01 މާޗް

March 01, 2020 4
ހަ އަހަރަށް ފަހު އެމްއެފްއޭ އެވޯޑްސް ބާއްވަނީ

ފިލްމީ ދާއިރާ އަށް ހާއްސަ ޖަމިއްޔާ މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) އިން ބާއްވާ އެވޯޑް ހަފުލާ އަލުން ބާއްވަން ނިންމައި، އެވޯޑް ހަފުލާ އިންތިޒާކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ. އެ އެވޯޑު މި ބާއްވަނީ ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.

09 ފެބުރުއަރީ

February 09, 2020 23
އައްޑު އަށް ސަގާފީ ފަތުރުވެރިކަން މުހިއްމު: ޔުމްނާ

އައްޑު އަކީ ތާރީހީ ގޮތުންނާއި ސަގާފީ ގޮތުން ފާހަގަކޮށްލެވޭ ކަންތައްތަކެއް ހުރި ތަނަކަށް ވާތީ އައްޑޫގެ ސަގާފީ ތަރިކަ ރައްކާތެރިކޮށް، އައްޑޫގައި ސަގާފީ ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތްކުރުން މުހިންމު ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

28 ޖެނުއަރީ

January 28, 2020 32
މުންނާރު މިހާރު ވަރަށް ނަލަ

މާލޭގެ ހުކުރު މިސްކިތުގެ މުންނާރު ސާފުކޮށް، ރީތިކުރުމުގެ މަސައްކަތް ނިންމާލައިފި އެވެ.

25 ޖެނުއަރީ

January 25, 2020 2
އިންޑިއާގެ ފިލްމު މޭކިން ކޯހަކުން ފުރުސަތު ހުޅުވާލައިފި

އިންޑިއާގައި ބާއްވާ ފިލްމު މޭކިން ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެ އަށް ލިބިފައިވާތީ އެ ކޯހުގައި ބައިވެރިވާން ޝައުގުވެރިވާ މީހުންނަށް ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ފުރުސަތު ހުޅުވާލައިފި އެވެ.

04 ޑިސެމްބަރ

December 04, 2019 13
މުންނާރު ސާފު ކުރުމުގެ މަސައްކަތް ރައީސް ފައްޓަވައިފި

މާލޭގެ ހުކުރު މިސްކިތުގެ މުންނާރު ސާފުކޮށް، ރީތި ކުރުމުގެ މަސައްކަތް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ފައްޓަވައި ދެއްވައިފި އެވެ.

27 ނޮވެމްބަރ

November 27, 2019 10
އެމްއާރުއެމްގެ ނައިބު ލީޑަރުންނަށް ޔުމްނާ އަދި ނާދިރާ

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ އިންތިގާލީ ނައިބު ރައީސުންނަށް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އަދި އާމިނަތު ނާދިރާ ރޭ ހަމަޖައްސައިފި އެވެ.

02 އޮކްޓޯބަރ

October 02, 2019
"ބީ ކައިންޑް" ހަރަކާތް ފަޒްނާ އިފްތިތާހުކޮށްދެއްވައިފި

ދެމެހެއްޓެނިވި ގޮތެއްގައި ނަފްސާނީ ބަލިތަކަށް ފަރުވާކުރެވޭނެ ގޮތެއް އިންތިޒާމްކުރަން ޖެހޭނެ ކަމަށް ފަސްޓް ލޭޑީ ފަޒުނާ އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.

01 އޮކްޓޯބަރ

October 01, 2019 5
ޓޫރިސްޓް ވިޒިޓަ ސެންޓަރުގެ ބިންގާ އަޅައިިފި

ރ. އަނގޮޅިތީމުގައި ހަދާ ރާއްޖޭގެ ފުރަތަމަ ޓޫރިސްޓް ވިިޒިޓާ ސެންޓަރުގެ ބިންގާ، މޭ ޑޭގެ މުޒާހަރާއިން ހައްޔަރުކޮށް ޖަލަށް ލާފައިވާ ވަނިކޮށް މަރުވި އަބްދުﷲ ރަޝީދުގެ އަންހެނުންނާއި ދަރިފުޅުގެ އަތުން އިއްޔެ އަޅައިދީފި އެވެ.

22 ސެޕްޓެމްބަރ

September 22, 2019 18
ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ނަން ބަދަލު ކުރައްވައިފި

ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ނަން ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ނަމަށް ބަދަލު ކުރައްވައިފި އެވެ.

19 ސެޕްޓެމްބަރ

September 19, 2019 14
ކަޅުވަކަރު މިސްކިތް ބެހެއްޓުމުގެ މަސައްކަތް ފަށައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ރޫޅާލައިގެން ނެގި ކަޅުވަކަރު މިސްކިތް މަރާމާތުކޮށް، އަލުން ބެހެއްޓުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

07 އޯގަސްޓް

August 07, 2019 14
ކަޅުވަކަރު މިސްކިތް ބަހައްޓަން ހަވާލުކޮށްފި

މާލޭ ކަޅުވަކަރު މިސްކިތް އަލުން ރާވައި ބެހެއްޓުމުގެ މަސައްކަތް މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.

25 ޖުލައި

July 25, 2019 4
ކަޅުވަކަރު މިސްކިތް ރާވައި ނިމޭނީ ނޮވެމްބަރުގައި

ކަޅުވަކަރު މިސްކިތް މަރާމާތުކޮށް ބަހައްޓަން ކަނޑައަޅާފައިވާ ތަނުގައި ރާވައި ނިމޭނީ ނޮވެމްބަރު ހިސާބުގައކ ކަމަށް ހެރިޓޭޖް މިނިސްޓްރީން މިއަދު ބުނެފި އެވެ.

24 ޖުލައި

July 24, 2019 12
ފަންނާނުންގެ މިއުޒިކީ އީދު އަލުން ފަށަނީ

އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު މި އަހަރުގެ މިނިވަން ދުވަހާ ދިމާކޮށް ދިވެހި ފަންނާނުންގެ މިއުޒިކީ އީދު އަލުން ފަށަން ނިންމައިފި އެވެ.

26 ޖޫން

June 26, 2019 96
ލޫކަސް އާއި ސިމްވާ ސިޔާސީ މަގާމުތަކަށް

އެމްޑީޕީގެ އެންމެ ވަރުގަދަ ސޯޝަލް މީޑިއާ އެކްޓިވިސްޓުންގެ ތެރޭގައި ހިމެނޭ ޝައްމޫން ޖަލީލް (ލޫކަސް) އާއި އަހްމަދު އަންވަރު (ސިމްވާ)ގެ އިތުރުން ވެސް ދެ މީހަކު ސިޔާސީ މަގާމްތަކަށް އައްޔަންކޮށްފި އެވެ.

21 ޖޫން

June 21, 2019 4
އަމީނިއްޔާގެ މައުރަޒުން ފެނުނު އަމީން ދީދީގެ ކޮލާޖު

ރާއްޖޭގެ ތައުލީމީ ދާއިރާގައި އެންމެ މުހިއްމު އެއް ބައިވެރިޔާ، އަމީނިއްޔާ ސްކޫލުގެ އަލިމަސްޔޫބީލާ ގުޅިގެން އަންނަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން އެ ސްކޫލުގައި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނާއި ޓީޗަރުންނާއި ބެލެނިވެރިންގެ އިތުރުން ކުރީގެ ދަރިވަރުންނަށް ހުޅުވާލައިގެން މިއަދު ފެށި މައުރަޒުގައި ގިނަ...

29 މެއި

May 29, 2019 21
އާ ލަފްޒު ހަދާ އުސޫލަށް ބަދަލު ގެންނަންޖެހޭ: ޔުމްނާ

ދިވެހި ބަހުގެ އާ ލަފްޒުތައް ހެދުމުގެ އުސޫލުތަކަށް ބަދަލު ގެންނަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް އާޓްސް، ކަލްޗާ އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ރޭ ވިދާޅުވެއްޖެ އެވެ.

18 މެއި

May 18, 2019 31
ސަރަހައްދީ ދާރުލް އާސާރުތަކެއް ހަދަނީ

ރާއްޖޭގެ އެކި ހިސާބުތަކުގައި ސަރަޙައްދީ ދާރުލްއާސާރުތަކެއް ހުޅުވުމުގެ ޕްލޭންތައް ހަދައި މަޝްވަރާތައް ދަނީ ކުރަމުން ކަމަށް، އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

10 މެއި

May 10, 2019 36
އާޓިސްޓުންގެ ޝަކުވާތައް މުޅިން ތަފާތު ގޮތަކަށް

"ވަންނާނެ ތަނެއް ނެތް" ބައެއްގެ ގޮތުގައި ސިފަކޮށް ރާއްޖޭގެ އާޓިސްޓުންގެ ޝަކުވާތައް އާންމުންނާ ހަމައަށް ތަފާތު ގޮތަކަށް އިއްޔެ ދައްކާލައިފި އެވެ.

09 މެއި

May 09, 2019 22
ކަޅުވަކަރު މިސްކިތް ބަހައްޓައި ދޭނެ ބަޔަކު އަލުން ހޯދަނީ

ތާރީހީ ކަޅުވަކަރު މިސްކިތް ބެހެއްޓުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އަލުން އިއުލާންކޮށްފި އެވެ.

05 މެއި

May 05, 2019 35
ވެރިން ނުކުމެ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވަނީ

މާލޭ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމަށް ހެރިޓޭޖް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ނުކުންނަވައި، މަސައްކަތް ފައްޓަވައިފި އެވެ.