ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އޭރުގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު.---ފޮޓޯ: ރައީސް އޮފީސް
27 އޮކްޓޯބަރ 2019 - 11:05
އެމްއެމްޕީއާރުސީގެ ޚިޔާނާތް ހިންގި އިރު، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތުން ތަކުރާރުކޮށް ފައިސާ ނެންގެވި ކަމަށް ފުލުހުން މިދިޔަ ބުރާސްފަތިދުވަހު ތުހުމަތުކުރި ޕޮލިސް ކޮމިޝަރަކީ ހުސެއިން ވަހީދު ކަން "މިހާރު" އަށް ކަށަވަރުވެއްޖެ އެވެ.
ތަހުގީގީ އިދާރާތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ފުލުހުންގެ އިސް މަގާމްތަކުގައި ތިއްބެވި ބޭފުޅުންނަށް ޚިޔާނާތުގެ މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ އިރު ފުލުހުންގެ މުއައްސަސާގެ އިސް ވެރިއަކު ވެސް ތަކުރާރުކޮށް ފައިސާ ނެންގެވި ކަމަށެވެ.
ހަމީދު ވިދާޅުވި ގޮތުގައި ޚިޔާނާތުން މަންފާ ލިބުނު އޮފިސަރުންގެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑްސް އިން އަންނަނީ ބަލަމުންނެވެ. އެކަމަކު ތަކުރާރުކޮށް ފައިސާގައި ހިއްޕެވީ ފުލުހުންގެ އެންމެ އިސް ކޮން ބޭފުޅެއް ކަމެއް، އޭނާ ވިދާޅެއް ނުވެ އެވެ.
ފުލުހުންނާއި އޭސީސީ އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ބޭއްވި އެ ބައްދަލުވުމުގައި، ޚިޔާނާތުގެ ފައިސާ އިން ވަކިވަކި ފުލުހުންނަށް ބައި އަޅައި، ގާނޫނާ ޚިލާފަށް ބޮޑެތި ޖަރީމާތަކެއް ހިންގި ކަމަށް ތުހުމަތުކުރި އެވެ. އޭގެ ތަފްސީލުތައް ހާމަނުކުރިޔަސް "މިހާރު"އަށް އެނގިފައިވާ ގޮތުގައި، އަދީބާ އެކު ހިންގެވި ބައެއް މުއާމަލާތްތަކުން، އެ މުއައްސަސާ އަށް ސިޔާސީ ނުފޫޒު ފޯރާފައި އޮތީ ކޮމިޝަނަރަކަށް ހުސެއިން ވަހީދު ހުންނެވި އިރު އެވެ.
މިކަމާ ގުޅިގެން ހުސެއިން ވަހީދަށް "މިހާރު" އިން ގުޅުމުން އޭނާ އެއްސެވީ ތުހުމަތުކުރާ ޕޮލިސް ކޮމިޝަނަރެއްގެ ނަން ފުލުހުން އާއްމުކުރީތޯ އެވެ. ނުކުރާ ނަމަ، އެކަމުގައި ވާހަކަ ދައްކަވަން ބޭނުން ނޫން ކަމަށް ވިދާޅުވި އެވެ. އޭގެ ފަހުން ވިދާޅުވީ ނުހައްގު އެއްވެސް އަމަލެއް ހިންގަވާފައި ނޯންނާނެ ކަމަށެވެ.
ޕްރެސް ކޮންފަރެންސްގައި ފުލުހުން ބުނީ ޚިޔާނާތުގެ ތުހުމަތުކުރެވޭ ލިސްޓުގައި ހިމެނޭ އެއްވެސް މީހެއްގެ ނަން އާއްމުކުރަން ގަސްތުނުކުރާ ކަަމަށެވެ. އެއީ، ތަހުގީގުތައް ކުރިއަށްދާތީ ކަމަށް ޕޮލިސް ކޮމިޝަނަރު ހަމީދު ވަނީ ވިދާޅުވެފަ އެވެ.
ތުހުމަތުތައް ހުސެއިން ވަހީދު ދޮގުކުރެއްވި ނަމަވެސް، ފުުލުހުންގެ އެންމެ މަތީ މަގާމުގައި އޭނާ ހުންނެވި އިރު ފައިސާގެ ނުފޫޒު ފޯރުވި ކަމަށް އެންމެ ފުރަތަމަ ތުހުމަތުކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. ފުލުހުންގެ މުއައްސަސާ އަށް އާދަޔާ ޚިލާފަށް ފައިސާގެ ނުފޫޒު ވަދެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގި ކަން އާއްމުކުރެއްވީ އެމަނިކުފާނު ދަތުރު ކުރެއްވި "ފިނިފެންމާ" ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާ ހިނގުމާ އެކުގަ އެވެ. އަދީބު އިސްވެ ހުންނަވައި، ސަލާމަތީ ޚިދުމަތްތައް ފޫއަޅުވާލައިގެން ހިންގި ކަމަށް ތުހުމަތުކުރެވޭ މި ހާދިސާ ފަހު ފުލުހުންގެ އިދާރާއަށް ގެނައި ބަދަލުތަކުގެ ތެރޭގައި ހުސެން ވަހީދު ބަދަލުކުރެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.
ހުސެއިން ވަހީދު މަގާމުން އެކަހަރިކޮށް، އޭގެ ފަހުން، ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގުން ހަވާލުކުރީ ޑެޕިއުޓީ ކޮމިޝަނަރު ހަސަން ހަބީބާ އެވެ. ޚިޔާނާތުގެ މަންފާ ބޮޑެތި އަދަދުތަކުން ލިބިވަޑައިގަތް އޮފިސަރުންގެ ތެރޭގައި، އެ މުއައްސަސާއިން މިހާރު ވަކިވެފައިވާ ހަބީބުގެ ނަން ވެސް ހިމެނޭ ކަން "މިހާރު" އަށް ވަނީ ކަށަވަރުވެފަ އެވެ.
ތަހުގީގީ އިދާރާތަކުން އާއްމުކޮށްފައިވާ ގޮތުގައި ޚިޔާނާތުގެ މަންފާ ލިބުނު ލިސްޓުގައި 276 މީހަކު ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމް
28 October 2019
އައި ޑޯންޓް ނޯވ- ރައިސް ޔާމިން.
ހުއްބުލް ގަލަން
27 October 2019
އެމް.އެމް.ޕީ.އާރު.ސީ ގެ ހިޔާނާތުގައި ބައިވެރިވި އަދި މަންފާ ލިބިފައިވާ ހުރިހާ ފުލުހުންވެސް ވަޒީފާއިން ވަކިކުރަން ޖެހޭނެ. ރައްޔިތުންގެ އިތުބާރު ލިބޭނެ ގޮތަކީމީ
ޒުވާނާ.
27 October 2019
މީވަރައް އަނިޔާވެރި ވަހީދެއް ވަހީދު ކިޔައި ފިއްޔާ ވައްތަރުތީ
ކިނބޫ
27 October 2019
ތަކުރާރެއް ކިޔާނެ ކަމެއް ނެތް. މިކިޔަނީ އެމްޑީއެން އުވާލާ ލާދީނީ ބައިގަނޑަށް ފިޔަވަޅު އަޅާށޭ. ވާހަކަ އޮޅުވާލަން ނޫޅޭ. ކަލޭމެންވެސް ތިތިބީނު ކަޅުފައިސާއަށް އަދީބަށް ވޯޓު ވިއްކާފަ. އެކަން ބާއްވާ މިވަގުތަށް. މިހާރު މުހިންމީ ލާދީނީ ބައިގަނޑު ހަމަމަގަށް އެޅުވުން. މިވާހަކަ ހުއްޓުވަން ތިވާހަކަ ދައްކާނެ ކަމެއް ނެތް. ނުހުއްޓޭނެ. ނުހުއްޓުވޭނެ. ނުހުއްޓާނަން. ސާފުތަ؟
ހުސޭނު
27 October 2019
ކުށްވެރިވާނީ ފަނި އުފައްދާ އެފަނި މިގައުމަށް ފަތުރާލި އާބިދާގޭ އެސޮރު. މިހާރުން މިހާރަށް އެސޮރު ހައްޔަރުކުރުމަށްފަހު މިގައުމު ކުނިކަހާ ސާފުކުރުމަށް ސާފު ފުލުހުންނަށް ގޮވާލަން.
ފަނި
27 October 2019
އަދީބުއަކީ ކުރީގެ ސަރުކާރުގައި ކާކު އެޅުވި ފަންޔެއްކަން ޚުދު އެމީހެއްގެ އަމިއްލަ އަނގައިން މީހަކު ބުނެ ނޫސްތަކުގެ ޞުރުޚީގައި އެވާހަކަ ދައުރުވި ހަނދާން ހުރި މީހަކު ހަމަ ނެތީތޯ؟؟ މީ ކިހާ ސީރިއަަ
ޢެޑްމުންޑޯ
27 October 2019
މަޖްލީގެ އިއްޒަތްތެރި ރީދޫޕަރޓީގެ މިންބަރުންވެސް އަދީބުއަތުން ފައިސާނަގާގެން ދެއްވިވޯޓް ރައްޔިތުންނަށް އޮޅިފައިނެތޭ ، އަދީބު އަތުން މަންފާ ނުލިބޭ މީހަކު މަދުވާނެ ދެސަރުކާރުގެ އިސްމަގާމުތަކުގެ
ތަހުރިސާން
27 October 2019
މީގައި ކޮންމެހެން ޕާޓީއެއް ކުލައެއްގެ ވާހަކައެއް ދައްކާން ނޫޅޭ. ކޮންމެ މީހަކަށްވިޔަސް އެފައިސާލިބި އަދި އެއިން މަންފާ ހޯދާފާވަންޏާ އަދަބު ލިބެންޖެހޭ. އެއީ ހުރިހާއެންމެންހެން ދައްކަމުން އެދާވާހަކައަކީ.
އާޤިސާ
27 October 2019
ސަރުކާރު ތެރޭގައި ގަވަރން ކުރުމުގެ އާދަ އަށަގަންނަވަން ޖެހޭ. މިކަން ކުރެވޭނީ ހަރުދަނާ މީހުން މަތީ މަޤާމްތަކަށް އައްޔަން ކުރެވިގެން. ޕާޓީ ތަކަށް ގޮނޑި ބަހައިގެނެއް ނޫން.
އާޤިސާ
27 October 2019
މިއީ ގަވަރން ކުރުމުގައި ފެއިލް ވީމަ ވާގޮތް. ސަރުކާރު ހުރިހާ މުޢައްސަސާ ތަކެއްގައިވެސް ގަވަރނިންގެ ލޯ، ރެގިއުލޭޝަންސް އަދި ޕޮލިސީ އާއި ޕްރޮސީޖަރތައް ހުންނާނެ. ޗެއިން އޮފް ކޮމާންޑް އެގެން އޮންނާނެ. ޚާއްސަކޮށް ސަލާމަތީ ބާރުތަކުން ޗެއިން އޮފް ކޮމާންޑް ފޮލޯކުރަންޖެހޭ. އަދި އެއަށްވުރެ ބޮޑަށް ޤާނޫނުތަކާއި، ޤަވާޢިދުތަކާ އެއްގޮތަށް ޢަމަލުތައް ބަހައްޓަންޖެހޭ. މަތީން އެންގިއަސް ޤާނޫނާއި ޤަވާއިދު އަދި ޕޮލިސީތަކާއި ޚިލާފަށް ކަންކޮށްގެން ނުވާނެ.
ކެރެމްބޯޑް
27 October 2019
ތިބުނާ ގަވަރނިންކުރުމުގަަައި ފޭލްވީތޯ ނޫނީ ކުރީތޯ؟ ކާކު ނުވަތަ ކޮންބައެއް ޒިންމާ ނަގަންޖެހެނީ؟ ގައިމު ރައިއްޔަތުން އެމީހުންނަށް ލިބުުނުފުރުސަތުގައި ވޯޓުގެ ބޭނުންކޮށްފި ދެއްތޯ؟
ބޭބެ
27 October 2019
އަދީބުއަތުންނަގާ ކޮންމެފައިސާއަކީ ސަރުކާރުގެ ފައިސާތޯ؟