ރައީސް (ވ7) އަދި ފިނޭންސް މިނިސްޓަރު (ވ4) ވޯލްޑް ބޭންކުގެ ވަފުދާއެކު- ފޮޓޯ: ވޯލްޑް ބޭންކް
10 ނޮވެމްބަރ 2019 - 11:49
ވޯލްޑް ބޭންކުގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ މައުލޫމާތު ހޯއްދެވުމަށް އެ ބޭންކުގެ އިސް ބޭފުޅުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުގެ އިސް ފަރާތްތަކާ އިއްޔެ ބައްދަލު ކުރައްވައިފި އެވެ.
ތިން ދުވަހަށް ރާއްޖެ ވަޑައިގަތީ، ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންތަކެކެވެ. މި ބޭފުޅުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ބައްދަލު ކުރެއްވީ އިއްޔެ އެވެ. މީގެ ކުރިން މި ބޭފުޅުން ވަނީ ހުޅުމާލޭގައި، މިހާރު ކުރިއަށްދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ވޯލްޑް ބޭންކްގެ އެހީގައި ކުރިއަށް ގެންދާ އިއާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓްތައް ވެސް ބައްލަވާލައްވައިފަ އެވެ.
ރައީސްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދާއި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސާދިގާއި އައްޑޫ ސިޓީ ކައުންސިލްގެ އިސްބޭފުޅުންނާ ބައްދަލުކުރެއްވި އެވެ. އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ އައްޑޫގެ ކައުންސިލާއި ޕާލޭ މޯލްޑިވްސްގެ މަންދޫބުންނާ ވެސް އެ ބޭފުޅުން ބައްދަލު ކުރެއްވި އެވެ.
ފިނޭންސް މިނިސްޓަރާ އެކު ބޭއްވެވި ބައްދަލުވުމުގައި މާލީ ނިޒާމްގެ ތެރެއިން ތަރައްގީ އާއި ކުރިއެރުމަށް ހުރި ފުރުސަތުތަކާއި ދަތިތަކުގެ އިތުރުން ސަރުކާރުން އިސްކަންދޭ އިސްލާހީ ފިޔަވަޅުތަކަށް އެ ބޭންކުން އެހީތެރިވެދެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެއްވި އެވެ. އަދި އަމިއްލަ ފަރާތްތަކުން އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުގެ ވެބްސައިޓުގައިވެ އެވެ.
އެހީދޭ އެކި ފަރާތްތަކުން ގާއިމްކޮށްފައިވާ ޓްރަސްޓް ފަންޑު މެދުވެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އައްޑޫ އަށް ލިބޭ އަދި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށްޓަކައި ފުރިހަމަކޮށްފައިވާ ކަންކަން ވެސް ވޯލްޑް ބޭންކުގެ ޑިރެކްޓަރުން ބައްލަވާލެއްވި އެވެ. މި މަޝްރޫއު ކުރިއަށް ގެންގޮސްފައި ވަނީ، ޔޫރަޕިއަން ޔޫނިއަން އަދި ޑީއެފްޓީއާ ގުޅިގެން، ވޯލްޑް ބޭންކުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުރަބޯ
11 November 2019
އެމީހުން އައުމަކީ ރީނދޫ ދަންތުރަ ސަރުކާރު ވަރަށްބޮޑު ލަދެއްގައި ބެދޭނޭ ކަމެއް. ސަބަބަކީ ވޯލްޑްބޭންކުން ދިން ލާރިއަށް އެއްވެސް ކަމެއް ނުކުރެވި ލާރިކޮޅުވެސް ހުސް ވެފައިވާތީ.
ދޮން ހަސަނު
11 November 2019
ކަލޯ މިތާނެތް މިހާރު އެއްކަމެއްވެސް
އާފްޓަރ
10 November 2019
ބަލާފަ އެމީހުން ބުނާ އެއްޗެއް ބަލާލަން ބޭނުމީ. ކީކޭބާ ބުނާނީ؟
ފީއަލީ
10 November 2019
މިހާރު އެންމެ ގަދަޔަށް ހިނގަނީ ގެއްލުމުގެ ބަދަލު ދިނުމުގެ މަޝްއޫރުތައްާ
ޒުވާނާ.
10 November 2019
ކޮންތާކު ހިނގާ ތަރައްގީއެއްބާ ސަރުކާރުން އެކުލަ ވާލި 5 އަހަރުގެ ފަތުރު ވެރިކަމާ ބެހޭ މާސްޓަރ ޕުލޭންގަ ހދ ގެ އެންމެ ރަށެއް ވެސް ހިމަނާފަކާނު ވޭ މީއަދި ސަރުކާރުން ހަރަދެއް ވެސް ކުރަންޖެހޭ ކަމެއްނޫން ފޮރިން އިން ވެސްޓަރަކައް ލުޔެއްދީފަ މަގުފަހިކޮއްލަން ޖެހޭކަމެއް މި ވަރު ވެސް ނު ވިބައެއް ސަރުކާރުގަ ތިބީ
ތތތހހ
10 November 2019
ބަނޑު ހަންގަނޑި. އެމީހުން އައީ މިގައުމުގެ އިގްތިސާދީ ހާލަތު ބަލަން. ބޮލަން އެނބުރުން އެރި ވާހަކަ އަޑު އެހިން. މިދިޔަ 5 އަހަރު މިގައުމުގެ ހާލަތާ މިހާރުގެ ހާލަތު ފެނި ގައުމު ބަނޑަށް ޖެހޭނެކަމަށް ބުނީ.
ސަރުކާރުސޫސް
10 November 2019
ސޮރީ ވޯލްޑް ބޭންކް. ޕްރޮޖެކްޓުތައް ފަށާނަން ފަށާނަން ފަށާނަން. ފެށެނީ ކުޑަ ދުވަސްކޮޅަކުން.
އަށްގޮދާ.
10 November 2019
ކޮންތާކު ހިނގާ މަޝްރޫއު ތަކެއްބާ....؟؟؟ އެމްޑިޕީ ހަރުގޭގަބާ؟؟ އަޖާއިބެއް.
ބޮޑުމީހާ
10 November 2019
ޕްރޮޖެކްޓެއް އެބަ ހިގާތަ އެމީހުން ބަލަން
ތތތހހ
10 November 2019
ކަރުދާހުގައި ހަވާލުކޮށް ފައިސާ ދީފަ ހުރި ރަސީދުތައް ދީ. ޕްރޮޖެކްޓް ހިންގާފަ އެއޮތީ.
ރަދީފުއްދީނުލް އަކްބަރު
10 November 2019
ތިޔަކުދިން އަރާނެ ޕުލެޓުފޯމެއް ހަދަންޖެހޭނެ.