އަދީބު: ފިލި މައްސަލާގައި އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާއަށް އޭނާ ވަނީ އެއްބަސްވެ ވަޑައިގެންފައި -- ފޮޓޯ/ މިހާރު
17 ސެޕްޓެމްބަރ 2019 - 13:59
ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން ފުރުން މަނާ ކޮށްފައި ވަނިކޮށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން މަސައްކަތްކުރެއްވި މައްސަލާގައި ކުރާ ދައުވާއަށް މިއަދު ކޯޓުގައި އެއްބަސްވެވަޑައިގަތުމުން، އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ނިންމަން ކޯޓުން ހަމަޖައްސައިފި އެވެ.
އަދީބާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައަކާ ގުޅިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓަން އަމުރު ކޮށްފައި ފިއްލަވަން އުޅުވީ މިދިޔަ އޮގަސްޓް މަހު އެވެ. އޭނާ ހުންނެވި ޓަގު ބޯޓެއްގައި އިންޑިއާގެ ކަނޑުގެ ސިފައިން ހުއްޓުވައި، ރާއްޖެއަށް އަނބުރާ ފޮނުވާލީ އެވެ.
އެ މައްސަލައާ ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން އަދީބުގެ މައްޗަށް މިއަދު އުފުލީ ގާނޫނު ހިންގަން ހުރަސް އެޅުމުގެ ދައުވާ އެވެ.
ކޯޓުގައި އަދީބު ވިދާޅުވީ ދައުވާއަށް އިއުތިރާފްް ވެފައިވާނެ ކަމަށާއި ފުލުހުންގެ ތަހުގީގުގައި ވެސް އެކަމަށް އެއްބަސްވެ، މައާފަށް އެދިވަޑައިގެން، ބަޔާން ދެއްވާފައިވާނެ ކަމަށެވެ. އެކަމަކު މައްސަލަ ނިންމާއިރު އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް ދިނުމަށް އެދިވަޑައިގަތެވެ.
އަދީބު ދައުވާއަށް އިއުތިރާފްވުމުން ގާޒީ ވިދާޅުވީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ފަސް ދުވަހުގެ ތެރޭގައި މައްސަލަ ނިންމަވާނެ ކަމަށެވެ.
ޖިނާއީ އިޖްރާއާތުގެ ގާނޫނު ބުނާ ގޮތުން އިބްތިދާއީ މަރުހަލާގައި ދައުވާއަށް އިއުތިރާފް ވެއްޖެ ނަމަ، އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި އެކަން ނިންމަން ޖެހެނީ ފަސް ދުވަހުގެ ތެރޭގަ އެވެ.
ގާނޫނު ހިންގަން ހުރަސް އެޅުމުގެ ކުށުގެ އަދަބުގެ އަސާސީ މިންގަނޑަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ. އެކަމަކު ކުށަށް އިއުތިރާފްވުމުން އަސާސީ މިންގަނޑުން އެއް ދަރަޖަ ދަށްވާނެތީ އެ މައްސަލާގައި އަދީބަށް އަންނާނީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.
އަދީބާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި މައްސަލާގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ސުޕްރީމް ކޯޓުން އޮތީ އަމުރުކޮށްފަ އެވެ. ކަރެކްޝަންސް އިން މިހާރު ވަނީ އަދީބު ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބައްރާ
18 September 2019
މިގައުމުގެ އެސްކޮބާ. ނުވަތަ އަލް ޗާޕޯ.
ސާއިދު
18 September 2019
ނަޝީދު އުޅުނީ ފިލައިގެން އިގިރޭސީންގެ ހިމާޔަތުގައި. ޤާސިމް އިބްރާހީމް އުޅުއްވީ ސިންގަޕޫޜާއި ޖަރުމަނާއި އެމެރިކާގެ ހިމާޔަތުގައި. އަދީބު ފިލުމަކުން ކޮބާ މައްސަލައަކީ.
ހޯދާ
17 September 2019
ބައެއްމީހުން ރުކަކުން އެންމެ 2 ގަބުޅި ވަގަށް އެޅިޔަސް 2 އަހަރުދުވަހަށް އަރުވާލާ!ޕިސްޕިސް މުޅި ދައުލަތް ކާލާ ފިލީމަ ކުށެއްނެތް ބޯކާށިކިރުކޮޅެއް މިތަ އެބުނާ އިންސާފް މިޤައުމެއްވާނެތް.
ސައިމާ
17 September 2019
ފިއްލެވީއޭ؟ ވިދާޅުވީއޭ؟ މިހާ ދަށުދަރަޖައަކަށް ވެއްޓިފައިއޮތް މީހަކަށްދޭން ހެޔޮވާވަރުގެ އިއްޒަތެއްނޫން ތިޔަކީ.
ޝޮކްތެރަޕީ
17 September 2019
ނަޝީދު ފިލައިގެން ރައްޖެނައިސް އުޅުނު މަސްސަލަ ބަލަން ޖެހޭ. އަދީބު އަކަނިތަ ޖަލައްލާން ޖެހެނީ. ކޮބާ އަދުލުއިންސާފު.
ޢަބްދުﷲނާފިޒް
17 September 2019
ޝޮކްތެރަޕީ ދެން އެކަން ބަލަންވީނު، ތިހެން ބުނެ ނިންމާނުލާ ޤައުމު ހިންގާލަބަލަ، ހީހީހީ
އިޔާސް
17 September 2019
ކޮބާ ހުކުމަށް ފިލި ނަޝީދު، ޤާސިމް، ދިއްގަރު ނާޒިމް، ޖާބިރު އަދި ލުތުފީ؟ ހަމައެކަނި އަދީބު އަށް ހުކުމް ކުރީމަ އަތްޖަހަން ތިބެންވީ؟
މޫސާ ކުއްދާ
17 September 2019
ނަޝީދު ހުކުމަކަށް ފިލިކަމަށް ރާއްޖޭގެ އެއްވެސް މުައައްސަސާއެއްގެ ރެކޯޑް ގައި އޮތްތޯ ބައްލަވާ!
ބަބުރުކަލޯ
17 September 2019
އަދީބުވެސް ހުންނާނީ ގޭގާ.
މަގުފުޅާޓިނު
17 September 2019
ބަލަގަ އިޔާސޫ، ތިބުނި މީހުންނަކީ ހުކުމަށް ފިލައިގެން ބޭރުގެ ޤައުމުތަކުން ހިމާޔަތް ހޯދައިގެން އުޅެ އެނބުރި ޤައުމަށް އައިސް އެމީހުންގެ މައްޗަށް ކުރި ހުކުމްތައް އެއީ ބާތިލް ހުކުމްތަކެއްކަމަށް ނިންމައިގެން ތިބި މީހުން އެއީ މާޒީ، ޓަގު ބޯޓެއްގެ އެހީގަ ބުރޯ އުޅުނީ ފިލަން އެކަމަކު ނުފިލުނު، އަތަށްގޮވީ ބޭރު ޤައުމަކުން ހިމާޔަތް ހޯދުނުނަމަ............
ލަޚުމް
17 September 2019
3މަސް ހުންނާނީ ގޭގައި..ހިސާބަށްވުރެ ފައިސާ ގިނަމީހުން ޖަލުގައި ހަރުނުލާނެ.ފައިސާނެތް ނިކަމެތިން އުމުރުގައި ކުރެވޭ އެއްމެ ކުށަކުންވެސް ޖަލުގޮޅި.
ބޯގަޅިމުހައްމަދުކަލޭފާނު
17 September 2019
މިވަރު ނުލަފާމީހަކު ފިލީމަވެސް 3 މަސް!!؟ ބޯހަލާކު.
ޢަބްދުﷲނާފިޒް
17 September 2019
ބުރޯ ބުނަނީ ޔާމީނޭ، ޔާމީނު ބުނަނީ ބުރޯއޭ ތިމައްނަވާ ނުވެސް ދެނަހުރީމޭ، އިނގޭހާވެސް ކަމަކީ ދައުލަތުގެ ބޭތުލްމާލުން ދިވެހި ތާރީޚުގަވެސް ނުކުރާވަރުގެ ބޮޑު ވައްކަން މިމީހުންގެ ވެރިކަމުގަ ކުރިކަން، ޚުދު ޔާމީނުވެސް ވަނީ ރައްޔިތުން ކުރިމަތީ އަމިއްލައަށް އެކަމަށް އިއުތިރާފްވެފަ، އެކަމަކު ހަމަ އެކަކުވެސް ޒިންމާއެއްނުވޭ.......މީ މަޖާކަމެއް.