ކަޅުވަކަރު މިސްކިތް ބަހައްޓަން ބިން ސާފުކޮށްފައި. މިސްކިތް ބެހެއްޓޭވަރު ވާނީ ނޮވެމްބަރުގައި.
25 ޖުލައި 2019 - 13:42
ކަޅުވަކަރު މިސްކިތް މަރާމާތުކޮށް ބަހައްޓަން ކަނޑައަޅާފައިވާ ތަނުގައި ރާވައި ނިމޭނީ ނޮވެމްބަރު ހިސާބުގައކ ކަމަށް ހެރިޓޭޖް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރު އޮފް ކޮމިއުނިކޭޝަންސް އިސްމާއީލް ނާއިލް ވިދާޅުވީ އެ މިސްކިތުގެ މަސައްކަތް ލަސްވަނީ ހަލާކުވެފައިވާ ބައިތައް ސާފުކޮށް މަރާމާތުކުރުމަކީ ކަވި މަސައްކަތަކަށް ވުމާއި މަަސައްކަތް ކުރަން ތިބި މާހިރުން މަދުވުމުން ކަމަށެވެ.
"މިހާރު ކުރިއަށް ދަނީ ލިޔެލާޖެހި ބައިތައް ސާފުކޮށް، ހަލާކުވެފައިވާ ތަންތަން ފާހަގަކޮށް މަރާމާތު ކުރުމުގެ މަސައްކަތް. މިއީ ވަރަށް ލަސްލަހުން ކުރަން ޖެހޭ ޓެކްނިކަލް މަސައްކަތެއް. އަނެއްކާ މިކަމުގެ މާހިރުން ވެސް މަދު،" އޭނާ ވިދާޅުވި އެވެ.
ކަޅުވަކަރު މިސްކިތް ބަހައްޓަން ނިންމާފައި ވަނީ ދާރުލް އާސާރާ ޖެހިގެން އޮތް، ދިރާގުގެ ހެޑް އޮފީސް ކުރިން ހުރި ބިމާއި ސަލްޓަން ޕާކުން ބައެއް ނަގައިގެން ކަނޑައަޅާފައިވާ ސަރަހައްދެއްގަ އެވެ. އެ ސަރަހައްދު ކަނޑައެޅުމަށް ފަހު އެ މިސްކިތް ބެހެއްޓުމުގެ މަސައްކަތްކުރާނެ ބަޔަކު ހޯދަން ހެރިޓޭޖް މިނިސްޓްރީން އިއުލާނުކުރީ މިދިޔަ މޭ މަހު އެވެ. އެކަމަކު ނާއިލް ވިދާޅުވި ގޮތުން އެ މިސްކިތް ބެހެއްޓުމުގެ މަަސައްކަތަށް ބިޑް ހުށަހެޅި ފަރާތްތަކުގެ ތެރެއިން މަސައްކަތްކުރާނެ ބަޔަކު އަދި އޮތީ ކަނޑަނޭޅި އެވެ.
"ބިޑިން ޕްރޮސެސްގައި ގާނޫނީ މައްސަލަތަކެއް ވެސް ދިމާވެގެން އަޅުގަނޑުމެން މި އުޅެނީ ގާނޫނީ ލަފަޔަކަށް ވެސް އެދިގެން. އެކަމަކު މަސައްކަތް ހަވާލުކުރާނެ ބަޔަކު އަންނަ އޮގަސްޓް މަހު ކަނޑައެޅޭވަރު ވާނެ،" އޭނާ ވިދާޅުވި އެވެ.
ކުރިން ސަލްޓަން ޕާކްގައި ހުރި ކަޅުވަކަރު މިސްކިތް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ރޫޅާލައި މާލެ ނޫން ތަނަކަށް އެ މިސްކިތް ބަދަލު ކުރަން އުޅުނު ނަމަވެސް، އެ މިސްކިތް އަލުން ރާވައި މާލޭގައި ބެހެއްޓުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވައުދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރު
25 July 2019
ހެޔޮ ތިތަން ނުނިމުނަސް.. ކިހާ ދެރަކަމެއް.. މި މިސްކިތަކާހެދި އެތައް ބަޔަކު ތެޅި ފޮޅެނީ.. ގައުމުގެ މުސްތަގުބަލަށް ރަނގަޅު ކަމެއް ކުރެވޭތޯ އުޅެބަލަ.. ޒުވާން ޖީލަށް ދީނީ ކަމެއް ދަސްކޮށްދެވޭތޯ އުޅެބަލަ.. ތަރިކައޭ ކިޔާ އިރު އިއްޔެ މެންދުރު މިކަމާ އުޅެންފެށި ބަޔަކަށް ކޯޗެއް އެނގޭނީ.. ބަފާ މެނަށް ނުވިކަމެއް ވަކި ދަރިންނަކަށްވެސް ނުވާނެ.. އެގޮތަށް ޢަމަލުތައް ހުރީ .. ވަރަށް ދެރަ..
ލެއްގި ކޮމިޝަނަރ
25 July 2019
މިސަރުކާރު ކަޅުވަކަރު މިސްކިތުގަ އަޅައިގަނެގެން ވެއްޓޭނެ ސަރުކާރަކާ ހާދަވައްތަރޭ.
ޑރ.ފަޒުނާ/ހިތަދޫ/ސ.އެފުރިކާ
25 July 2019
މިއޮތީ ވާވަރަުގަދަ ކަޅުވަކަރު ޚަޒާނާއެއް، 2018 ނޮވެމްބަރުން ފެށިގެން ތިޔަ ކަޅުވަކަރަކުން ސަލާމަތް ނުވެވިގެން އުޅެނިކޮށް ތިޔަ ކަޅު ވަކަރު ކޮޅު ފޮރިބޮއި ކުލަބަދަލުވެއްޖެކަމުގެ ޚަބަރުވެސް އެބަލިބޭ....މިނިސްޓަރ ޔުމުނާއަކީ ހިތްހެޔޮ އަޚުލާގު ރަނަގަޅު އެއްމެންދެކެ ލޯބިވާ ކަނަބަލަކަށް ވާތީ އެކަނބަލާގެ އަގުވައްޓާ ލެވޭތޯ ބަޔަކު އުޅޭހެން ހާދަ ހީވެއެވެ.
އަލީ ރާޖާ
25 July 2019
މެގަ ޕްރޮޖްކެޓެއް އިނގޭ ތިޔާ ނިންމާލަނީ. މޯދީ ގެންނަންވާނެ ރިބަން ކަނޑަން