17 އޮކްޓޯބަރ 2019 - 22:00
މާލޭގައި ބިދޭސީން ދިރިއުޅޭ ގެެއެއްގައި މީހަކު ރަހީނުކޮށްގެން އުޅެނިކޮށް ފުލުހުން އެ މީހާ ސަލާމަތްކޮށްފި އެވެ.
ފުލުހުން ބުނީ ބަންގަލަދޭޝް މީހަކު ރަހީނުކޮށް އެ މީހާގެ އަތުން ފައިސާ ހޯދަން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު ފަހެއް ޖަހާކަން ހާއިރު ކަމަށާއި އެ މައުލޫމާތު ލިބުމުން ފުލުހުން ގޮސް އެ މީހާ ސަލާމަތްކޮށްފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ބަންގްްލަދޭޝްގެ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
ރަހީނުކުރި މީހާއަށް އަނިޔާކޮށްފައިވާކަން ނުވަތަ ނޫންކަމެއް އަދި ނޭނގެ އެވެ. އެ މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގުކުރަމުންނެވެ.
މާލޭގެ ގެއެއްގައި ބިދޭސީއަކު ރަހީނުކޮށްގެން އުޅުނު މައްސަލައެއް މިދިޔަ ސެޕްޓެމްބަރު މަހު ވެސް ފުލުހުން ބެލި އެވެ. ރަހީނު ކުރި މީހާ އެ ފަހަރު ސަލާމަތްވީ އަމިއްލަ އަށެވެ. ފުލުހުން އޭރު ބުނިގޮތުގައި، ރަހީނުކުރި މީހުންގެ ކިބައިން ސަލާމަތް ވުމުން، އެ މީހުންނަށް ފިލައިގެން ގޮސް އެ މީހާ ވަނީ ފުލުސް އޮފީހަށް ހާޒިރުވެ، އެކަން ހިނގި ގޮތް ތަފްސީލުކޮށް ކިޔައިދީފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާލުސޮރު
18 October 2019
އާއްމުކޮށް ތިކިޔާ ރަހީނުކުރާ މައްސަލަތަކުގެ ތަފްސީލު ހާމަނުކުރަނީ ކީއްވެތޯ؟ ކިހިނެތްތޯ ރަހީނުކުރަނީ ކިހިނެތްތޯ އޭނާ ރިޕޯޓުކުރަނީ ކިހިނެތްތޯ ރަހީނު މީހާ އިންނަނީ، ބަނދެފަތޯ ނޫނީ އެހެން ގޮތެއްގަތޯ
އޮނަރަބްލް އަފީފު ދީދީ
18 October 2019
އިމިޤްރޭޝަނާއި ސަރުކާރުން މިކަން ހުއްޓުވުމަށް މަސައްކަތް ނުކުރާނަމަ "ރާއްޖޭގައިއޮތް ޤާއުމީ ސަލާމަތާއި ގުޅުންހުރި މިމައްސަލައިގެ ހައްލު ހޯދެންދެކަށް" ސާކް ޤައުމުތަކުގެ ތެރެއިން އިންޑިޔާ ލަންކާ މީހުނަށް ފިޔަވާ އެހެން ޤައުމުތަކުގެ އޯޑިނަރީ ޕާސްޕޯޓް ހޮލްޑަރުންނަށް އޮން އެރައިވް ވީސާ ދޫކުރުން މަޖިލީހުން ހުއްޓުވާންޖެހޭ. # ފައްޔާޒު ފިނިހަކަ ދުވެލީގައި "ދަމަކުން ބަނޑިއެއްޖަހާގޮތަށް" ކުރާކަންކަމަކީ މިކަން ހުއްޓުވޭނެގޮތެއްނޫން.
ޢެޑްމުންޑޯ
18 October 2019
ރަހީނުކުރުންވެސް މިހާރު ކުޅިވަރަކަށް ހަދާފި ، ގައުމުގެ ހާލަތުގޮސްފައިވާ މިންވަރު ހިތައްއެރުމުން ދެރަވެ ރޮވޭ
ޡުލޭ
18 October 2019
ބަންގްލާދޭސް މީހުންގެ ކިބައިން ގައުުމު ސަލާމަތް ކުރުމަށް ގޮތްތަކެް ރާވަންޖެހޭ. އެއް ކަމަކަށް އެ މީހުންގެ ވިޔަފާރިތައް ބޮއިކޮޓް ކުރުން. ބަންގާޅީން ސޭތޫންނަށް ތިބޭ ފިހާރަ ހޮޓާ ރެްސްޓޯެރެންޓް ތަކުން ވިޔަފާރި ނުކުރުން.
އަހުމަދު ވަހީދު
18 October 2019
ވެރިކަން ކުރަން އަނނަ މީހުން ރައްޔިތުންނައް ޚިޔާނާތްތެރި ވާންފެށީމަ ދިމާވާ ހުރިހާ މަސްއަލަތަކއް
އަބްދުﷲ
17 October 2019
މިވެސް ބޮޑުވެއްޖެ ކަމެއް. ފްރީ ރެޖިސްޓްރޭޝަން ދިނުމުގެ ބަދަލުގައި އުސޫލެއްގެ ތެރެއިން އިންސާނީ ކަރާމާތް ނުގެއްލޭނެހެން މިވެރިން އަނބުރާ ގައުމަށް ފޮނުވާލާ. މިވެރިންގެ ސަބަބުން މިތަނުގައި މައްސަލަތައް މިދަނީ އިންތިހާއަށް ވޮޑުވަމުން..
ކަރީމުއްދީން ބާޝާ
17 October 2019
މީވެސް މިހާރު ފިސާރި ބޮޑުވެއްޖެ ކަމެއް.