ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ. ސަރުކާރަށް އަބްދުއްރަހީމް ބަހުގެ ހަމަލަތަކެއް ދެއްވި.--- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
04 ނޮވެމްބަރ 2019 - 19:07
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމްގެ އަބުރު، އެމްޑީޕީން ކަތިލީ އެއްވެސް ބަލައިލުމެއް ނެތި ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމަކުން، ކްރިމިނަލް ގާޒީ ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ކޯޓުގެ ވައިބަ ގްރޫޕަކަށް ފޮނުއްވި މެސެޖަކާ ގުޅިގެން އޭނާގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ވަނީ ނިންމައިފަ އެވެ.
ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވީ، ގާޒީ ހައިލަމްގެ އަގު ވައްޓާލުމުގެ ނިޔަތުގައި އޭނާގެ ނަމުގައި ބަޔަކު ކުރީ "ފޭކް މެސެޖެއް" ކަމަށެވެ. ފޭކް އެކައުންޓަކުން ކުރި މެސެޖާ ގުޅިގެން ހައިލަމްއާ ދޭތެރޭގައި ފިޔަވަޅު އަޅަން މަސައްކަތް ކުރަމުންދާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އެހެންވީމަ، މިއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް. އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ރާއްޖޭގެ ޖުޑިޝަރީ ހަލާކު ކޮށްލުމަށް ކުރާ މަސައްކަތަކީ އަޅުގަނޑުމެން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމެއް،" ހައިލަމް ވަރަށް ބޮޑަށް ދިފާއު ކުރައްވައި އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެކަން ބެލޭނެ ދުވަހެއް ދާދި އަވަހަށް އަންނާނެ އެވެ. އަދި އިންސާފު ގާއިމުވާތަން އަވަހަށް ފެންނާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
ހައިލަމްގެ މެސެޖް އެގޮތަށް އައީ، މަނީ ލޯންޑްރިން މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މާދަމާ ހުކުމް އިއްވަން ތައްޔާރުވެފައި ވަނިކޮށެވެ. އެ މައްސަލަ ބައްލަވަނީ ވެސް ހައިލަމެވެ.
އަބްދުއްރަހީމް ވިދާޅުވީ، ޔާމީނާ ދޭތެރޭގައި ވަރަށް އިހާނެތިކޮށް، ޖައްސާލައިގެން ކަންކަން ކުރަމުންދާ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހިމެނިވަޑައިގަންނަވާ ގޮތަށް ސަރުކާރުގެ އިސްވެރިން ޝަރުއީ ނިޒާމުގެ ތެރެއަށް "އަތް ބޭނުމުގެ" މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ. އަދި ވިދާޅުވީ، ފަސޭހަ އިން ފިއްލެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހީފުޅު ކުރައްވައިގެން ނުވާނެ ކަމަށެވެ.
"އެ ޖާގަ އަޅުގަނޑުމެން ނުދޭނަން. ގާނޫނުގެ ކުރިމައްޗަށް ހާޒިރު ވާން ޖެހޭނެ. މިއަދު ހަނދުމަފުޅު ކުރަން ވާނެ ކަންތައްތައް ކުރައްވާ އިރު، ތިމަންނަ ޖަވާބުދާރީ ވާން ޖެހޭ ދުވަހެއް އަންނާނެ ކަން. އަޅުގަނޑުމެންގެ ސަރުކާރު ވެގެން ދާނީ އިންސާފު ހޯދައި ދޭ ސަރުކާރަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭމާ ވިދާޅުވި ގޮތުގައި ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތެއް ނުވާނެ އެވެ. އެހެންވެ، ވާދަވެރިން މަސައްކަތް ކުރައްވަނީ އެމަނިކުފާނުގެ އަބުރު ކަތިލަން ކަމަށް ވިދާޅުވި އެވެ.
"ނޮވެމްބަރު ފަހެއް ވެގެން ދާނީ ރައީސް ޔާމީންގެ އިއްޒަތާއި ގަދަރު ރާއްޖޭގެ މެދު އުޑުގައި ފިޔަ ޖަހައިގެންދާ ދުވަހަކަށް އެ ޔަގީން ކަމުގައި މިތިބީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތަން ފެންނަ ކުރެހުމަކުން، ގާޒީ ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވި މައްސަލައިގައި ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ގިނަ މެމްބަރުން މިއަދު މަޖިލިހުގައި ވަނީ ނުރުހުން ފާޅު ކުރައްވައިފަ އެވެ. އަދި ހައިލަމާ މެދުގައި ވަގުތުން ފިޔަވަޅު އަޅައި ސަސްޕެންޑް ކުރަން ވެސް މެމްބަރުން ގޮވާލެއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1234
06 November 2019
ކޮބާ މިކަމަކާއި ޔާމީނުގެ ޝަރިޢަތާއޮތް ގުޅުމަކީ ؟
އަޙުމަދު.
05 November 2019
އަދުރޭމެންގެ އަބުރުކަތިވެގެން ތިއުޅެނި ކިހިނެއްވެގެންތޯއެވެ ؟ ހައިލަމްގެ ނަމުގައި ފޭކު އެކައުންޓަކުން ކުރިމެސެޖެކަށް ވާތީތޯ އޭނަ އެކަމަށް މާފަށް އެދުނީ .ބާޓިނާ އާޓިނުގެ ފޭކު ބަލަން އެނގުނަސް ވައިބަރ މެސެޖު ތަކުގެ ފޭކު ބަލާކަށް އަދުރޭއަކަށް ނޭނެގޭނެ. އެނގޭނަމަ މިފޮމިލާ 50 ×200 = 200000 އީޖާދެއްނުކުރާނެ.
ޢަހމ
05 November 2019
ޜައްޔިތުން އެއްވެގެން ގޮސް މިގޮލަޔަށް ކުޑަކޮށް ނަސޭހަތްދޭންފެނޭ.
ދަންބީލަ
05 November 2019
އަބުރުކަތިލިމީހުން ފެންނަންތިތިބީ. ޝައިތާނުންގެބަހަށް ނުހެއްލޭމީހާވެސް އިންސާނުންގެބަހަށްހެއްލޭވާހަކައަކީ ތެދެއްކަން އެބަދޭހަވެެއެވެ. ހައިލަމަކީ ޒުވާނެކެވެ. ވިސްނުންހުންނާނެއެވެ. އެކަމަކުވެސް މިމީހުންގެބަހަށާއި ދަޅަޔަށް ހެއްލުނީތާއެވެ. ކިތަންމެދެރަވިނަމަވެސް ﷲގެނިޔާ އައުމުން އެއަށް ތަބަޢަނުވެ ގަދަދައްކާނީ ނުވިސްނޭމީހުނެވެ. އަދުރޭމެނަށް ވަޙީއެއްނާންނާނެއެވެ. އެކަމަކު ޙުކުމް ޔާމީނާއި ދެކޮޅަށް ނާންނާނެކަން އެނގެއެވެ. ކިހިނަކުންހެއްޔެވެ؟ މިއޮތީ!
މަގުފުޅާ
05 November 2019
އަދުރޭ... ކަލޭ ޖަހާ ހިސާބު ދިމަލެއް ނުވެއޭ. ކަލޭ އަހަރުމެން ރަށުގެ ހިސާބު ޓީޗަރަކަށް ގެންނަން ވެގެން ހާދަ މަސައްކަތެއްކޮށްފީމޭ. އެކަމަކުވެސް އެކަކުވެސް އެއްބަހެއް ނުވޭ. މިހާރު ތިޖެހި ހިސާބު ވެސް ދިމާނުވި. އަދި އިންސާފޭ ކިޔާ މަގު ފުޅާޓީނު ފުރާޅެއް ހެން އަނގަ ފުޅާ ކުރެއޭ.
ރަނގަޅު
05 November 2019
ހައިލަމް ގެ އަބުރައްބަލަން ހުރުން ނޫން ކޮންކަމެއް އަދުރެއަށް މިހާރުއޮތީ،
1234
05 November 2019
ތިބުނާއެއްޗެއް އޮވެގެނެއްނު ކަތިލާނީ ؟
ހަނު ހުންނަ މީހާ 1
05 November 2019
އަދުރޭ ރާީސާއޢި ކުރީގެ ރައީސް ބާގީންނާއި އެއްފަދަކޮށް އެދެބޭފުޅުންގެ އަބުރު ކަތިލިމީހާ ދިފާއުކޮށްވާހަކަ ދައްކާއިރު ލަދު ނުގަނޭތަ. އިންސާނެތްގެ ވިއްޔާ ގޮތެއް ހުންނަން ޖެހޭނެ. ތީ ބޮޑުވަރު
ަޔާން
05 November 2019
އަދުރޭ ތީ ހައިލަމްގެ ސްޕޯކްސްޕާސަންތަ?.
ތެއާސާ.
05 November 2019
ޚުދު ހައިލަމް އެބަބުނޭ ތިމަންނަ ކުރި މެސެޖެކޭ. އަދުރޭ މ ކިޔަނީ ބަޔަކު ހަދައިގެން އުޅޭ ފޭކު މެސެޖެކޭ. އެހެންވީމަ މި ދެމީހުންގެ ވާހަކަ ވަރަށް ބޮޑަށް މިނެކިރައި ވަޒަންކުރުމަށްފަހު އަހަރެން މި ނިންމަނީ އަދުރޭގެ ވާހަކަ ގަބޫލް ކުރަން. ހަހަހަހަހަ
ޖޭމްސް ޖިމް
05 November 2019
އަސްލެވެސް. އަހަރެންވެސް ހިތަށްއެރި ކިހިނެތްހޭ އަދުރޭއަށް އެނގުނީ މިއީ ބަޔަކު ހަދައިގެން އުޅޭ އެއްޗެއްކަން. އެއީ އަދުރޭ އޭތި އެދިކަމަށް ނުވަންޔާ