ބަންޑާރަ ނައިބު ރިފްއަތު: ޖަމްއިއްޔާތަކާ ބެހޭ އާ ގާނޫނެއްގެ ބިލް އެކުލަވާލައި، ރައީސް އޮފީހަށް ވަނީ ފޮނުވާފައި -- މިހާރު ފޮޓޯ/ހުސައިން ވަހީދު
27 އޮކްޓޯބަރ 2019 - 15:31
ޖަމިއްޔާތަކާ ބެހޭ އާ ގާނޫނެއްގެ ބިލް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ބަންޑާރަ ނައިބުގެ އޮފީހުން ރައީސް އޮފީހަށް މިއަދު ފޮނުވައިފި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ބިލްގެ މަގްސަދަކީ، ގާނޫނުއަސާސީން ލިބިދޭ ޖަމިއްޔާތައް އުފެއްދުމުގެ ހައްގު ފުރިހަމަ އަށް ދިނުމަށާއި އެކަމާ ގުޅޭ އުސޫލުތައް ހިންގުމާއި ޖަމިއްޔާތަކަށް ފައިސާ ހޯދުމާއި ދަރަންޏަށް ޒިންމާ ކުރުވުމުގެ އުސޫލުތައް ބަޔާން ކުރުމުގެ އިތުރުން އެ ތަންތަން ހިނގަމުންދާ ގޮތް ބަލައި، ޒިންމާދާރު ކުރުވުމާއި އުވައިލުމުގެ އުސޫލުތައް ބަޔާން ކުރުމަށް ކަމަށެވެ.
ބަޔާނުގައިވާ ގޮތުން ޖަމިއްޔާތައް ރަޖިސްޓަރީ ކުރުމާއި ހިންގުމުގެ އުސޫލުތައް މިހާރަށް ވުރެ ހަރުުދަނާ ކުރުމަށްޓަކައި އާ ބަދަލުތަކެއް ބިލުގައި ހިމެނޭނެ އެވެ. އެގޮތުން، އެހެން ގާނޫނެއްގެ ދަށުން ރަޖިސްޓަރީ ކުރާ ޖަމިއްޔާތަޢް ވެސް އެ ބިލް، ގާނޫނަށް ވުމާ އެކު، އެ ގާނޫނުގެ ދަށަށް ބަދަލުވުމާއި އެހެން ގާނޫނުތަކުގެ ދަށުން އުފެދޭ ޖަމިއްޔާތައް އެ ގާނޫނެއްގެ ދަށުން ހިންގާ ގޮތަށް ކަނޑައެޅުމާއި ދެ ޖަމިއްޔާއެއް އެއްކޮށްލުމުގެ އުސޫލުތައް ބިލުގައި ހިމެނޭނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެ އެވެ.
މީގެ އިތުރުން، ބޭރުގައި ރަޖިސްޓަރީ ކޮށްފައިވާ ޖަމިއްޔާތަކުން ރާއްޖޭގައި ހަރަކާތްތައް ހިންގުމުގެ އުސޫލުތަކާއި ޖަމިއްޔާތަކާ ބެހޭ ރަޖިސްޓްރާގެ ޒިންމާތައް ބަޔާން ކުރުމުގެ އިތުރުން ރަޖިސްޓްރާ އަށް ލަފާދޭ ކޮމިޓީއެއް އެކުލަވާލުން ވެސް އެ ބިލުގައި ހިމެނޭނެ ކަމަށް ބަޔާނުގައިވެ އެވެ.
ޖަމިއްޔާތަކުން ކުރާ ގާނޫނާ ޚިލާފް ކަންކަމާ ގުޅިގެން ފިޔަވަޅު އެޅުމުގެ އުސޫލުތަކާއި އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް،، ޖަމިއްޔާ އިން ކުރާ ގާނޫނާ ޚިލާފް ކަންކަން ހުއްޓުވުމުގެ ބާރު ވެސް ރަޖިސްޓްރާއަށް ދިނުން އެ ބިލުގައި ހިމެނޭނެ ކަމަށް ވެސް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.
މިހާރު އަމަލު ކުރަނީ 2003 ވަނަ އަހަރު އަމަލުކުރަން ފެށި ޖަމިއްޔާތަކާ ގާނޫނަށެވެ. ސަރުކާރުން އަލަށް އެކުލަވާލި ބިލް ފާސްވުމާ އެކު، ކުރީގެ ގާނޫނު އުވޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަން
27 October 2019
ޖަމިއްޔައާ ބެހޭ ޤާނޫނު އިސްލާހު ތި ކުރަނީ އެމް.ޑީ.އެން ފަދަ ޖަމާއަތް ކުއްވެރި ނުވާގޮތަށް ހެއްޔެވެ. އުއްމީދު ކުރަން އެހެން ނުވާނެ ކަމަށް.
އިލޮށި
27 October 2019
ބޭރު ދުނީގައި ރަޖިސްޓްރީ ކޮށްފައިވާ ޖަމްއިއްޔާތައް ނުވަތަ ބޭރުގެ ޖަމްއިއްޔާތައްވެސް ރާއްޖޭގައި ހަރަކާތްތެރިވާނީ ރާއްޖޭގެ ގާނޫނީ އިމުގެ ތެރޭގައެވެ. އަދި ދިވެހި ކޮޮންމެ ރައްޔިތަކުވެސް މިރާއްޖޭގެ ގާނޫނުތަކާ ގަވާއިދުތަކަށް ތަބާވާން ޖެހޭނެއެވެ.
މިއަދު
27 October 2019
ލާދީނީ ގްރޫޕްހިމެނޭ އެމްޑީއެން ހިމާޔަތްކުރަން ހާދައަވަސްއަރާގަތީ
ކޮރަލް
27 October 2019
ދެކޮޅަށް ވާހަކަ ދައްކާ ޖަމްއިއްޔާ ތައް ފަސޭހައިން އުވާ ލެވޭނެ ގޮތެއް ހޯދަނީ އެވެ.
ހަމޭން
27 October 2019
ތިޖަހާ ސަކަރާތް އިނގޭ އެންމެނަށް. ދެން ނަސީދޫ ބުނާނެ އެމްޑީއެން ނުއުވޭ ގޮތަށް ހަދާފަވއޮތް ގާނޫނެއް ނޫންވީމަ ބޭނުމެއް ނޫނޭ ތިފާސްކުރާކަށް. އެހިސާބުން ދީނަށްޓަކައި މިއަށްވުރެ ހެޔޮ މަސައްކަތެއް ކުރި މީހަކު ހުންނާނެތަ. ސާފުކޮށްފައި ދޮވެލަން ލާދީނީ ކަންތައްގަނޑު. އެކަމަކު ރައްޔިތުން ނޯޅޭނެ ތބިައި ދުވަހަކުވެސް. ކުޅޭނެ ވަރަކަށް ކުޅެންވީ ތި ޑްރާމާ
ޢަހްމަ
27 October 2019
އެމް.ޑީ.އެން އުވާނުލެވޭގޮތަށް ޤާނޫނު ބަދަލުކޮށްލީދޯ؟
ރިޔާޒް ރަޝީދު
27 October 2019
އެމް ޑީ އެން އަށް ހިމާޔަތް ދޭން ތެޅިގަތީ.
ނުވާނެއެހެންހަދައިގެން
27 October 2019
ސަލަފަށް ހިމާޔަށް ދޭން އުޅެގަތީ.
ރަދީފް
27 October 2019
ސަލަފަށް ހިމާޔަތްދޭނެތަ މިވަގުތު އޮތް ރެޖީމުން؟؟!
ޜިފް
27 October 2019
މަޖްލީހުގަ އެ ބިލު އޮންނަނީ ޔާމީނު ވެރިކަމުގަ ހުރިއިރުން ފެށިގެން. ޥެބްސައިޓު ބަލާލަބަލަ
ހަސަނާ2
27 October 2019
ޔާމީނު ދައުރު ލާފަ ހުރި ބިލްތަކުން އަވަސް އަރުވާލައިގެން ނާޖާއިޒް ފައިދާ ހޯދާލަން ރަނގަޅު ދަނޑިވަޅެއް ކަމަށް ބަލާފަ. ޙު ހޫން ކަލޭމެން އެކަނި ބޮލެއް ހުންނަނީ. އަމުދަކުން ޔާމީނު ދައުރު ލީ ބިލެއްވެސް ނުން. ހުސް ދޮގު. އަހަރުން މިތިބީ ބަލަން ތިގާނޫނު އިސްލާހު ކުރާ ގޮތް. އިސްލާމްދީނާ ދެކޮޅު މަސައްކަތްކުރާ ޖަމާއަތަށް ހިމާޔަތް ދީފިއްޔާ އެނގިދާނެތާ.
އުމަރުބެ
27 October 2019
ތިޔަ ހަދަނީ ހަދަންވާގޮތަށް، ދިވެހި ރާއްޖޭގެ ޤާނޫނުތަކާއި އިސްލާމްދީނާއި ޤައުމީ ނުރައްކާވާ ކަމަކަށް ހިއްވަރުދީ، އަދި ދިވެހިރާއްޖޭގެ އިޤްތިސާދަށް ގެއްލުންވާގޮތަށް ކަންތަށްކުރުމަށް އެއްވެސް ޖަމްއިއްޔައަކަށް، ޖަމާއަތަކަށް، ކުންފުންޏަކަށް އަދި އެއްވެސް ދިވެއްސަކަށް ފުރުސަތުދީގެންނުވާނެ، ހުރިހައި މީހުންގެ އަމާޒަކަށްވާންޖެހޭނި ޤައުމަށް ހިދުމަތްކޮށް ގައުމަށް ރީތިނަން ހޯދުމަށް، އެއީ ވެރިޔަކުވިޔަސް
ބަސް
27 October 2019
ކުރިން އޮތް ގާނޫނުގެ 19 ވަނަ މާއްދާގައި ތިހުރިހާކަމެއް ހިމެނޭ.
ހަމަ ބުއްދި
27 October 2019
އެއް ކަމަކަށް ދެވަނަ ޤާނޫނެއް ހެދުމަކީ ޤާނޫނީ ގޮތުން ރަގަޅު ކަމެއް ނޫނެވެ.ޤާނޫނެއް ހަދާފައިވާ ކަމެއްގައި ރަގަޅު ގޮތަކީ ކުރިން އޮތް ޤާނޫނު އިސްލާހު ކުރުމެވެ.1968 ގައި ޤާނޫނު އަސާސީ އެއް ހެދި ފަހުން ތިން ޤާނޫނު އަސާސީ ހެދިއިރު ވެސް އެެއްވެސް ޤާނޫނު އަސާސީ އެއް އުވާލާފައެއް ނުވެއެވެ.ކޮންމެ ފަހަރަކު ވެސް ޤާނޫނު އަސާސީ ކުރަނީ އިސްލާހެވެ. އަސްލަކީ 1968 ވަނަ އަހަރު އެކުލަވާލި ޤާނޫނު އަސާސީ އެވެ.
ކަލް
27 October 2019
ބަންޑާރަ އަނެއްކާ އެމްޑީއެން އަށް މަގުފަހިވާގޮތަށް ބިލުބަދަލުކޮށްލީކީ ނޫންތަ؟ ހަމަ އަހާލީ.