05 އޮކްޓޯބަރ 2019 - 12:42
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި ކީރިތި ރަސޫލާ އަށާއި އިސްލާމް ދީނަށް ފުރައްސާރަކޮށްފައި ވާތީ އެކަން ބަލައި ދައުވާކުރަން ޖެހޭ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
"ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގައި، އިސްލާމްދީނާ ދެކޮޅު ވާހަކަތަކެއް ލިޔެފައިވެ އެވެ. އެގޮތުން، ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަކަ ހުރި ކަމަށް ބުނެ، ކީރިތި ގުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ގުރުއާނުުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައިވާ އެއް ވާހަކަ އަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަަކައެއް ކަމަށް ބުނެފައި ވުމެވެ.
އެކަމާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ނުރުހުން ފާޅުކުރަން ފެށުމުން އެ ޖަމިއްޔާއިން ވަނީ މާފަށް އެދި އެ ރިޕޯޓް އިއްޔެ އަނބުރާ ގެންގޮސްފަ އެވެ. ނަމަވެސް އެ ޖަމިއްޔާގެ އެގްޒެކްޓިވް ޑިރެކްޓާ ޝަހިންދާ އިސްމާއިލް އަދިވެސް ގެންދަވަނީ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ.
Rasoolaa ah furassaara kuri massala thahugeegukohdheyn Islamic ministry in edhijje
The most trusted news source in the Maldives
Mihaaru
ދީނަށް ފުރައްސާރަ ކުރި މައްސަލަ ބަލައިދިނުމަށް މިނިސްޓްރީން އެދުން---
އެމްޑީއެންގެ އަމަލު ކުށްވެރިކޮށް، ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ރޭ ނެރުނު ބަޔާނުގައި ބުނީ އެ ޖަމިއްޔާގެ އަމަލަކީ ރާއްޖޭގެ މިނިވަންކަމާއި އަމާންކަމާއި އެކަމެއްގެ މައްޗަށް ބިނާވެގެންވާ އެންމެ މުހިންމު އަސާސް ކަމުގައިވާ އިސްލާމްދީނަށް ފުރައްސާރަކުރުމުގެ އަމަލެއް ކަމަށެވެ.
އަދި އެއީ ދީނީ އެއްބައިވަންތަކަމުގެ ގާނޫނާއި ޖަމިއްޔާތަކުގެ ގާނޫނާ ވެސް ހިލާފު ކަމަކަށް ވާއިރު އެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގައި އެ މައްސަލާގައި ދައުވާ އުފުލަންޖެހޭ ފަރާތްތަކާމެދު ދައުވާއުފުލުމަށް އަދާލަތު ޕާޓީން ވަނީ ގޮވާލާފަ އެވެ. އަދި ޖަމިއްޔާއެއްގެ ގޮތުގައި އޮވެ އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ދީގެން ނުވާނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
އަދާލަތު ޕާޓީގެ މިނިސްޓަރަކު ހުންނަވާ އިސްލާމިކް މިނިސްޓްރީން ވެސް އިއްޔެ ވަނީ އެ މައްސަލަ ބަލައިދިނުމަށް އެދި ފުލުހުންނަށް ހުށަހަޅާފަ އެވެ.
އަދާލަތު ޕާޓީން ބުނީ އެ ރިޕޯޓާ ގުޅިގެން ދިވެހި ރައްޔިތުންގެ މެދުގައި އިންތިހާ އަށް ނުތަނަވަސްކަން އުފެދިފައިވާތީ ކަމާ ގުޅުން ހުރި ދައުލަތުގެ މުއައްސަސާތަކުން އެކަމުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.
"ދީނީ އިލްމުވެރިން ހިމެނޭގޮތުން ބައެއް އާންމުންނާ މެދު ދީނީ ހިލާފުތަކުގެ މައްޗަށް ބިނާކޮށް، އެކަށީގެންވާ ދިރާސާކުރުމެއްނެތި އަދި ދައުލަތުގެ ރަސްމީ އިދާރާއެއްގެ ބަހެއްވެސް ނެތި، ނަފުރަތާއި ރުޅިވެރިކަން އުފެދެން މަގުފަހިވާ ފަދަ ބަޔާންތައް ހިމަނާފައިވާކަން ފާހަގަކުރެވޭތީ އެއީވެސް ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކުން ބަލަންޖެހޭ މައްސަލައެއް ކަމުގައި މި ޕާޓީން ދެކެމެވެ.،" އަދާލަތުގެ ބަޔާނުގައި ބުނެފައިވެ އެވެ.
ސަލާމަތީ ހިދުމަތްތަކުގެ އިންޓެލިޖެންސަށް ހަވާލާދީ ބައެއް ކަންކަން އެ ރިޕޯޓްގައި ފާހަގަކޮށްފައި ވުމަކީ ގައުމީ ސަލާމަތާ ގުޅުންހުރި ކަމަކަށްވާތީ އެކަމާ ކަންބޮޑުވާ ކަމަށް ވެސް ރިޕޯޓްގައި ބުނެފައިވެ އެވެ. އަދި އެފަދަ ޖަމިއްޔާއަކަށް އިންޓެލިޖެންސް މައުލޫމާތު ލިބުނުގޮތެއް ބަލަން ޖެހޭ ކަމަށް ވެސް ބުނެފައިވެ އެވެ.
އަދާލަތުން ވަނީ މިފަދަ ކަންކަމާ ގުޅިގެން އުފެދޭ ނުތަނަވަސްކަމުގެ ތެރޭގައި ވަކިވަކި ފަރުދުންނާއި ޖަމާއަތްތަކަށް އިންޒާރުދިނުމާއި، އަމަލުތައް ހިންގުންފަދަ ކަންކަން ނުކުރުމަށް ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙުއްމާ
06 October 2019
ނުބަލާނެ. އިމްރާނަކަށް ވެސް ނުކެރޭނެ ތިމައްސަލަ ބަލަން. އެއްމެފަހުން ރައްޔިތުން ފިޔަވަޅު އަޅާހިސާބަށް މިދަނީ.
ޒީރޯޓޮލަރެންސް
06 October 2019
ރޔ ގެސަރުކާރުގެ ކޯލިޝަނުން ވަކިވީކޮންކަމެއް ނުވެގެންތޯ؟ ލާދީނީސަރުކާރުގެކޯލިޝަން ތެރޭގަ ތާށިވެފަތިއުޅެނީކޯޗެއް ފިތިބާރުވެގެންތޯ؟؟؟؟
މަރީނާ777
05 October 2019
ދިވެހިންގެ ބަޔަކު ތިފަދަ ރިޕޯޓެއް ތައްޔާރުކުރުމަކީ ވަރަށް ހިތާމަކުރަންޖެހޭކަމެއް. އެރިޕޯޓް ތައްޔާރުކުރި ދިވެހިންގެ ބަޔަކުކަމުގައިވާނަ އެހާ ހިތާމަ. އަދި އެފަދަ ރިޕޯޓެއް ތައްޔާރުކުރުމަކުން ދިވެހި މުޖްތަމައުގައި އުޅޭ މީހުންގެ އަގީދާ ބަލިކަށިވެގެންވެސް ނުވާނެ، އެ ރިޕޯޓް ތައްޔާރުކުރިބަޔަކަށް ފުރައްސާރަ ކުރުމަކީ ވެސް އެހާ ގޯސްކަމެއް. މިކަންކަން ރަގަޅުކުރެވޭނީ ސަރުކާރުގެ ބަލިކަށިނުވާ އިސްލާމްދީނުގެ އަސާސްރަގަޅަށް ވިސްނުން ވައްދައިދީގެން.
ހަކީމް
05 October 2019
ތިބުނަން އުޅޭ އެއްޗެއް ނޫގުނު ...
ފުރައްސާރަ
05 October 2019
ﷲ އާއި ﷲ ގެ ރަސޫލާ(ސއވ) އަށް މަލާމާތްކުރާ ބަޔަކަށް އެއްވެސް ރަހުމެއް ނެތް. އެކަން ކުރި ބަޔަކު ހައްޤު އަދަބު ދޭން ރައްޔިތުނގެ ސަރުކާރު ފަސްޖެހެނީ ކީއްވެ؟ އެ ފުރައްސާރަ އޯކޭ ވީތޯ؟ މީ އާދައިގެ ކަމެއް ނޫން އިގޭތޯ.
އާމިނަތު އަލީ
05 October 2019
އިސްރާއުއާއި މިޢުރާޖުގެ ކަންތަކަކީ ސައިންސަށް ގަބޫލު ނުކުރެވޭ ނުވަތަ އަދި އޭގެ އަސްލު ނޭނގޭ ކަމަކަށް ވުމަކީ މައްސަލައެއް ނޫނެވެ. މުއުޖިޒާތުގެ ހަގީގަތަކީވެސް އެއީ އާދަ ފޫއަޅުވާލަނިވި، އާންމު ހަމައިން ނުހިނގާ ކަމެއް، މާތްﷲ ކީރިތި ރަސޫލާއަށް ޚާއްޞަކުރައްވައިގެން، އެކަލޭގެފާނަކީ ތެދުވެރި ރަސޫލެއްކަން އަންގަވައިދެއްވުމެވެ. މުސްލިމުން އެކަންތައް ގަބޫލުކުރަނީ މާތްﷲއާއި ރަސޫލާއަށް އީމާންވާތީއެވެ. ސައިންސާ ގުޅުވައިގެންނެއް ނޫނެވެ.
މުޙައްމަދު ޢަބްދުﷲ
05 October 2019
މިކޮމިންޓަކީ މީ އަގުހުރި ކޮމެންޓެއް، ޢިބްރަތް ލިބިގަންނަންވީ
ބޮޑުމީހާ
06 October 2019
އެ ޓެރަރިސްޓް ޖަމާއަތަށް ނޭގެނީ މިއަދުގެ އަދި ކުރިއަށްއޮތް އެތައް ޒަމާނެއްގެ ސައިންސްގެ ހޯދުންތަކަށްވުރެވެސް ކުރީގަ ކީރިތި ގުރުއާން ވާކަން. އެބައި މީހުން އަދި ހަމަ ޖާހިލުވީއެވެ
ތުއްތުނާ
05 October 2019
އެއްވެސް ޖަމިއްޔާއަކުން ނެރޭ މިކަހަލަ ރިޕޯޓްތަކަކީ ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އިސްލާމިކް މިނިސްޓްރީ އިން ބަލާފައި ހުއްދަ ލިބިގެން ނެރޭނެ އެއްޗެއްގެ ގޮތުގައި ކަނޑައަޅާ ގާނޫނެއް ހަދަންޖެހޭ........
އެންދެރި
05 October 2019
މިމައްސަލަ ބަލާ ދިނުމަށް އެދި ގިނަ ބަޔަކު ފުލުސް އޮފީހަށް ދާން ވީއެވެ.
ހަސަނު
05 October 2019
މިހާރު އެ ވެއްޖެ ބޮޑު ސޔާސީކަމަކަށް..
ކަހުރަބު
05 October 2019
ހޯމްމިނިސްޓަރ އިސްތިއުފާ..............
މަލާކާ
05 October 2019
ކަލޭމެނ ވާހަކަ ނުދައްކާ ތިބޭ
ފުލީން
05 October 2019
ބަލަ އެމީހުން ތިބީ ސަރުކާރުގެ މަގާމްތަކުގައި..އެއީ ބަލަދު އަރާބައެއް..ރާޒުވާ ކުޅިބައެއްހެން އަތުރާލާފަ އޮތީ ސަރުކާރުތެރޭގައި..