ފިނޭންސް މިނިސްޓްރީ:
27 އޯގަސްޓް 2019 - 17:14
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ފިނޭންސް މިނިސްޓްރީގެ ނައިބަކަށް ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ފިނޭންސް މިނިސްޓްރީގެ ނައިބަކަށް ހަމަޖެއްސީ މާފަންނު ސެވެންސްޓާ، އަހުމަދު އިމާން މޫސާ ކަމަށެވެ. އިމާން ވަނީ އޮސްޓްރޭލިޔާގެ ޔުނިވަސިޓީ އޮފް ކުއީންސްލޭންޑުން އިންޓަނޭޝަނަލް އިކޮނޮމިކްސް އެންޑް ފައިނޭންސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވައިފަ އެވެ.
އިމާން އެންމެ ފަހުން އަދާކުރެއްވީ ސްކަލް ފިޝިންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމެވެ. އޭނާ ވަނީ ދިރާގާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އިސް މަގާމުތަކެއް ފުރުއްވައިފަ އެވެ.
ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 30،500ރ. އެވެ. އެއީ 18،000ރ. ގެ މުސާރަ އާއި 12،500ރ. ގެ އެލަވަންސެކެވެ.
މި ބޭފުޅުންނާ އެކު ރައީސް އޮފީހުގައި ތިއްބެވި ޑެޕިއުޓީ މިނިސްޓަރުން ފެންވަރުގެ ބޭފުޅުން ހިމެނޭ ގޮތުން މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުގެ އަދަދު މިހާރު 50 އަށް ވުރެ މައްޗެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮމްޕެއަރ
28 August 2019
ތިޔައީ ޔާމީނު ސަރުކާރުގެ އަނިޔާވެރި ވެރިކަމާ ބަލާފަ އެކައްޗެއްވެސް ނޫން. ރައްޔިތުންގެ ފައިސާއިން ކިތަންމެ ގިނަ ބަޔަކަށް މަގާމު ދިނަސް އަދި އެ އަދަދު ކިތަންމެ މަތިވެގެންދިއަސް އަދި މަގާމުތަކާ ބަލާފަ ގައުމުގައި އެއްކަމެއް ނުހިނގިއަސް ކަންބޮޑުނުވާނެ ރައްޔިތުން އެކަމަކާ.
ނެގުނުކަތީބު
28 August 2019
މިއީ ކޮން މެމްބަރެެއްގެ ތިމާގެ ކުއްޖެއްތޯ ދަންނަ މީހަކު ބަލާލަދީބަލަ؟
ހުސޭނުު
28 August 2019
މަގާމަކަށް މީހެއް؟ މީހާ އަށް މަގާމެއް؟
900 ޑިގުރީ
27 August 2019
ޢަދިވެސް އިތުރުވާނެ
ސޮފްވަތު
27 August 2019
ނާއިބު މިނިސްޓަރެއްގެ މުސާރަ 20000ރުފިޔާ އެލަވަންސް 15000ރުފިޔާ
މުރާސިލް
27 August 2019
ރައީސް އިބުރާހިމް މުޙައްމަދު ޞާލިހަށް ސާބަހެވެ. އެއް ކަމެއް ނުކުރެވުނަށް ގާތް މީހުންނަށް ބޮޑެތި މުސާރަތައް ލިބޭ މަޤާމުތައް ދީ ފުރާލާށެވެ. މުޅި ދަޢުލަތުގެ ބަޖެޓް ތިޔަ ހުސްކުރަނީ ތިޔަ ހެނެވެ. ތިޔަ އޮތީވާ ޖަޒީރާ ވެރިކަމެކެވެ.