ޖޭއެސްސީގެ މެމްބަރުންތަކެއް މަޖިލީހުގެ ކޮމެޓީއެއްގައި: ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ރާޣިބް ވަކިކުރަން މަޖިލީހަށް ފޮނުވަން ވަނީ ނިންމާފައި -- ފޮޓޯ/މިހާރު
23 އޮކްޓޯބަރ 2019 - 18:24
ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބް ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
އިސް މެޖިސްޓްރޭޓް ރާޣިބްއާ ގުޅޭގޮތުން ޖޭއެސްސީން ބަލާ މައްސަލައާ ގުޅިގެން މިދިޔަ ޖުލައި މަހުން ފެށިގެން އޭނާ ހުންނެވީ ސަސްޕެންޑްކޮށްފަ އެވެ. އެ މައްސަލަ ބެލުމަށް ފަހު ޖޭއެސްސީގެ ތަހުގީގު ކޮމެޓީން ނިންމާފައި އޮތީ އޭނާ ވަކިކުރަން މަޖިލީހަށް ފޮނުވުމަށެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައިވަނީ އެ މައްސަލާގައި ފުރިހަމަ ކުރަންޖެހޭ ހުރިހާ މަރުހަލާތަކެއް ފުރިހަމަ ކުރުމަށް ފަހު ތަހުގީގު ރިޕޯޓުގައިވާ ގޮތަށް، ފަނޑިޔާރު ކަމުން ރާޣިބް ވަކިކުރަން މަޖިލީހަށް ފޮނުވަން ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން ގދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ޝަރީފްގެ ސިއްހީ ހާލަތު ހުރިގޮތުން ވަޒީފާއިން މުސްކުޅިކޮށް ދިނުމަށް އެ ކޮމިޝަންގައި އެދިފައިވާތީ ހުށަހަޅާފައިވާ ކަންކަމަށް ބަލައި، އޭނާ ވަޒީފާއިން މުސްކުޅިކޮށް ދިނުމަށް ވެސް ކޮމިޝަނުން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ފަނޑިޔާރު ކަމުން ރާޣިބް ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމިއިރު، އޭނާއާ ގުޅޭ ގޮތުން ޖޭއެސްސީން ބެލި މައްސަލާގައި ޖިނާއީ ކަންތައްތަކެއް ފާހަގަ ވެފައިވާތީ އެކަންކަން ބެލުމަށް ފުލުހަށް ފޮނުވަން ވެސް ކޮމިޝަނުން ކުރިން ނިންމި އެވެ.
ގާނޫނު އަސާސީ ބުނާގޮތުން ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް، މަޖިލީހުންނެވެ. މީގެކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ އާއި ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓަކަށް ހުންނެވި އިބްރާހިމް ރަޝީދު ވެސް އެގޮތަށް ވަނީ މަގާމުން ވަކިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަނ
24 October 2019
ގާޟީންނަކާ ތިހެން ނުބެހެވޭނެ. ޢެމީހުން ކޮންމެ ކަމެއް ކުރިޔަސް ބޮޑުވެގެން ސަސްޕެންޑް ކޮށްލާނީ. ސަސްޕެންޑް ކޮށްފަ ހުންނައިރުވެސް ފުލް މުސާރަ ލިބޭނެ. ދެން ބޮޑުވެގެން އެހެން ކޯޓަކާށް ބަދަލުކުރާނީ. މިގޮތަށް އުސޫލު ބަދަލުކުރަންވީނު ހުރިހާ މުވައްޒަފުންނަށްވެސް؟ ޥަކި ބަޔަކަށްތަ މޮޅުވާގޮތް ވާްންޖެހެނީ؟
ދަވާލި
24 October 2019
ރާްއިބް އަކީ ބަހައްޓަން ހެޔޮވާވަރު މީހެއްނޫން... ކޮރޮޕްޝަނާއި ވަޒީފާގެ ބޭނުން ނުހައްގުން ބެނުންކުރާ މީހެއް އެއީ...
ގެއްލުން
23 October 2019
ތިނަދޫ ކޯޓުގެ ތިޝަރީފަކީވެސް ކޮރޮޕްޝަން ހާއްޔެއްގެ ތެރޭގައި ހުރި މީހެއް. ޕާޓީގެ ކުއްޖެއްވީމާ ސިއްހީ މައްސަލައެކޭ ކިޔާފައި މުސްކުޅިކޮށްލަނީ.
ބޮޑުމީހާ
23 October 2019
ހުރިހާ އެންމެން ބޭރުކުރޭ
ސީދާ
23 October 2019
ފެމިޅީ ކޯޓުގެ އިސްގާޟީގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތުވީމާ ދިނީ ޕްރޮމޯޝަނެއް. މި އިންސާފު ގަބޫލެއް ނުކުރެވޭ
ގަބުޅި
23 October 2019
ހަސަން ސައީދަކީ ރައީސް ނަޝީދުގެ ސަޕޯޓަރެއްކަން އެގުނީ ތަންކޮޅެއް ފަހުން ނެވެ. ދެން ލިބުނީ ޕްރޮމޯޝަނެކެވެ.
ހަމަހަމަ
23 October 2019
ބިޝާމަށް ލިބުނު ފަދަ ހިމާޔަތެއް، އަދި ހަސަން ސައީދު ޤާޒީ އަށް، ލިބުނު ފަދަ ޕްރޮމޯޝަނެއް ޤާޒީ ރާޣިބަށް ވެސް ލިބުމަށް އެދި ދުޢާ ކުރަމެވެ.
އާމީން
23 October 2019
އާމީން