މިލަންދޫ ސްކޫލުގެ ކްލާސްރޫމެއްގެ ސީލިންގުން ބައެއް ވެއްޓިފައި.-
18 ޖުލައި 2019 - 13:56
ގަދަ ވަޔާއި ވިއްސާރާގައި ށ. މިލަންދޫ ސްކޫލުގެ ސީލިންގުން ބައެއް މިއަދު ވެއްޓި ބައެއް ގެއްލުންތައް ވުމުން ސްކޫލްގެ ކިޔެވުން މިއަދަށް ކެންސަލްކޮށްފި އެވެ.
މިއީ އަތޮޅު ތެރޭގައި ހުންނަ އެންމެ ބޮޑު ސްކޫލެވެ.
މިލަންދޫ ރަށު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ ތިން ކްލާސްރޫމެއްގެ ސީލިންގުން ބައެއް ވެއްޓިފައިވާ ކަމަށެވެ. އެކަން ހިނގީ ކްލާސްރޫމުގައި ދަރިވަރުން ވެސް ތިއްބަ އެވެ. ނަމަވެސް އެއްވެސް ކުއްޖަކަށް އަނިޔާއެއް ނުލިބެ އެވެ.
ޝިޔާމް ވިދާޅުވީ 583 ދަރިވަރުން އުޅޭ ސްކޫލްގެ ކްލާސްރޫމުތަކަށް ވެސް ފެން ވަދެފައިވާ ކަމަށެވެ. އޭގެ އިތުރުން ކޮމްޕިއުޓާ ލެބަށް ވެސް ފެނުގެ އަސަރުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އެހެންވެ ހެނދުނު 8:30 ހާއިރު އިންޓަވަލަށް ފަހު ސްކޫލުގެ ކިޔެވުން ވަނީ ބަންދުކޮށްފަ އެވެ.
އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން 2015 ވަނަ އަހަރު ހަދަން ފަށައި މިދިޔަ އަހަރު ކިޔެވުން ފެށި އެ ސްކޫލަށް ސަރުކާރުން 57 މިލިއަން ރުފިޔާ ހޭދަކުރި އެވެ. އެ އިމާރާތުގައި 27 ކްލާސްރޫމް ހުރެ އެވެ.
އެތަން ބޭނުންކުރަން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވެސް ކްލާސްރޫމެއްގެ ސީލިންގުން ބައެއް ވެއްޓުނު ކަމަށް ކުރިން ސޯޝަލް މީޑިއާގައި އަޑު ފެތުރެނެވެ. ނަމަވެސް އެސްޖޭ ކުންފުނިން ބުނީ ސީލިންގުން ބައެއް ނައްޓާލީ ސްކޫލުން އެދިގެން ސީއެސްއާރުގެ ދަށުން ކޮމްޕިއުޓަރު ލެބުގައި އިތުރު ލައިޓްތަކެއް ހަރުކޮށް އެތަނުގައި ޕްރޮޖެކްޓަރެއް ހަރުކޮށް އެއަށް ބޭނުންވާ ކޭބަލްތައް އެޅުމުގެ މަސައްކަތް ކުރުމަށެވެ.
ޝިޔާމް ވިދާޅުވީ އިމާރާތް ހަދާފައިވަނީ ވަރަށް ފެންވަރު ދަށްކޮށް ކަމަށާއި މިހާރުން މިހާރަށް ސީލިންގު ބަދަލުކުރުން މުހިންމު ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔާނު
19 July 2019
583 ދަރިވަރުން އެއްމެ ބޮޑު ސްކޫލް ؟؟ ކިހިނެއް ؟ ކުޅުދުއްފުށީ ހދ. އޭއީސީ ގައި 1،300 ކުދިން ކިޔަވަާ
ހަމީދުރަޗޭ
18 July 2019
ކޮބާ ޝުކުރިއްޔާ ރައީސް ޔާމީން ކިޔަމުން ކޮމެންޓް ކުރާ ކުދިންތައް؟
ގޮގް މެގޮގް
18 July 2019
ތިޔައީ ކޮންޓްރެކްޓަރގެ މައްސަލައެއް.ސަރުކާރުން ބިޑް އެވޯޑް ކުރީމަ މަސައްކަތްކުރަންޖެހޭނީ ސްޓޭންޑަޑްކޮށް.
މޮޑަފްް
18 July 2019
އަތޮޅު ތެރޭގަ ހުރި އެންމެ ބޮޑު ސްކޫލުގަ ފަސްސަތޭކަ ކުދިން؟؟. ގައިމު ތިއަށްވުރެ ގިނަ ކުދިން ކިޔަވާ ސްކޫލުތަށް ރަށްރަށުގަ އެބަހުރި. މިސާލަކަށް އައްޑޫ ޝަރަފުއްދީން ސްކޫލު، ހިތަދޫ ސްކޫލު، ގދ. އޭއީސީ. ތިސްކޫލުގެ ބޮޑީ އިމާރާތް ކަމަށް ވެދާނެ.
ނަމަވެސްދި
18 July 2019
ކަލޯ މުޅި އަތޮޅުތެރެ...މާނައަކީ މުޅި ށ. އަތޮޅު..ދިވެހި ދަސްކުރަންވީނު... މުޅި ރާއްޖޭގެ ހުރިހާ ސުކުލަކާއި އަޅައިނުކިޔާހެން ހީވަނީ ޚަބަރުގައިވާ ގޮތުން....
ބާބާ
18 July 2019
ބޮޑު ޚަރަދުގަ ވަރަށް ފެންވަރު ދަށްކޮށް ހާދާފަ ހުރި އިމާރާތަކާ ވައްތަރީ. 57 މިލިއަން ރުފިޔާ ޚަރަދުކޮށްގެ ހަދާ އިމާރާތެއް ތިވަރު ވާއިރު ރަށުގަ ހުރި އަންމު މީހުންގެ ގެތައް (35000 ރުފިޔާވަރު ޚަރަދުކޮށް ހަދާފަ ހުރި ގެތައް) އުދުހިގެން ހިގައިދާނެ ކަންނޭގެ.
މޮޑަފްް
18 July 2019
57 މިލިޔަން ކާލާފަ ހަދާފަ ތިހިރީ ފަން ޖިފުޓިއެއްތަ. މިހިރީ ކޮއްފަ ހުންނަ ވައްކަންތަށް.
ޒަންޖަބީލު
18 July 2019
ގަދަ ވިއްސާރައިގަ ރަށްރަށަށް ބޮޑެތި ގެއްލުންވާއިރު އެތަނަތަނަށް ގޮސް މީހުންގެ ހާލުބަލައިލާނެ ވެރިއެއްވެސްނެތްދޯ...ކޮބާ ރައީސް ގައުމުގަ އެބައުޅުއްވާތަ ކޮބާ ނައިބްރައީސް. ބޭރު ގައުމުތަކުގެ ވެރިން އެގައުމުގެ ތަނަކަށް ގެއްލުންވާއިރު ހެލިކޮޕްޓަރުންދާނެ ލިބުނު ގެއްލުން ބަލަމުން މީހުންގެ ހާލުބަލަމުން.
ޖީމް
18 July 2019
މިހުންނަނީ ކުރާ ދެކޮޅު ނުޖެހޭ ކަންތައް