ޑރ. އަޒްމިރަލްދާ (ކ) އާއި އާއިޝާ ޝުޖޫން މުހައްމަދު
22 އޯގަސްޓް 2019 - 16:50
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރުމާ މެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފައަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އެދިވަޑައިގެންފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު ހަތަކަށް އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އައްޔަންކުރާ ދެ މަގާމަށް ދެ އަންހެން ބޭފުޅަކު އައްޔަން ކުރުމުގައި ޖޭއެސްސީގެ ލަފައަކަށް ރައީސް އެދިވަޑައިގަތްއިރު، މިއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އަންހެން ބޭފުޅުން ނޮމިނޭޓްކުރި ފުރަތަމަ ފަހަރެވެ.
އަޒްމިރަލްދާ އަކީ ހައި ކޯޓުގެ ބެންޗުގައި މިހާތަނަށް ހިމެނުނު ހަމައެކަނި އަންހެން ފަނޑިޔާރެވެ. ފަނޑިޔާރުކަމުން 2016 ގައި އިސްތިއުފާ ދެއްވި އަޒްމިރަލްދާ އަކީ ޕީއެޗްޑީއެއް ހާސިލް ކުރައްވައިގެން ރާއްޖޭގައި ފަނޑިޔާރު ކަން ކުރެއްވި ދެ ބޭފުޅުންގެ ތެރެއިން އެކަކެވެ. ޕީއެޗްޑީއަކާ އެކު ފަނޑިޔާރު ކަން ކުރައްވާ ދެވަނަ ބޭފުޅަކީ މިހާރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.
ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަދި ބާ ކައުންސިލްގެ މެމްބަރު އައިޝާ ޝުޖޫން މުހައްމަދަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި އަންހެން ދެ ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. އޭނާ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވީ 2015 ވަނަ އަހަރު އެވެ.
ގާނޫނު އަސާސީ ބުނާ ގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައީސް ރައްޔިތުންގެ މަޖިލީހަށް ނަންތަކެއް ފޮނުއްވުމުން އެ މަޖިލީހުން ފާސްކޮށްގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބިރިހިންބެއްޔާ
24 August 2019
މެލޭޝިޔާއަކީ އެތައް ދީނެއްގެ އަހުލުވެރިންގެ ޤައުމެއް. އަޅާކިޔޭނެ ކަމަކަށް ނުފެނޭ. ޕާކިސްތާނާއި އިންޑޮނޭޝިޔާވެސް ހަމަ އެގޮތް. ރައުޔު ނެރުއްވި ބޭފުޅުންވެސް މިދިޔައަހަރު ނެރުނު ކޯޓް ރައުޔުތަކާއި އެއަށް ތާއީދުކުރެއްވި ރަނިންމޭޓަކު ދެއްވިފަދަ ޒިންމާދާރުކަންކުޑަ ޖަވާބު ނުދެއްވާ ސީދާ "ޙަރާމް ކަމެއްކަމަށާއި ޙަވާލުކުރިމީހާއާއި ޙަވާލުކުރެވުނުމީހާ ފާފަވެރިވާނެކަމަށް އަދި ހުކުމަކީ ޙައްޤަށް ވާސިލުވިޔަސް ތަންފީޒު ނުކުރެވޭނެ" ހުކުމެއްކަމަށް ވިދާޅުވިނަމަ...
ރިޔޯ
24 August 2019
ފިރިހެނުން ބަހައްޓައިގެން ނުވިއެއްނު ކަމެއް..
ބިން ކަދުރު
23 August 2019
ތާލިބާން ފާޑަށް އުޅޭމީހުން ނަށް މިކަަހަލަ ކަންތަކެށް ރަނގަޅެށް ނުވާނެއެވެ.
މުހައްމާ
23 August 2019
ފަނޑިޔާރުންނަކީ އެއްވެސް ކޮޅަކަށް ބުރަވެފައިވާ ބައެއްހެން ހީވެގެން ނުވާނެ. މި ދެބޭފުޅުން މަގާމުން އަމިއްލައަށް އިސްތިއުފާ ދިނުމަށްފަހު، އަމަލުކޮށްފައިވާ ގޮތް ބަލަންޖެހޭ. ކުރީ ސަރުކާރުގައި އިސްތިއުފާ ދިނުމަށްފަހު އެ ސަރުކާރާޢި ޖުޑިޝަރީއަށް ނުރެހޭ ބަސްތައް ބުނުމަށްފަހު މިހާރު އެންމެ މަތީ ކޯޓުން ޖާގަ ހޯދާފައި މިވަނީ.
ގައުމީދޫ
23 August 2019
ހެއްދެވި ފަރާތުން އިންސާނާ ވުޖޫދުކުރައްވަވައި ތަބީޢީ ގޮތުން ލައްވަވާފައިވާ ގޮތާއި މިދު ވިސްނައި ފިކުރުކޮށްފިނަމަ ، ޖެންޑާރ އީކުއަލިޓީއަށްވުރެ ، ޖެންޑަރ ސްޕެޝަލިޓީގެ އަކީ މާފުރިހަމަ ނިޒާމެއްކަމުގައި ގަބޫލުކުރެވެއެވެ.
އަބޫ ކެޓް
23 August 2019
ތިފަތުވާ ނެރޭ ފަރާތްތަކުގެ އަންހެންދަރިއެއް، އަންހެން ކޮއްކޮއަކަށް ފަޑިޔާރުކަންދޭން ނިންމާއިރަށް ވަގުތުން ހަދީސްތަށް ބަދަލުވާނެ.
ޒަބޫދީ
23 August 2019
ޒައިދުމެންނަށްވުރެ މާމޮޅު ދީނީ އިލްމުވެރިން އުޅޭ މެލޭޝިއާގަ. އެގައުމުގެ އުއްތަމަ ފަނޑިޔާރަކީ އަންހެނެއް. https://en.m.wikipedia.org/wiki/Tengku_Maimun_Tuan_Mat
ބޭބެބޭ
24 August 2019
މެލޭޝިއާ އެއީ 100 އިނ ސައްތަ ތަނެއް ނޫން
ކަމަކު ނުދޭ
23 August 2019
އިސްލާމީ ގައުމެއްގަ ފަޑިޔާރުންގެ ގޮތުގައި އަންހެނުން ތިބުން ހުއްދައެއް ނޫން.
އަލުވު
23 August 2019
މިކަން ކުރަމުންދާ ގޮތް ވަރަށް މޮޔަ. މިކަމުގެ އިދިކޮޅު ހިޔާލުތައް ވަގުތުން ބަޔަކު ގެންނަން ފަށާނެކަން އެންގޭ ކަމަށްވާއިރު މިކަމަށް ތާއިދު ކުރާ ސޯށަލް މީޑިޔާ ކެމްޕޭނާ މިައަށް ތާއިދުކުރާ ރައިސް މައުމޫނާ މަރްހޫމް އަފްޜަށީމް ފަދަ ބޭފުޅުންގެ ބަސްތައް މީޑިޔާއިން ގެނައުން މުހިއްމު. ވީވަރަކުން ކޮންމެގޮތަކުންވެސް އިހްތިލާފް އޮތްކަން ދެއްކުނ މުހިއްމު. ހަމައެކަނި ޔާމިން ޝަރިއަތާ ދިމާކޮށް މިކަން އިއުލާން ކުރިޔަސް އިމްޕެކްޓު މިނިމައިސް ނަުވާނެ. ބޭޑް ސްޓްރެޓޖީ
ހަސަނު
23 August 2019
އަންހެނުން ފަނޑިޔާރުކަން ކުރުން ހަރާމް ކަމަށް ބުނަނީ ހައްދުފަހަނަ އެޅި ދީނީ ހިޔާލުގެ މީހުން.. އެއީ ސައްހަ ފިކުރެއް ނޫން.. އެމީހުން ނެރެނީ މިކަމާ އެއްވެސް ފުޅުމެއްނެތް ހަދީސެއް.. އެއީ ވަރަށް ނުރައްކާ ކަމެއް.. ހުއްދަ ކަންކަން ހަރާމް ކުރުމަކީވެސް ހަމަ ބޮޑު ގޯހެއް..