އަމީން ފައިސަލް (ކ) އަދި މޫސާ އަލީ ޖަލީލް: އެ ދެ ބޭފުޅުން ފުލުސް އޮފީހަށް ހާޒިރުވާން އެންގީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ނޭނގޭ.
18 ސެޕްޓެމްބަރ 2016 - 18:05
ކުރީގެ ދެ ޑިފެންސް މިނިސްޓަރުން ކަމަށްވާ އަމީން ފައިސަލާއި މޫސާ އަލީ ޖަލީލް މާދަމާ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި އަމީނަށް ފުލުހުން މިއަދު ފޮނުވި ޗިޓުގައި ބުނީ އޭނާ ފުލުހަށް ހާޒިރުވާން އެންގީ ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ބަޔާން ނެގުމަށް ކަމަށެވެ. އެހެންވެ، މާދަމާ ރޭ 8:00 އަށް ފުލުހުންގެ މައި މަރުކަޒަށް ހާޒިރުވާން އަމީނަށް އަންގާފައިވެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ދަތުރުކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން މިނިސްޓަރު ކަމުން ވަކި ކުރެއްވި މޫސާ އަލީ ޖަލީލް ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ މާދާމާ ހަވީރު 5:00 އަށެވެ. އޭނާ ވެސް ހާޒިރުކުރަނީ، ފުލުހުން ބުނި ގޮތުގައި، ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ.
އެކަމަކު، އެ ދެ ބޭފުޅުން ހާޒިރުކުރާ މައްސަލައެއް އަދި ނޭނގެ އެވެ.
އެކި މައްސަލަތަކާ ގުޅިގެން ތަހުގީގުކޮށް ބަޔާން ނެގުމަށް އިދިކޮޅު ގިނަ ފަރާތްތަކެއް ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ފުލުހަށް ހާޒިރުކޮށްފަ އެވެ. އޭގެ ތެރޭގައި އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ އަހުމަދު ތަސްމީން އަލީ އާއި ހަސަން ލަތީފް އަދި ޝިދާތާ ޝަރީފް ހިމެނެ އެވެ.
މީގެ އިތުރުން، އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. އިޔާޒު ލަތީފު ވެސް ފުލުހަށް ހާޒިރުކޮށްފައިވެ އެވެ. އަދި ކުރެއްވި ޓުވީީޓަކާ ގުޅިގެން މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެން ވެސް ފުލުހަށް ހާޒިރުކޮށް، ފޯނު އަތުލާފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
19 September 2016
ދާ އިރު ކޮންމެހެން ހަދާފާ ވެސް ބައްތި ފޯނެއް ގެންދަން ހަނދާން ކުރާތި...
މުހަންމަދު
19 September 2016
އަމިއްލައެދުން ދަމަހައްޓައި، ކިތަންމެކަމެއް ރޭވިނަމަވެސް އަދި ކުރިނަމަވެސް، ޙައްޤުގެވަގުތުޖެހުމުން އެކަންތައްތައް ވާނީބާތިލެވެ. މިއީ ކަނޑައެޅިގެންވާ ޔަޤީންކަމެކެވެ.
ރަންދެލި
19 September 2016
ގައުމެއް އަތުނުވާ ވަރަށް ހަލާކު ކޮށް ނިންމާލީ އެވެ.. ސަހަރޯ އެވެ!
އެޕްރޯޗިންގް
19 September 2016
އަމީން ފައިސަލް އަށް ވިޔަސް ހަސަން ފައިސަލް އަށް މުހައްމަދު ފައިސަލް އަށް ވިޔަސް ފުލުހުންގެ އިދާރާ އަށް ހާޒިރު ވާން އެންގީމާ ޖެހޭނީ ހާޒިރު ވާން. ފުލުހުން ބަލަން ބޭނުންވާ ވަރަށް ގިނަ ކަންކަން ހުންނާނެ ކުރީގައި ޑިފެންސް މިނިސްޓަރު ކަން ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން. އެއީ އެއްވެސް މައްސަލަ އެއް ނޫނެވެ. މިކަން ބޮޑު ކޮށްގެން ރަންރީނދޫ ޓްވިޓަރު މެން ނޫޅުން ރަނގަޅު ވާނެއެވެ. ޑިފަމޭޝަން، ޑިފަމޭޝަން، ޑިފަމޭޝަން އިޒް އެޕްރޯޗިންގް ޓު ޓްވިޓަރސް..
މަޒް
19 September 2016
މަ ބުނާނެ ވާހަކައެއް ނެތް ބައްތި ފޯނުގަނޑެއް ހިފައިގެން ދާތި.. ރަނގަލުވާނެ ފޯނެއްގެ ތޮށިގަނޑު ގެންދިޔަސް
އައްޑޫ ރަނިން
19 September 2016
ރަދުން އަބަދުވެސް ބޭނުންވާނީ ތަޚުތުގައި ވެޑުވިފައި އިންނަންކަމަށް ވަންޏާ އެހެން ގޮތެއް އެހެން ކަމެއްވެސް ބޭނުމެެއް ނުވާނެ. މީހަކު މިއުޅެނީކީ ދެކޮޅުހަދާމީހަކު ހުއްޓުވާކަށްނޫން. އޮޅިގެން ތިއުޅެނީ. ބޭނުންވަނީ ތަޚުތު.
އައްޑޫ ރަދުން
19 September 2016
ކިތައްމެ ވަރަކަށް މީހުން ހައްޔަރުކޮށް ހެދިއަސް މިދެކޮޅު ހެދުން ހުއްޓުވޭނެ ހެނެއް ހީއެއްނުވޭ.ކޮންމެ ގޮތެއްވިއަސް ސަރުކާރާ ނުރުހޭ މީހުންގެ އަދަދު ވަރަށްވެސް ގިނަ އެކަކު ދެމީހަކު ނަމަތާ ތިގޮތައް ހުައްޓުވޭނީ އެކަމަކު ކިހިނެތް ގައުމެއްގެ ތިންބައި ކުޅަ ދެބައި މީހުން ކުރާކަމެއް ހުއްޓުވާނީ.މަގޭ ނަސޭހަތަކީ ސަރުކާރު ހިންގަންތިބި މީހުން މިކަމާ ވިސްނާ ކުރެވޭނެ ކަމެއް ކުރަން ދިމާކުރުން.ޓިއުނީޝިއާ ސަރުކާރު ވެޓެންވެސް ދިމާވީ ސަރުކާރާ މީހުން އިންތިހާއަށް ނުރުހިފަ ތިއްބާ ފުލުހަކު މަގުމަތީގަ އެއްޗެހި ވިއްކަން ހުރި މީހެއްގެ އަތުން ފައިސާ އަތުލަން ދިމާކުރުމުން ފުލުހުންނާ އާއްމުންނާ ތަޅައިގަނެ މުޅިގައުމުގެ ކުދި ބޮޑު އެންމެ ނިކުމެ ސީދާފުލުހުންނަށް ތަބާނުވާނަމޭ ބުނެ އަރައިގަތް ގޮއްފުޅަގީގެ ތޫފާނެހެންގޮސް ރައީސް މީހާގެ ކިއްލާައާ ދިމާކުރުމުން ފުރާނައައްޓަކާ ވެރިކަން ދޫކޮއްލަން މަޖުބޫރުވުން.އެހެންވީމަ މީގައި ރަނގަޅު ގޮތަކީ ވެރިން ކުރެވުނު ކަންތަކަށް މައާފައް އެދި ރައްޔިތުންގެ މެދުގައި ތަފާތުކުރުމެއްނެތި ރައްޔަތުން ރުއްސޭތޯ މަސައްކަތް ކުރުން.
މަހަށްދޭ
19 September 2016
އެކޮއި. ޓިއުނީޝިއާ އަށް ވީގޮތް ނުކެރޭނެ މިގައުމުގައި ވާކަށް. އެހެންނަމަ އޮގަސްޓް ބާރަ ތޭރައިގައި އެއްވި މީހުންނަށް ކުރިއެރުމެއް ލިބޭނެ އަދި ޑީއޯ ސައްޕޭ މެމްނަށް ކުރިއެރުމެއް ލިބޭނެއެވެ. މިހާރު ޑީއޯ ނެރުނަސް އެއާއި ވިއްދާ މަމެން ނެރޭނަން ދިހަ ޑީއޯ. ރައްޔިތުންގެ ތާއީދެއް ނޯންނާނެ އެމްޑީޕީ އަށް މިހާރަކު. ރަންރީނދޫ ޓްވިޓަރު މެންނަށް ކުޑާ ކޮށް ހިޖްރަ އޮޅިގެން ހިޔަންޏަށް މުޑި ނެގެނީ ތިޔާ. ތިޔާ ކަމުގެ ނަތީޖާ ފެނިގެންދާނެ އަންނަ ލޯކަލް ކައުންސިލު އިންތިޚާބުން. އެންމެ ދެ ކައުންސިލު ގޮނޑި ލިބުނަސް އެއީ ބޮޑުވަރު އިދިކޮޅު ރަންރީނދޫ މެންނަށް. ރަންރީނދޫ މެންނަށް ތިޔާ އުޅެވެނީ އަދި ސިޔާސީ ހީލެއް އަރައިގން ނެވެ. އެއަކުން މިސަރުކާރެއް ނުވެއްޓޭނެ، ނުވެއްޓޭނެ، ނުވެއްޓޭނެ މިބުނީ އެއް ނޫން ނުވެއްޓޭނެއޭ. ދެން މަހަށް ދޭ.
އައްޑޫ ރަދުން
19 September 2016
ތިގޮތައް އަނދިރި އަނދިރިންނާ ވިޔަޒޯރުވެސް ބުނީ ، ޒިޔަތުވެސް ބުނި އަންޓަޗަބަލްއޭ.
ޅަދޯ
19 September 2016
"އައްޑޫ ރަދުން" އެކޮއި މީ ރަނޑު ގޮތަށް ހިނގާ ރަނޑު ވާހަކަ ގޮތަށް އަންޓަޗަބުލް އޭ ކިޔާ ރަނޑު މީހުންނެއް ނޫނެވެ. އަންޓަޗަބުލް އެއީ ރަނޑު އެއްޗެހިންގެ ޑައިލޮގް. އެއީ ޕޮލިޓިކްސްގެ އަލިފުބާ ވެސް ދަންނަ އެއްޗިއްސެއް ނޫން އަދި އެއީ މީހުންގެ ކިރުބޯ ޅަދަރިންނެއް ނޫން. އެއީ ޅަ ކުރުނބަލެއް ނޫންތަ. ޓްވިޓަރ އޯލްސޯ ޅަ ކުރުނބާ ދޯ ސިޔާސީ މައިދާނުގައި. ކޮބާތަ ހާސިލް ކުރި ބިއުޓިފުލް ޓްރެކް ރިކޯރޑްސް އަކީ. ދައްކަބަލަ މިގައުމުން.
ހަސަންބެ
19 September 2016
ޒިންމާ އާ ނުލާ ކޮން ހައްގެއްތޯ ހޯދަން ތިޔަ އުޅެނީ، އިޙްތިރާމާއި އިންސާފާއި، ލަދުވެތިކަންވެސް ނަގާލާ ޑިމޮކްރަސީއޭ ކިޔައިގެން އަޑުގަދަ ކުރެވުނީމަ ނިމުނީ ކަމަށް ވިސްނާ މީހުންނަށް އަބަދުވެސް ވިސްނޭނީ އެކަމެއްގަ އޮންނަ އެންމެ ލާ ދީނީ ގޮތަކަށްކަން ޔަގީނެވެ.
ހިމަހޮޅި
18 September 2016
އަމަތްޔާތް ދެން އުޅޭ ފާޑެއް
ސުލް
18 September 2016
ވެއްޓެނީ ! ވެއްޓެނީ!