މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހު ފުލުހުން ނައްތާލި ބައެއް މަސްތުވާތަކެތި: މާލޭގެ ގެއަކުން ރޭ 1.15 ކިލޯގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ހޯދާފައިވޭ -- ފޮޓޯ: ނިޝާން އަލީ
17 ޖުލައި 2019 - 13:16
މާލޭގެ ގެއަކުން މަސްތުވާތަކެއްޗާ އެކު ދެ ފިރިހެނަކާއި ކުޑަކުއްޖަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
ހެންވޭރުގައި ހުންނަ ގެއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ މައުލޫމާތު ލިބުމުން ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ހައްޔަރުކޮށްފައި ވަނީ 42 އަހަރުގެ މީހަކާއި 38 އަހަރުގެ މީހެއްގެ އިތުރުން 18 އަހަރު ނުވާ ކުޑަ ކުއްޖެއް ކަމަށް ފުލުހުން މިއަދު ބުންޏެވެ.
އެތަނުން ބުނީ އެ ގެ ބަލާ ފާސްކުރި އިރު 1.15 ކިލޯގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނުނު ކަމަށެވެ. ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މިދުވަސްވަރު ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
fareedha
18 July 2019
ޝައްކުކުރެވޭނި ދުވަހަކުވެސް ތީންކަމެއް ޔަގީންވެގެން ތިޔައިންމީހަކަށް އަދަބުދެވޭތަނެއްނީދެ.
ކުރިޔަށް
18 July 2019
ކކބކ
ބޮޑު ބަންޑާރަ
17 July 2019
ތިޔަކަމަކީ ފުލުހުން މަޑުމް ތިބިޔަނުދޭންވެގެން ހިންގޭ އޮޕަރޭޝަންތަކެއް. ޢެހެންނާފަހެ. ޓިޔަކަން ހުއްޓުވޭނޭ މިންގަނޑަކުން ހުކުމް ކުރުމާއި ހުކުމް ތަންފީޛު ނުކުރެވޭ ކުޅިވަރެކޭ ތިޔައީ. ޥިއްޔަ. ޢޮށް ވަޅުގޮނޑިގައިވެސް އަޅާނެ ނުހިނދޭ ކުޅިބައެއް. ތިޔަކުޅެނީ އެކަހަލަ ނުހިނދޭ ކުޅިއެއްވިއްޔަ.
ދާދޭ
17 July 2019
އަވަހަށް ދޫކޮށްލާ! ތިމީހުން ގައިގާ އަތްލުމަކީ އެމީހުންނަށްދެވޭ ބޮޑުވެގެންވާ އަނިޔާއަކަށްވާނީ.
ފަލާހު
17 July 2019
ފުލުހުން ހާދަ ހީވާގި ވެއްޖޭ
އަދާލަތު
17 July 2019
ސާބަހޭ ފުލުހުންގެ ތިޔަ ހޯދުންތަކަށް.
އަސަރު
17 July 2019
ޕޮލިހުން ވަރަށް ރަނގަޅު.ކަނޑަ އެޅިފައިވާ އަދަބު ނުދެވޭތީ މައްސަލައަކީ
ނެކްސްޓް
17 July 2019
މާދަމާ ދޫކޮށްލާނެ
ތުނިޔަ
17 July 2019
އަވަހަށް އަނެއް ދޮރުން ނެރެފަ ފޮނުވާލާ!
ރަދީފު ބިންތު ކުމާރު
17 July 2019
ހައްޔަރުކޮށްފާ ދެންވާގޮތް ނޭންގެނީ.