މާލޭގެ އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާ އަށް ފަހު، އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް މިއަދު ކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
23 ސެޕްޓެމްބަރ 2019 - 11:18
މާލޭގައި ހުރި ކެމިކަލް ގުދަންތައް ކ. ތިލަފުއްޓަށް ބަދަލުކުރަން އެދި ހުށަހެޅުމުގެ ފުރުސަތު ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑް) އިން މިއަދު ހުޅުވާލައިފި އެވެ.
ޖީއެމްއައިޒެޑުން ކުރި އިއުލާނެއް ގައި ބުނީ ކެމިކަލް ރައްކާކުރާ ގުދަންތަކެއް ތިލަފުށީގައި ހެދުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ. އެ ތަންތަން ކުއްޔަށް ދޫކުރަނީ އެކަމަށް އެދި ފޯމު ހުށަހެޅުމުން ކަމަށް ޖީއެމްއައިޒެޑުން ބުނެ އެވެ.
ތިލަފުށިން ގުދަން ކުއްޔަން ދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ އިއުލާނުގައިވާ ގޮތުން، މިވަގުތު އެންމެ ނުރައްކާތެރި މުދާ ގުދަން ކޮށްފައިވާ ފަރާތްތަކަށެވެ.
ޖީއެމްއައިޒެޑްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު "މިހާރު" އަށް ކުރިން ވިދާޅުވެފައި ވަނީ ފަސޭހައިން ހުޅުހިފާ ޒާތުގެ މުދާ ރައްކާކޮށްފައިވާ 126 ގުދަނެއް މާލޭގައި އެބަހުރި ކަމަށެވެ. އޭގެ ތެރެއިން 26 ގުދަނެއް ވަރަށް އަވަހަށް ތިލަފުއްޓަށް ބަދަލުކުރަންޖެހޭކަން ސަރުކާރުން އަންގާފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި، އާ ގުދަންތައް ހަދައި ކުރިއަށް އޮތް ދެ މަސްތެރޭގައި އެތަނަށް މުދާ ބަދަލުކުރެވޭނެ އެވެ.
ނުރައްކާތެރި މުދާ ރައްކާކުރާ ގުދަންތައް ތިލަފުއްޓަށް ބަދަލުކުރަން ސަރުކާރުން ނިންމީ ހެންވޭރު އަބަދަށްފެހި މަގުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެންނެވެ. ތިލަފުށީގޭގައި ހަދާފައި ހުރި ކެމިކަލް ގުދަނުގައި ރޯވެ، ފެތުރުނު އަލިފާން ނިންވައިލެވުނު އިރު އެކަކު މަރުވެ، އިތުރު ގުދަންތަކަކާއި ގެތަކެއް ވަނީ އަނދައިފަ އެވެ. މާލޭގައި މިހާތަނަށް ހިނގި އަލިފާނުގެ އެންމެ ބޮޑު މި ހާދިސާގައި 400 ވަރަކަށް މީހުން ހާލުގައި ޖެހި ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯގަޅި
24 September 2019
އިންޑަސްޓްރިއަލް ވިލެޖްގަ ގުދަން ތަކާ، ގަރާޖް ތަކާ، ލަކުޑި ގުދަން ކުރަން ވީމަ، އެތަން ވެސް ޖެއްސުން ކުރާ އުޞޫލުން ބޭނުން ކުރަނީ. ވިޔަފާރި ވެރިންނަށް ކުރާ ޖެއްސުމެއް. އަސްލަމް ބޭރުކޮށްގެން ނޫނީ މި ގައުމަކަށް ހިގާ ނުގަނެވޭނެ
އަޒީޒާ
24 September 2019
ހުޅޫލޭއިން ގުދަން ދޫކުރަންވީ.. އެހެރީ ހުސް ބިންތައއ ބައިވަރު.. އެއޮތީ ބުރިޖުން ގުޅާފަ.. ކެމިކަލްތައް އެޔާފުރައިޓުން ގެންނަގޮތައް ހަމަ ގުދަން ކޮއްލަންވީ ހުޅުލޭން 30 ހަކައް ގުދަން ދޫކޮއްފަ.
ސަތަން.
24 September 2019
ކެނެރީގޭ ނަޝީދުގެ ސަރުކާރަކީ އަބަދުވެސް ބޮއްސުންލާފަ ކޭއޯސްގަ އޮންނަ އެއްޗެއް.
ނަސީދު
23 September 2019
ކިހާވަރަކައްތަ ކުއްޔައްދެނީ
ވާލުސޮރު
23 September 2019
މިހާރުވެސް ތިލަފުށި ގުދަން ގެންގުޅޭ މީހުން މާލޭގަ ގުދަން ގެންގުޅެނީ ލޮޖިސްޓިކްސް ފަސޭހައަކަށް. ފުރަތަމަވެސް މާލޭގެ ޕޯޓު ބަދަލުކުރަންވީ ތިލަފުއްްޓަށް
ހައިރާން
23 September 2019
ޢަވަސް އަރުވާލާފަ، އެއްވެސް ޕްލޭނެއް ނެތި، އެއްވެސް އިންސާފު ވެރި އުސޫލެއްނެތި، ވަގުތުގެ ނާޖާއިޒު ފައިދާ ބަޔަކަށް ލިބޭ ގޮތަށްބާ ތިކަން ދަނީ ؟
އެނޮނީމަސް
23 September 2019
މީ ޔާމީނު ސަރުކާރެއް ނޫން
ބެނޮނިމަސް
23 September 2019
އެތެދެއް. މިއީ ހުސް ހުދުކާފޫރު އަލިފުން ހުރިހާ ދިމާއެއްގަ ތިބި ސަރުކާރެއް. ރައްޔިތުން ނިދާފަ ތިއްބަސް ކަންކަން ހިނގާނީ ބަރާބަރަށް.