އެމްޕީއެލް ސަރަހައްދު: ވަގަށް ކާރުތަކެއް ބޭރުކުރި މައްސަލަ އަންނަނީ ތަހުގީގު ކުރަމުން. --ފޮޓޯ/މިހާރު
27 އޯގަސްޓް 2019 - 16:10
މާލޭ ޕޯޓް ސަރަހައްދުން ވަގަށް ބޭރު ކުރި ކާރު ކޮންޓެއިނަރެއް ފޮރުވާފައި ހުއްޓައި މިއަދު ހޯދައިފި އެވެ.
އެނގިފައިވާ ގޮތުގައި ފުލުހުންނާއި ކަސްޓަމްސް އިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކާރުތައް ހޯދީ، ހުޅުމާލޭގެ ގާކޮށި ސަރަހައްދުގައި ފޮރުވާފައި ހުއްޓަ އެވެ.
އެ އޮޕަރޭޝަން ހިންގާ ކަން ޔަގީން ކޮށްދިނުން ފިޔަވައި އެއްވެސް ތަފްސީލެއް ފުލުހުން ނުދިނެވެ.
ކަސްޓަމްސް އާއި އެމްޕީއެލް އިން މިކަމުގައި އަދި ބަހެއް ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާޅުު
30 August 2019
ހުޅުމާލޭގެ ގާކޮށަ ސަރަހައްދެއް އޮވޭބާ
وحيد
30 August 2019
ރަތްލާޖެހި މުލުވަގުން ކުރާ ވައްކަމުގައި ހިމެނޭ މީހެއް އުޅަނދެއް ކުންފުންޏެއް ނުހުންނާނެ. ނޫސްތަކަށް އަރަނީ ވެސް ބައި އަޅަން ޖެހޭ މީހުންނަށް ބައި ނޭޅޭތީ ކަމަށް ބެލެވެނީ
ބޮޑުބޭބެ
28 August 2019
އެހާ ގިނަ ވެހިކަލްތަކެއް ވަގަށް އެތެރެކުރި ޚަބަރު ލިޔުނުއިރު، ކޮން ބައެއްކަން ހާމަކޮށްލަން ނުކެރުނީ ޒީރޯ ޓޮލަރެންސް ގެ ދަށުންތޯ. އެކަމުގައި ޒިންމާވާ ކަސްޓަމް އޮފިސަރުންގެ ޒިންމާ ކޮބައިތޯ؟ މި މައްސަލާގައި މަޖިލީހުގެ ކޮމިޓީ ކޮބައިތޯ؟
ޒީރޯ
28 August 2019
ހަމަ ވައްކަން، ކޮބާތަ ޒީރޯ ޓޮލަރަންސް
މޫސަ1
28 August 2019
ބުނެވޭ ގޮތުގައި މިކަން ހިންގީ މި ސަރުކާރުގެ ބޮޑުންތަކެއް އެހެންވީމާ ނަން ހާމައެއް ނުކުރާނެކަމަށް މީހަކު ބުނި!
ހެހެ
28 August 2019
ކަސްޓަމުން ވަގަށް ކާރު ބޭރު ކުރެވެންޏާ ރަށެއް ވެސް ބޭރު ކޮށްފާނެ.
އަތްބަޅޭ
28 August 2019
ތީ ކުރީސަރުކާރުން ކުރިކަމެއް.
ކޮބާ..ކޮބާ
28 August 2019
މިހާރު އެކަނި ހިނގާ ކަމެއްނޫން...ސިގިރޭޓް އަށް %200 ޑިއުޓީ ނެގި އިރު، %5 ދައްކަންޖެހޭ ސެނިޓަރީ ޕެޑްގެ ޑިއުޓީ ދައްކާފަ 40 ފޫޓުގެ ސިގިރެޓް ކޮންޓޭނަރ ނެރި ބޭރުކޮށްލާފަ އެބަހުރި... ލަލާ.. ލިލީ.....ހެހޭ..އަދި ކޮބާ..މި މީހުންގެ އަމިއްލަ ބޯޓު ފަހަރު ރާއްޖެ ތެރެއަށް ގޮސް މިމީހުންނައް އޮންނަ "ދަނޑު ހައްދާ" ރަށް ރަށަށް ބާލަނީ ކޮން އެއްޗެއް ކަމެއްވެސް ނޭނގޭ..؟؟
މާލިމީ
28 August 2019
"އާރީ" އަށް ބުނެލަން .. އެމް.ޕީ.އެލް ސަރަހައްދުގައި ހުންނަމުދާ ބެލެހެއްޓުމާއި އެތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގައި ކަސްޓަމްސްގެ އެއްވެސް ރޯލެއްނޯންނާނެ. އެއީ ކަސްޓަމްސްގެ މެންޑޭޓެއްނޫން.
އާރީއެއްނޫން
28 August 2019
ކަސްޓަމްސްގެ މެންޑޭޓްގަ ނޯންނަ ކަމަކަށްވާއިރު ފުލުހުންނާ ކަސްޓަމްސްއިން ގުޅިގެން ހިންގި އޮޕަރޭޝަނެކޭ ލިއެފަ އޮތުމުން އެތައް ބަޔަކަށް އޮޅުންއަރާނެ
އިހުސާނާ
28 August 2019
މިހުންނަނީ މި މުވައްސަސާތަކުގެ މީހުންނާ ގުޅިގެން ގަނެފަ ހުންނަ ގަނޑު! އަދި ކިހާ ކަމެއް ނޭނގި ހުންނާނެ! ކީކޭ ދެން ބުނާނީ!