގެ ހުއްދައެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ކާނިވާ ސަރަހައްދުގައި އެކަންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ
10 September 2016
ސިޔާސީ ގޮތުން، ހަމަ އެއްވެސް ހައްގަކާ ނުލާ، ދައުލަތުގެ މުއައްސަސާތަށް ބޭނުންކޮށްގެން މީހުނަށް ބިރުދެއްކުމަށް ހައްޔަރުކުރުން ހުއްޓޭނީ ކޮންދުވަހަކުންތޯ؟
ރަދުން
10 September 2016
މީ ކޮން ކަހަލަ 13 އެއްތަ؟ ހުކުމެއް ކުރިޔަސް 13، މުއްދަތެއް ޖެހިޔަސް 13، ހަވައެއް އެރުވިޔަސް 13 ޗެނެލެއް ހެދިޔަސް 13
ނޫހު
10 September 2016
ބަންދުކުރި މީހުން މާ އަވަހީ ދޫކޮށްލިލެއް ، ބަންދުގެ މުއްދަތު ހަަމަ ވަންދެން ބޭތިއްބި ނަމަ ...
ޏ
10 September 2016
އަޑުބަރޭ ދިވެހި ރާއްޖެ ތަމްސީލް ކުރާޓީމް ގަ ހިމެނިގެން ނުވާނެ!
ރެޓޭ
09 September 2016
އަޑުބަރޭ ގައުމީޓީމުން ބޭރުކުރަންޖެހޭ..
ދިވެހިން
10 September 2016
އެހެން ވީމާ ދިވެހި ޓީމުތަކުގައި ކުޅޭ ހުރިހާ އެންމެންވެސް ތިވެން ޖެހޭނީ އޭރެއްގެ ސަރުކާރަށް ތާއިދުކޮށްލަކޮށްލަ ދޯ، ކިތަންމެ ވަރަކަށް ސަރުކާރުން ކޮރާޕްޝަންގެ އަމަލުތައް ހިންގާކަން ހާމަވެގެން ދިޔަޔަސް. ތިކަހަލަ މީހުންނަށް ވިސްނޭނީ ހަމަ މިސަރުކާރު ވިސްނާހެން މީހުންގެ ހައްްޤު ނިގުޅައިގެންނަން އެކި އެކި ގޮތްގޮތް ހޯދޭތޯ.
ދޮގު
09 September 2016
ބަލަގަ އެމީހުން ކުރާކަންކަން ކެމެރާ ކޮށް ފޮޓޯ ނަގާ ހެދީމަ އެޢީ ވާޖިބައް ހުރަސް އެޅީކަމަކައް ވޭތަ؟؟؟؟ﷲ ދިވެހި ގައުމު ސަލާމަތް ކޮށްދެއްވާށި ޢާމީން.
އެމްސް
09 September 2016
ފުލުހުން ބުނާ އެއްޗެއް ޤަބޫލުކުރަން ޖެހެއްޏާ އެހެންމީހުން ބުނާ އެއްޗެއްވެސް ޤަބޫލުކުކުރަން ޖެހޭ. ޤާނޫނުކުރިމަތީ އެންމެން ހަމަހަމަވާން ޖެހޭ!
ކަނޑާލާ
09 September 2016
"އެމްސް" ފުލުހުން ބުނާ ވާހަކަ ގަބޫލުކުރަން ޖެހޭނީ. ތަމެން ބުނާ ވާހަކަ ގަބޫލުކުރަން ނުޖެހޭނެ ކަން ތަމެން ޑައިރެކްޓް ކުރި ފްlޮޕްޑް ފިލްމުން އިނގެއެއް ނޫން ތޯއެވެ. ޑޯން އީވެން މޭކް އަ ސައުންޑް. މީ މަމެންގެ ސަރުކާރު އަދި މީ މަމެންގެ ގައުމު. ކަނޑާލާ ލަންކާ އަށް.
ހެލޯ
09 September 2016
ހައްޔަރުކުރި އެމްޑީޕީގެ މީހުންގެ ބަންދަށް 13 ދުވަސް ދިނީ އެއީ ކީއްވެތޯ ފަނަރަ ދުވަސް ނުދީ. އެއީ މަމެންގެ ހިތުގައި ވަރަށް ބޮޑަށް އުފެދޭ ސުވާލެކެވެ. މުޒާހަރާ ކުރުން މަނާ ސަރަހައްދުގައި މުޒާހަރާ ކުރުން އެއީ މިހާރު ގާނޫނީ ގޮތުން މަނާ ކަމެއް ކަން އިނގޭނެ ނޫންތޯ ހުރިހާ ކުދިންނަށް. މިސަރުކާރުގެ ގްރެވިޓީ ދަށް ކުރަން އިދިކޮޅު ކްރިޓިކްސް އިން އުޅޭ ނަމަ މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް އެން ޓައިޓޭނިއަމް ޕްލޭޓެޑް ސަރުކާރާއި އެކު އިދިކޮޅު ކްރިޓިކްސް ދަމަން ގެންގުޅޭ ވަލުގެ ޑައިމީޓަރު ގައި ސަތޭކަ މިލިމީޓަރު ހުންނަނަމަ މަމެން އެވަލުގެ ކަރަންޓް ވިންޗްގެ ބަޓަނަށް ފިތައިގެން ފޯވާރޑް އަށް ވާ އޮޅާ ވާން ކޮށްލާނަން އެވަލުގެ ޑައިމީޓަރު އެންމެ މިލިމީޓަރަކަށް ހިމަ ވަން ދެން. ރިމެމްބަރ އަވަރ އަޔަން ޑޯމް އިޒް އޯލްރެޑީ ބިލްޓް. ޑޯން އީވެން މޭކް އަ ސައުންޑް. އިޓްސް ދަ ރިސްކް ދެޓް ޔޫ އާރ ޓޭކިންގް. މަމެން މިތިބީ ރަންރީނދޫ ކުދިންގެ ބޯމަތީގައި އެޕާރޗޭ ގެ ކައުޗް ގައި ދެއަތް ފުޅާ ކޮށްގެން ކައުޗްގެ ބެކް ހެޑް ގައި ދެއަތް އަޅުވައިގެން ބަލަހައްޓައިގެން ޔުއަރ ރަންރީނދޫ މޫވްމެންޓްސް އަށް. ހެލޯ، ހެލޯ، ހެލޯ..
ކުޑޫ
10 September 2016
އެއީ 2013 ވެރިކަން. ޗެނަލް 13 ޔާމީން، 13 އަހަރު އަންނި، 13 ދުވަސް ބަންދަށް . ކޮބާތޯ މައްސަލައަކީ
މުހަންމަދު
09 September 2016
ތި މީހުންގެ ބަންދަން 100ދުވަސްޖަހަބަލަ
މިހިންމިދި
09 September 2016
ތިވަރުން ފުދޭތޯ!!!!
ކުޑްބީ
09 September 2016
ކޮބާ ހީވޭ. ބްލޫސް ކުދިން ދަންނަން ޖެހޭނެ ތިޔާ ރަންރީނދޫ ބަސް ނާހާ ކުދިން އަތުލީ ގްރީން ޒޯނަށް ވަދެ މުޒާހަރާ ކުރަނި ކޮށް ކަން. އަދި ރަންރީނދޫ ނުލަފާ ބަސްނާހާ ކުދިން އުޅުނީ ރޭގައި މަމެން އަތުން ބްލެކް ބެލްޓް ޖަހައިގަންނަން ކަން އެއޮތީ ފާޅު ކަން ބޮޑު ގޮތެއްގައި އެގެން ނޫންތޯއެވެ. އެކުދިން ރީއްޗަށް ކާނިވާ ކޯނަރ އަށް ވަދެ ތިބެ އެކުރާ މުޒާހަރާ އެއް ކޮށް އެގޮވާ ކަނޑުކޮހެއް ގޮވާފައި ގެއަށް ދިޔައިމާ ނިމުނީ އެއް ނޫން ދޯ. ދެން މަމެންގެ ގްރީން ޒޯނަށް އެރީ ކީއްވެގެންތޯއެވެ. އެއީ ސީދާ ގެޓް ޓުގެދަރ ގާނޫނާއި ޚިލާފު ކަމަކަށް ވާތީވެ އަޅެ ބަލަންވީ ނޫންތޯ މިފަހަރު ތިކަން ކޮންމެވެސް ކޮޅެއްގައި ޖައްސަން އެކުދިން ބަންދުގައި ތިއްބާ. އެކުދިން ބަންދުގައި ބައިތިއްބައިގެން ކޯޓް މަރުހަލާ އަވަހަށް ނިމޭ ތޯ ގަަދައަޅާ ހިންމަތާއި އެކު މަސައްކަތް ކުރަންވީ އެވެ. އެއިރުން އެކުދިންނަށް ވެސް ރަނގަޅު، މަމެންނަށް ވެސް ރަނގަޅު، އެންމެންނަށް ވެސް ރަނގަޅު، އެންމެންނަށް ވެސް އުފާވެރި ހަޔާތެއް ލިބިގެން ދާނެއެވެ. މިކަން ވުމުން ބްލޫސް ކުދިން ޔޫ ކުޑްބީ ހީރޯސް، ޔޫ ކުޑް ބީ ހީރޯސް، މީ އެން ޔޫ.. ޔޫ ކުޑް ބީ.