އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު (ކ) އާއި އައިލެންޑް އޭވިއޭޝަންގެ އެމްޑީ މުހައްމަދު ރިޒްވީ (ވ)-- ފޮޓޯ: މިހާރު
18 ޖުލައި 2019 - 13:52
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި އައިލެންޑް އޭވިއޭޝަނަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ފައިދާ ދެ ގުނަ އިތުރުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކުއާޓާލީ ރިޕޯޓު ދައްކާގޮތުގައި މި އަހަރު އެސްޓީއޯ އަށް ލިބުނު ފައިދާ ވަނީ 123 ޕަސެންޓް އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކުންފުންޏަށް 46 މިލިއަން ރުފިޔާ ލިބުނު އިރު މި އަހަރު 103 މިލިއަން ރުފިޔާ ފައިދާވި އެވެ.
އެސްޓީއޯ އަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ފައިދާ އަކީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު ފައިދާ އަށް ވުރެ ވެސް އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް ލިބިފައިވަނީ 65 މިލިއަން ރުފިޔާ އެވެ.
އެސްޓީއޯ އަށް ފައިދާ ވެފައިވަނީ އެ ކުންފުނީގެ އާމްދަނީ އިތުރުވެ މާކެޓިން އާއި އެހެނިހެން ހަރަދުތައް ކުޑަވުމުގެ ސަބަބުންކަމަށް ފިނޭންސް މިިނިސްޓްރީގެ ރިޕޯޓުގައި ވަނީ ބަޔާންކޮށްފަ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯ އަށް ވަނީ 2.3 ބިލިއަން ރުފިޔާ ލިބިފަ އެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އައިލެންޑް އޭވިއޭޝަނަށް ލިބުނު ފައިދާ ވެސް ވަނީ 100 ޕަސެންޓް އިތުރުވެފަ އެވެ. އެގޮތުން މިއަހަރު އެ ކުންފުންޏަށް ވަނީ 104 މިލިއަން ރުފިޔާ ފައިދާވި އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އައިލެންޑް އޭވިއޭޝަނަށް ލިބުނީ 52 މިލިއަން ރުފިޔާ އެވެ.
ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި އަހަރު އައިލެންޑް އޭވިއޭޝަނަށް ލިބުނު އާމްދަނީ އެއް ޕަސެންޓު އިތުރު ވި ނަމަވެސް ފައިދާ ބޮޑުވެފައިވަނީ އެ ކުންފުނީގެ ހަރަދުތައް ރަނގަޅަށް މެނޭޖްކުރުމުގެ ސަބަބުންނެވެ.
މީގެ އިތުރުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މާލީ އިދާރާތަކުން އައިލެންޑް އޭވިއޭޝަނުން ނަގާފައިވާ ފައިސާގެ އަދަދު ވެސް ވަނީ މި އަހަރު ދަށްވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަާިޯ÷÷÷÷
19 July 2019
މުސާރަ ބޮޑު ނުވޭ!!
ހުސީނާ
19 July 2019
ފައިދާގެވާހަަކަ،،،،،،،،ކޮބާ ދަރަނިތައް؟ ފައިދާއޭ އަހަރެމެން ކިޔަނީ ދަރަނި ކަނޑައި ބާކީވާބަޔަށް. ކޮބާތަ މޯލްޑިވިއަނުން ބުނާ 350 މިލިޔަން ޑޮލަރުގެދަރަނި. ތިއީ މުސާރަބޮޑުކުރި ކުރުން ރައްޔަތުންގެމަޖުލީހުގައި އެތިބަ މުރަގަގަހުމާލިމީންނަށް ދައްކާލަން ޖަހާ ސްޓަންޓެއް.
ދިހި
19 July 2019
ތީއީ ސަޕްރައިސެއްނޫން .. ހާއްސަކޮށް މިދިޔަ 9 އަހަރު ސަރުކާރުގެ ކުންފުނިތަކުގެ ފައިސާ، ވަތްގަނޑަށް ނުގޮސް ބޮޑަކަށް ހުރި ސޭޓުގެ ފައިކޭޓުތަކަށް ދިޔަކަމުގެ ތުހުމަތަށް ލިބޭ ފުރިހަމަ ހެކި މިހާމަވަނީ.. މިއަދު އެގޮތްކެޑި މުޅިގައުމު ތަރުތީބުކުރެވި ހަމަމަގަށް އަންނަކަމުގެ އުފާވެރި ހަބަރެއް..! ޒީރޯ ޓޮލަރެންސުގެ ފޮނިމޭވާ..! ރައީސަށާ ސަރުކާރު ނިސްބަތްވާ ކުންފުނިތަކުގެ ވެރީންނަށާ ހުރިހާ މުވައްޒަފުންނަށް ޝުކުރިއްޔާ..
ޕޯސްޓުމަން
18 July 2019
ޕޯސްޓުއޮފީހުގެ ސަބަބުން
މުހުލ
18 July 2019
ތެލުގެ މޮޮޕޮލީ އޮވެ ބިލިއަނުން ރެވެނިއު ވަދެފައި ސަތޭކަ މިލިއަން ފާއިދާވުމަކީ ލަދުގަންނަން ޖެހޭކަމެއް..އެކަމާއި މެދު ވިސްނާ ތަނުގައި ހަރުލާފައި ހުރި ދޯދިއާ ކަންތައްތައް ރަނގަޅުކުރަން ގޮވާލަން
ކާސިމު
18 July 2019
http://www.finance.gov.mv/public/attachments/MrCLaTLF5jnzbZnyerIzgvps9omEQA1qU8DXWzBm.pdf މި ރިޕޯޓުްން ދޭހަވަނީ އެމް އެމް ޕީއާރު ސީ އަށް %2486.37 ގުނަ އިން ފައިދާަ އިތުރުވެފައިވާކަމަށް، މިވާހަކަ މި ހަބަރުގައި ނެތީ ކޭއްވެބާ؟
ޔެލޯ ކުދީން
18 July 2019
ފައިދާވިވާހަކަ ބުނީމާ ހަޖަމުގަ މައްސަލަޖެހޭނެ ޕިންކީންގެ
މާރަނގާ - އައްޑޫ ސިޓީ
18 July 2019
އައިލެންޑް އެވިއޭޝަންއަށް ތިވަރުގެ ބޮޑުފައިދާވާއިރު ގޭން އިންޓަނޭޝަނަލް އެއަރޕޯޓަށް ދައްކާންޖެހޭ ލޭންޑިންގ ފީ އާއި ތިކުންފުނީގެ ބޯޓްތަކަށް ދަރަންޏަށް ތެޔޮއަޅާފައި ނުދައްކާ ހުރި ބިލްތަކަށްވެސް ފައިސާ ދައްކާލަންވީނޫންތޯ؟ * * ގޭން އިންޓަރނޭޝަނަލް އެއަރޕޯޓް އެކައުންޓްގެ އިސްވެރިއަކުބުނީ މޯލްޑިވިއަންގެ ދަރަނިބޮޑުކަމުން ޖެޓްފިއުލް ގެނައުމަށް ދަޔިވެފައިވާ ކަމަށް. ބިލްތައް ފުނިޖެހިފައި ހުންނަނީކަމަށް.
ކިޔަވާސަލީމު
18 July 2019
ޓިކެޓު ބޮޑުތަނުން އަގުހެޔޮކުރުމުންވެސް ތިހާބޮޑުތަން ފައިދާވީމަ ކީއްވެތޯ އެމްޑީ ރިޒުވީ ސޮއިކޮށްފަ ސަރުކާރަށް ސިޓީ ފޮނުވީ ޓިކެޓު އަގުހެޔޮކުރުމުން ލިބުނު ގެއްލުމުގެ އަދި ލިބޭނެ ގެއްލުން ފޫބައްދަން ސަބުސިޑީ ހޯދަން. ރައްޔިތުންގެ ފައިސާއިން ސަބުސިޑީ ހޯއްދަވަން ތިއުޅުއްވަނީ އަނެއްކާވެސް ޑިޕާރޓުމަންޓުތަކުގެ ވެރިންގެ މުސާރަ އިންޓަނޭޝަނަލް މާރކެޓު(ގަތަރު ސިންގަރޕޯރއެއަރލައިންސާއި ) އެއްވަރަށް ބޮޑުކޮއްލަންތޯ. ވަރަށް ސަލާމް
ޙަސަން6
18 July 2019
އައިލެންޑް އޭވިއޭސަން އިން އޭޖަންޓް ކޮމިޟަން ކުޑަކޮށްފަ ފައިދާ ނަގަނޭ ދޯ