ޚަބަރު / ރައީސް މުހައްމަދު ނަޝީދު

މަދިރި މަދުކުރާ ޒަމާނީ ސާމާނު ސޮނެވާފުށިން މަޖިލީހަށް ހަދިޔާކޮށްފި

ސޮނެވާފުށިން ރައްޔިތުންގެ މަޖިލީހަށް ހަދިޔާކުރި މެޝިންތަކާ ބެހޭ މައުލޫމާތު ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހޯއްދަވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

މަދިރި ކޮންޓްރޯލްކުރުމަށް ބޭނުންކުރާ ޒަމާނީ އެއްޗެހިތަކެއް ސޮނެވާފުށި ރިސޯޓުން ރައްޔިތުންގެ މަޖިލީހަށް ހަދިޔާކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަންް ޒިޔާއު ވިދާޅުވީ ސޮނެވާފުށިން މިއަދު މަޖިލީހަށް ހަދިޔާ ކުރި މެޝިންތަކަކީ މަދިރި އެއަށް ޝައުގުވެރި ކުރުވުމަށް ފަހު ދަމައިގަނެ ތާށިކޮށްލާ ގޮތަށް ފަރުމާކޮށްފައިވާ ތިމާވެއްޓާ ރަހްމަތްތެރި މެޝިންތަކެއް ކަމަށެވެ. ސޮނެވާފުށީގައި އޭގެ 450 މެޝިން ބަހައްޓައިގެން ރަނގަޅު ތަޖުރިބާއެއް ކޮށްފައިވާ ކަމަށް އެތަކެތި ހަވާލުކުރަން ވަޑައިގެންނެވި ބޭފުޅުން މައުލޫމާތު ދެއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެބޭފުޅުން ވިދާޅުވި ގޮތުގައި، މަދިރި މަރަން އާއްމުކޮށް މިޖަހާ ދުން ޖެހުމުން، މަދިރީގެ އިތުރުން ކޮކާލާ އެހެން ސޫފާސޫފި ވެސް މަރުވޭ. އެ މައްސަލަޔަށް ހައްލެއް ހޯދަން މި މެޝިންތައް ބަހައްޓައިގެން އެ ރިސޯޓުން ވަނީ ރަަނގަޅު ތަޖުރިބާއެއް ކޮށްފައި،" އޭނާ ވިދާޅުވި އެވެ.

މަދިރި މަދުކުރާ މެޝިންތަކުގެ މައުލޫމާތު ސޮނެވާފުށީގެ މެޑިކަލް އެންޓޮމޮޮލޮޖިސްޓް ބާޓް ނޯލްސް ނަޝީދަށް ދެއްވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ސޮނެވާފުށިން މަޖިލީހަށް ހަދިޔާކުރި މެޝިނަށް ކިޔަނީ "ބީޖީ މޮސްކިޓެއާ ޓްރެޕް" އެވެ. މަދިރި ޝައުގުވެރިކުރުވާ މާހައުލެއް މެޝިނުގެ ވަށައިގެން އުފެއްދުމަށް އެއަށް އަޅަނީ އެކަމަށް ހާއްސަ ޕައުޑަރެކެވެ.

މެޝިންތައް މަޖިލީހަށް ހަދިޔާ ކުރަން ސޮނެވާފުށިން މިއަދު އަައި ޓީމުން ވަނީ އެ ބޭނުންކުރާނެ ގޮތާއި އޭގެ ފައިދާއާ ބެހޭ ޕްރެެޒެންޓޭޝަނެއް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށާއި މަޖިލީހުގެ އިދާރާގެ އިސް ބޭފުޅުންނަށް ދައްކާލާފަ އެވެ. އެ މެޝިންތައް ނަޝީދާ ހަވާލުކުރެއްވީ މެޑިކަލް އެންޓޮމޮޮލޮޖިސްޓް ބާޓް ނޯލްސް އެވެ. އޭނާއަކީ ނެދަލޭންޑްސްގެ ކޭ އެންޑް އެސް ކޮންސަލްޓިން އަދި ރެޑްބޫޑް ޔުނިވާސިޓީގެ ކޮންސަލްޓެންޓެކެވެ.

ޒިޔާއު ވިދާޅުވީ މަދިރި މަދުކުރާ މެޝިންތަކެއް މަޖިލީހަށް ލިބިފައި މިވަނީ މަދިރީގެ އުނދަގޫ ވަރަށް ބޮޑުވެފައި ވަނިކޮށް ކަމަށެވެ.

17 ކޮމެންޓް, 34 ރިއެކްޝަންސް

icon happy icon happy 26%
icon sad icon sad 0%
icon angry icon angry 74%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަދުރޭ22

18 October 2019

ޓެ ކްސް ގެ ގޮތުގައި ދައް ކަންޖެހި ނުދައް ކާ ހުރި ބައި ހަމަޔަ ކަށް އަޅުވަން ޖަހާމަޅިއެއް.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

18 October 2019

ވޯރާވިޔަފާރީގައި "ފަނޑިޔާރުންނަށާއި މާލޭގެބޮނޑުންނަށްފޮނުވުނު ދޮލަގުތަކާއި" ތިޔަހަދިޔާއާއި ތަފާތެއްނޫން. # ރާއްޖޭގެގިނަރަށްރަށަކީމަދިރިހާލިތަކެއްކަންއިގޭއިރު މަޖިލީހަށްތިޔަހަދިޔާކުރާންޖެހުނު މަޤުސަދަކީކޮބާ؟! # އާންމުއުސޫލަށްބަލާއިރު "ތިޔަ ގެޖެޓް ނުވަތަ މެޝިން މާފައްކާއެއްޗަކަށްވެގެން ދެވަނަބުރުގައި ކޮންމެ މެންބަރެއްގެގެއަށް މެޝިނެއް" ކަންނޭގެހަދިޔާކުރާނީ. # ޤާނޫނުހަދާމަޖިލީހަށް ވިޔަފާރިވެރިންގެހަދިޔާބަދިޔާ މިގޮތަށްބަލައިގަތުމަށްތާއީދެއްނޫން.

The name is already taken The name is available. Register?

ހަސަނު

18 October 2019

60000 ރުފިޔާ ލިބޭމީހުންގެ ގައިގައިވެސް މަދިރި ހަފާތަ.

The name is already taken The name is available. Register?

ށިބޮށި

18 October 2019

ތިކުދިން އިންޓޯލް ގަޑީގައި ބޭރުގައި ތިބެވޭވަރެއްނޫން ތިމަދިރިތަކާއިހެދި، އެހެންވެގެނައި އެއްޗެއްތީ!

The name is already taken The name is available. Register?

ޡާ123

18 October 2019

ޢެންމެ ހާލުގައުޅޭ ކުދިން އުޅެނީ މަޖްލިސްގަ އެހެންވީމަ ހުރިހާ އެއްޗެއްވެސް އެކުދިންނަށް ދޭންވާނީ

The name is already taken The name is available. Register?

ޙަބީބު.

18 October 2019

މިދުވަސްކޮޅު އެއްވެސް ރިސޯޓަކުން ދައުލަތުގެ އެއްވެސް މުވައްސަސާޔަކައް ހަދިޔާ ނުދިނުން އެދެން އަހަރުމެން ޔާމިނައް ވޯޓުދިނީ ރިސޯޓު ހިއްސާ ދޭންބުނީމަ އަދިވޯޓު ނުދިނީ އެވައުދާ ހިލާފުވީމަ އިބޫއައް ވޯޓުދިނީ މިނިމަމްވޭޖުގެ ގޮތުގަ 10.000 ރުފިޔާ ލިބޭނެ ކަމުގެ އުންމީދުގަ މިކަމައް ނުފޫޒު ފޯރުވުމައް އެއްވެސް ބަޔަކު ރިސްވަތުގެ ގޮތުގަ ތިފަދަ ކަންކަން ނުކުރުން އެދެން މުވައްޒަފުން އިހުތިޖާޖު ކުރަންފެށީމަ ދައުލަތް ހަރާބުވާނެ

The name is already taken The name is available. Register?

މެމްބަލު

18 October 2019

ތިޔާތި ބަހައްޓައިގެން މެމްބަލުން ބޮލުން އިސްތަށި ފައިބަނީޔޭ ކިޔާފަ ހަލާކުކޮށްނުލިއްޔާވާ ރަނގަޅު. އެނޫނަސް މަށަށް ހީވަނީ މަދިރިޔަށްވުރެ ގިނައިން ތީގައި ޖެހޭނީ މެމްބަލުންހެން.

The name is already taken The name is available. Register?

ސައްހަ ކަރެޕްޝަން

17 October 2019

ޢެންމެ ނުރައްކާ މަދިރި އުޅެނީ މަޖިލީހުގެ ތަޅޔމުގައި އަދި ކޮމެޓީތަކކުގައި

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

17 October 2019

ނުރަނގަޅިވަގުތެއްގައި ކުރި ނުރަނގަޅު އަމަލެއްކަމުގައި ޤަބޫލުކުރާންޖެހޭ ގުނާއަދަދު ނުކުރެވޭފަދަ ކަންކަން އެބަހުރި. # ޓެކުހުގެ ނިޒާމް ފުރިހަމަކުރުމަށް އިންކަމްޓެކްސް ނެގުމާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ގިނަފަރާތްތަކުން ފާޅުގައި ދެކޮޅުހަދާފައިވާއިރު އެފަދަ ޤާނޫނެއް ގެނައުމަށް މަޖިލީހުގައި ބަޙުސްކުރަމުން ދަނިކޮށް މިފަދަ ލައިނެއް އެޅުމަކީ އަޙްލާޤީގޮތުން ދަށުދަރަޖައިގެ ކަމެއް.

The name is already taken The name is available. Register?

ސުއްކަތުރާން

17 October 2019

މުޅިނމާލޭގަ މަދިރި ކުރީގަވެސް މާލޭގަ މަދިރި މިވަރެއް ނޫން އެލަން ކުރި މީހުން ކައިރީ އަހާބަލަ ކިހިނަކުންތޯ އެކަން އޭރު ކުރީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454