ސްރީ ލަންކާގެ ރައީސް ސިރިސޭނާ.
15 ޖުލައި 2019 - 16:18
ކޮލަމްބޯ (ޖުލައި 15) - މަރުގެ އަދަބު އުވާލަން ޕާލަމެންޓަށް ހުށަހަޅާ ދުވަހަކީ ޑްރަގު ޑީލަރުންނާއި ބޮޑެތި ޖަރީމާތައް ހިންގާ މީހުންނަށް ގައުމު ހަވާލު ކުރުން ކަމަށާއި އެއީ މުޅި ގައުމު ހިތާމަ ކުރާނެ ދުވަހަކަށް ވާނެ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.
ދަނޑުވެރިންނަށް ބިން ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ސިރިސޭނާ ވިދާޅުވީ މަރުގެ އަދަބު އުވާލުމަކީ ޑްރަގު ޑީލަރުންނަށް ލިބިގެންދާނެ އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ. އެކަމަކު ޑްރަގު ވިއްކާ މީހުންނާއި ބޮޑެތި މުޖްރިމުންގެ ސަބަބުން ގައުމުގެ ޅަ ދަރިންގެ ކުރިމަގު ހަލާކުވާން ދޫކޮށްނުލާނެ ކަމަށް ސިރިސޭނާ ވިދާޅުވި އެވެ. ޑްރަގު ވިޔަފާރި ކުރުން ހުއްޓުވަން އަޅަން ހުރި ހުުރިހާ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށާއި މަރުގެ އަދަބު ދިނުމަށް އެމަނިކުފާން ނިންމަވާފައިވާ ނިންމެވުން ބަދަލު ކުރެވޭނެ އެއްގޮތެއް ވެސް ނޯންނާނެ ކަމަށް ސިރިސޭނާ ވިދާޅުވި އެވެ.
"މަރުގެ އަދަބު ދިނުމާ ބައެއް މީހުން ދެކޮޅު ހަދަމުން ދަނީ ބޭރުގެ ނުފޫޒްތަކާ ހެދި. އެކަމަކު ގައުމާއި ޅަ ދަރިން ދެކެ ލޯބިވާ މީހަކު ވިއްޔާ މަރުގެ އަދަބަށް ތާއީދު ކުރާނެ،" ސިރިސޭނާ ވިދާޅުވި އެވެ.
ޑްރަގު ޑީލަރުންނަށް މަރުގެ އަދަބު ދޭން ސިރިސޭނާ ނިންމެވި ނަމަވެސް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ އެކަމާ ދެކޮޅު ހައްދަވައިފަ އެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ބައެއް ޖަމާއަތްތަކާއި ލަންކާގެ ބައެއް ޖަމާއަތްތަކުން ވެސް ދަނީ އެކަމަށް ދެކޮޅު ހަދަމުންނެވެ. އަދި އެމެރިކާ އާއި އީޔޫ، އިނގިރޭސި ވިލާތް އަދި ކެނެޑާ އިން ވެސް ދަނީ ލަންކާގައި މަރުގެ އަދަބު ނުދިނުމަށް ގޮވާލަމުންނެވެ.
ޑްރަގު ޑީލަރުންގެ ތެރޭން މަރަން ހުކުމްކޮށްފައިވާ ހަތަރު މީހެއްގެ މަރު އަދަބު ތަންފީޒް ކުރުމުގެ ލިޔުމުގައި ސިރިސޭނާ ވަނީ ސޮއި ކުރައްވައިފަ އެވެ. ލަންކާގައި މަރުގެ އަދަބު ދޭން މި ފަށަނީ 43 އަހަރަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާލުސޮރު
16 July 2019
ރަނގަޅު ވާހަކައެއް ސިރިސޭނާ ބުންޏަކަސް. މިގައުމުގައިވެސް ޑްރަގް ޑީލަރުންގެ ބާރު ވަރަށް ގަދަ ކޮންމެ ސަރުކާރެއްގަވެސް، ކަންމަތި ބޯއިސްވަރުގެ އުފަލުގަ އުޅޭ އެހެން ބައެއްނެތް. އެމީހުންނަށް ވެސް އިނގޭ ދީނީ ޖަމާއަތްތަކާ ސިޔާސީ ޕާޓީތަކުން މިމީހުން ދެކެ ޖެހިލުންވާނެކަން އަދި މިހާރުވެސް ޖެހިލުންވާކަން
އާއިޝަތު އަލީ
15 July 2019
ލުތުފީ އަށް އައްނީ ކިއީ "ވަޑައިންނަވަން". އައްނި ރައްޔިތުން މަޖްލިހުގެ ގޮނޑީގައި އިނދެ ލުތުފީ އަށް ވާހަކަ ދެއްކީ "ވަޑައިންނަވަން" ކިޔައިގެން.
1828
15 July 2019
މިއީ ގައުމުދެކެ ލޯބިވާ މީހުންނަކީ. މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރެވޭނީ މަސްތުވާތަކެތި ބޭންކުރާމީހުންނާއި ވިއްކާ މީހުން މަރައިގެން. އިތުރު ގޮތެއް ނޯނާނެ މިކަމުން ސަލާމަތްވާކަށް.
ކެނެޑީ
15 July 2019
ލަންކާ އާންމު ރައްޔިތުންވެސް މިކަމާމެދު ދައްކާވާހަކަ އަޑުއަހާބަލަ އެމީހުންވެސް ބުނަނީ މަރުގެ ހުކުމް ތަންފީޒުކުރަންވީއޭ އިންސާފުވެރި ޝަރުޢީ ނިޒާމެއް ގާއިމްކޮށްފަ އެފަދަ ރަގަޅު ޝަރުއީ ނިޒާމެއް ނެތި ރަގަޅު ގާޒީންނެތި މަރުގެ ހުކުމް އިއްވާ ތަންފީޒުކުރުމަކީ ކުށެއްނެތްމީހެއްގެ ފުރާނަވެސް ނެތިދިއުމަށް މަގުފަހިވެދާނެކަމެއް.
ގަޓް ބްރޯ
15 July 2019
ރާއްޖެ ޑްރަގް ވިއްކާމީހުންނާ ބޮޑެތި މުޖުރިމުންގެ ސުވަރުގެ އަކަށްވެފަ މިވަނީ ރާއްޖޭގަވެސް މަރުގެ އަދަބު ނުދޭތީ. އެކަމަކު މިރާއްޖޭގަ ދެނެއް މަރުގެ އަދަބެއް ނުދެވޭނެ. އެއީ ސަރުކާރުތަކަށްވުރެ މުޖުރިމުންގެ ބާރު މާ ގަދަވީމަ.
ބޮޑުމީހާ
15 July 2019
ގަދަ! ސިރިސޭނާއަށްވާނެ
ގޮގް މެގޮގް
15 July 2019
ސިރިސޭނާއަށް މަގޭ ތާއީދު އިތުރުވާނެ ތަންފީޒްކޮށްފިނަމަ.ރަނިލް ފޮނުވާލާ ކެންޑީގެ ސައިފަތް ދަނޑުތަކަށް.
ޝޮކްތެރަޕީ
15 July 2019
މި ޤައުމުގަވެސް ތިކަން ނުކުރެވެނީ ނަޝީދުގެ ސަބަބުން. ކުއްވެރިން އިޒްޒަތުގަ.
އޭޝް
16 July 2019
ދެން ޔާމީންގެ ވެރިކަމުގަ އެކަން ނުކުރެވުނީ ކީއްވެޔޯ؟