ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގެ ރިޔާސަތުގައި ނަޝީދު: ޚިޔާނާތުގެ ބައިވެރިން ހާމަކުރަން ގޮވާލައި މަޖިލީހަށް ވަނީ މައްސަލައެއް ހުށަހަޅާފައި.---ފޮޓޯ: މަޖިލިސް
23 އޮކްޓޯބަރ 2019 - 11:24
ދިވެހި ރައްޔިތުންގެ ޚަޒާނާ އިން ބޮޑު ވައްކަން ކުރި މީހުންނާއި އެކަމުގެ ފައިދާ ލިބިގަތް މީހުން ހޯދައި ފިޔަވަޅު އަޅަން ފުލުހުން ހިންގާ ތަހުގީގުތަކަށް ރައްޔިތުންގެ މަޖިލީހުން ފުރިހަމަ އަށް އެއްބާރުލުން ދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދު "މިހާރު" އަށް ވިދާޅުވީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް އިތުބާރު އެބައޮތް ކަމަށެވެ.
އެމަނިކުފާނު މިގޮތަށް މި ވިދާޅުވީ ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތުން މަންފާ ލިބުނު މީހުންގެ ނަންތައް ހާމަކުރަން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައި ވަނިކޮށެވެ.
މި މައްސަލަ ހުށަހެޅީ ކުރީގެ ސަރުކާރުގައި ހިންގި ޚިޔާނާތުގެ މަންފާ ދައުލަތުގެ އެކި ފަންތީގެ ބޭފުޅުންނަށް ލިބިވަޑައިގަތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވުމުންނެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި މި ސަރުކާރުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން ޖުޑިޝަރީގެ އެކި ބޭފުޅުންނަށް ދައުލަތުގެ ފައިސާ ދައުރުވެފައިވެ އެވެ. މީގެތެރެއިން މަޖިލީހުގެ ކޮމިޓީގައި މިހާތަނަށް އޭނާ ހާމަކުރެއްވީ ތުހުމަތު ކުރެވޭ ހަތަރު މެމްބަރަކާއި ތިން ވަޒީރެއްގެ ނަމެވެ.
އެމްޑީޕީގެ ސާފު އަޣުލަބިއްޔަތު އޮންނަ މަޖިލީހަށް ހެންވޭރު ހުޅަނގު ދާއިރާގެ އެ ޕާޓީގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބުގައި އެމްޑީޕީ އަށް ގިނަ އަދަދެއްގެ ވޯޓު ރައްޔިތުން ދިނީ ދައުލަތުގެ ޚަޒާނާ އިން ވައްކަންކުރި މީހުން ހޯދާނެ ކަމުގެ އުއްމީދާ އެކުގައި ކަމަށެވެ. އަދި ގޮތް ނޭނގޭ ގޮތަށް މަރާލާފައިވާ އެތައް މަރެއްގެ ހަގީގަތާއި ޑރ. އަފްރާޝީމް އަލީ އާއި ޔާމީން ރަޝީދާއި ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މަރަށް އިންސާފު ހޯދައިދޭން ކަމަށް އެ މައްސަލައިގައިވެ އެވެ.
މި މައްސަލަތަކުގައި މިހާތަނަށް ވެސް ގިނަ މަސައްކަތްތަކެއް ފުލުހުންނާއި ކަމާގުޅޭ މުއައްސަސާތަކުން ކޮށްފައިވާ ކަން ފާހަގަކުރައްވައި ހަސަން ވިދާޅުވީ މި ކަންކަން ލަސްވެެގެން ދާ ނަމަ ރައްޔިތުންގެ އިތުބާރު ގެއްލޭނެ ކަމަށެވެ. އެހެންކަމުން މިވަގުތަކީ ރައްޔިތުންގެ ޚަޒާނާ އިން ވައްކަން ކުރި މީހުން ރައްޔިތުންނަށް އާއްމުކުރަން ޖެހޭ ވަގުތު ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިކަންކަން މިހާރަށް ވުރެން އަވަސްކޮށް ހިންގަން ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ ކަމެއް އޮތް ނަމަ އެ ކަމެއް ހަލުވި މިނުގައި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އޭނާ އަށް އޮތް ކަަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.
ޕޮލިސް ކޮމިޝަނަރު އިސްވެ ހުންނަވައި ކުރައްވާ ތަހުގީގުތަކުގައި، މަޖިލީހުގެ ފަރާތުން ކޮންމެ ވަގުތަކު ކަމެއް ބޭނުންވިޔަސް އެ ކަމަކަށް އެ މުއައްސަސާ އަށް އެއްބާރުލުން ދޭން ތައްޔާރަށް ތިބި ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިމާވެށި
23 October 2019
އަންނި އަކީ .އިތުބާރު ގެއްލިފަވާމީހެކެވެ.
ޝޮކްތެރަޕީ
23 October 2019
ދިވެހި ރައްއިތުންނަ އެގޭ ނަޝީދަކީ ކޮންކަހަލަ މީހެއްކަން. ނަޝީދަ ދާއީދުކުރާނީ ވަރައް ހެޔޮނުވިސްނޭ މީހުން.
ރުބީނާ
23 October 2019
ދެމީހުންވެސް އިސްތިގުފާ!
ބޮޑުމީހާ
23 October 2019
ކޮބާތަ ތި ލިސްޓަކީ؟ ވާނުވޭ އިގެނޭ ތި ލިސްޓް އާއްމުކުރީމަ ނުން. ފޮރުވައިގެން ތިބެ ކީމަ ނިމުނީތަ؟
ނަރީމާ
23 October 2019
ދަޢުލަތް ލޫޓްވުމަކީ ހަޒާނާއިން ވައްކަން ކުރުން އެކަންޏެއް ނޫނެވެ. ދަޢުލަލަތުގެ އެއްބާރު އެނެއްބާރުގެ މައްޗައް ވެރިވެ، ނާޖާއިޒު މަންފާހޯދައި، ދަޢުލަތުގެ އަތް އަނބުރާލުމަކީވެސް ދަޢުލަތް ލޫަޓްވުމެވެ.
ވެލިދޫ
23 October 2019
ސީޕީ ހަމީދު ކައިރީގަ ތިބީ ބާޢީންނާ ކޮރަޕްޓު މީހުން ގިނައިން. އެންމެ ކައިރީގަ ހުރީވެސް މާސިންގާ ބިޔަ ބޮޑު ބާޢީއެއް.
އަލީދ
23 October 2019
ޕޮލިހާ މަޖިލިހާ ކޮންކަމެއް؟ ކޮން އެއްބާރު ލުމެއް. އެބަޔަކު އެ ބަޔެއްގެ މަސައްކަތް ކުރީމަ ނިމުނީ. ތި އުޅެނީ ދެން އެމްޑީއެންގެ މައްސަލަ އަތްބާނައިގެން ހިންދަން.
ޓަކަފިރޯށި
23 October 2019
ހެހެހޭ ! ތިއެއްބާރުލުން ދެވެނީ ސީ ޕީ ހަމީދަކަށްނޫނެވެ. ތިމާގެ އަމީއްލަ ނަފްސަށެވެ.
ޔާމީން ސަރުކާރު
23 October 2019
އަޖައިބެއް. އަޅެ މަޖިލީސް ވެރިކަން ކުރަންވީނު. ހުރިހާ ތަނަކަށް މީނަ ވަންނަންޖެހޭ
މުރާސިލް
23 October 2019
ތިޔަ އެންމެން ތިޔަ ތިބީ ފެއިލްވެފައެވެ. ޢާރާއި ބާރާ ފާއިސާއާއި ދަޢިލަތުގެ މުއައްސަސާތަކައި ހިތަކަށް ލިބިގެން އަހަރެއްވީ އިރުވެސް އެއްކަމެއްވެސް ކުރެވިފައެއް ނެތެވެ. ދެން އިތުރަށް ކިޔަން އޮތީ ކީކޭ ހެއްޔެވެ؟ ޓެރެރިސްޓެއްވާނީ ހަމަ ޓެރެރިސްޓަކަށެވެ. ޑިމަކްރަސީގެ ނަމުގައި ޑިކްޓޭޓަޝިޕް ހިންގި މީހުންނަށް ޑިމަކުރަސީގެ އުސޫލާއި އެއްގޮތަށް ޕާލަމެންޓު ނުހިންގޭތަން މިދަނީ ސާފުކޮށް ފެންނަމުންނެވެ.