އުއްތަމަ ފަނޑިޔާރު: ސުޕްރީމް ކޯޓުގެ އެއްވެސް މުވައްޒަފަކާ މެދު ގާނޫނާ ޚިލާފަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައި -- ފޮޓޯ/މިހާރު
13 ނޮވެމްބަރ 2019 - 13:34
ސުޕްރީމް ކޯޓުގެ ޑިރެކްޓަރު އާތިކާ އިބްރާހިމް ސަސްޕެންޑްކުރީ ގަވައިދާ ޚިލާފަށް ކަމަށާއި ކޯޓުގެ މުވައްޒަފުންނާ މެދު ގާނޫނާއި ގަވާއިދުގެ ބޭރުން ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އިއްޔެ އާތިކާ ސަސްޕެންޑްކުރީ ޑީޖޭއޭ އިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އެވެ.
އެކަމާ ގުޅިގެން އުއްތަމަ ފަނޑިޔާރު ނެރުއްވި ބަޔާނުގައި ވިދާޅުވީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ ދަށުން ކޯޓެއްގެ އެއްވެސް މުވައްޒަފަކާ މެދު ފިޔަވަޅު އެޅޭނީ އެ މުވައްޒަފަކު މަސައްކަތްކުރާ ކޯޓު ނުވަތަ އިދާރާއެއްގެ ބެލުމުގެ ދަށުން ކަމަށާއި އެފަދަ މައްސަލައެއް ޑީޖޭއޭ އަށް ބެލޭނީ ވެސް އެ ކޯޓެއްގެ މުވައްޒަފުންނާ ބެހޭ އިސްވެރިޔާ އެކަން ބެލުމަށް ފަހުގައި ކަމަށެވެ. އަދި މުވައްޒަފަކު ވަޒީފާ އިން ސަސްޕެންޑް ކުރެވޭނީ ވެސް އެ ކޯޓަކާ މަޝްވަރާ ކުރުމަށް ފަހު ކަމަށް ގަވާއިދުގައި ބުނާއިރު، އާތިކާއާ މެދު ފިޔަވަޅު އެޅީ އެ އުސޫލުތަކުގެ ބޭރުން ކަމަށް އެ ބަޔާނުގައިވެ އެވެ.
ސުޕްރީމް ކޯޓުގެ އެންމެ އިސް ފަރާތަކީ އުއްތަމަ ފަނޑިޔާރު ކަމަށް ގާނޫނު ބުނާއިރު، އުސޫލުތަކާ ޚިލާފަށް ޑީޖޭއޭ އިން އަމަލު ކުރަމުން ދާތީ އެމަނިކުފާނުގެ މަސްއޫލިއްޔަތުތައް އަދާކުރަން ހުރަސް އެޅޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އުއްތަމަ ފަނޑިޔާރު ވަނީ ސުޕްރީމް ކޯޓުގެ އެއްވެސް މުވައްޒަފަކާ މެދު ގާނޫނާ ޚިލާފަށް ފިޔަވަޅުތައް އެޅުމުގެ ފުރުސަތު އެމަނިކުފާނު ނުދެއްވާނެ ކަމަށާއި އެހެން ކޯޓުތަކުން ވެސް އެ ފުރުސަތު ނުދެއްވާނެ ކަމުގެ ޔަގީން އެބައޮތް ކަމަށް ވިދާޅުވެފަ އެވެ.
އެ ބަޔާނުގައިވާ ގޮތުން، ގަވާއިދާ ޚިލާފްވި ކަމުގެ އެއްވެސް ޝަކުވާއެއް އާތިކާއާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފައެއް ނެތެވެ. އެހެންވެ، އުސޫލުތަކުގެ ބޭރުން އޭނާއާ މެދު ފިޔަވަޅު އެޅުމުން އެކަމާ މެދު ހިތާމަކުރައްވާ ކަމަށް ވިދާޅުވި އެވެ. އަދި ދިފާއުވުމުގެ ފުރުސަތެއް ވެސް ދިނުމެއް ނެތި ސަސްޕެންޑް ކުރުން ފަދަ ފިޔަވަޅުތައް އެޅުމަކީ މުވައްޒަފުންގެ ހިތްތަކުގެ ބިރުވެރިކަން އުފެދި، މަސްލަހަތު ގެއްލިދާނެ ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ސުޕްރީމް ކޯޓުގެ ޑިރެކްޓަރު އާތިކާ ސަސްޕެންޑް ކުރުމާ ދެކޮޅަށް އުއްތަމަ ފަނޑިޔާރު ބަޔާން ނެރުއްވިއިރު، ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލް ޑރ. ހުސައިން ފާއިޒްގެ މަސައްކަތަށް ހުރަސް އަޅުއްވައި، އޭނާ ވަޒީފާ އިން ވަކިކުރާނެ ކަމުގެ އިންޒާރު ދެއްވި ކަމަށް ބުނެ އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންނަނީ ބަލަމުންނެވެ. އެކަމަކު އުއްތަމަ ފަނޑިޔާރު އެ ތުހުމަތުތައް ދޮގު ކުރައްވަ އެވެ.
މީގެ އިތުރުން އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އެހެން ބައެއްް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ވެސް ޖޭއެސްސީން މިހާރު ދަނީ ބަލަމުންނެވެ. އަދި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ ވެސް ދާދިފަހުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުބޭ
13 November 2019
މިއަދު ޖޭއެސްސީ އެކުރައްވާ މަސައްކަތަށް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން އުފާކުރަމެވެ. މިރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑުމައްސަލައަކީ އަދުލު އިންސާފް ނެތިދިއުމާ އަދުލު އިންސާފް ގާއިމް ވެފައިނެތުމެވެ. އެމް ޑީ ޕީ ރައްޔިތުންނަށް ވެރިކަމަށް އަންނަން އެންމެ ބޮޑަށް ވިއްކީ ފަޑިޔާރުގެ އިސްލާހް ކުރާނެ ކަމާ އަދުލު އިންސާފް ގާއިމް ކޮއްދޭނެ ކަމެވެ. އެގޮތުން މިއަދު އުއްތަމަ ފަޑިޔާރު ތިޔަދައްކާ ވާހަކަ އަޑުއަހާނެ ރައްޔިތަކު ނެތެވެ.
ޝިރުވާނާއި އަހައްމައިދީގެ ހައްޖު
13 November 2019
ލާދީނީ ނަޒީރު އަހަރެމެން ކަނޑާލީވެސް ހަމަ އެހެން. ޙައްޖުގެ މަތިވެރިކަން ފަނޑިޔާރުންނަށް ފަސޭހަގޮތެއްގައި ފޯރުކޮށްދޭތީ ލާދީނީ ނަޒީރު އަހަރެމެން ކަނޑާލީ އިންސާފުންހޭ؟ ގައުމުގެ އުއްތަމަ ފަނޑިޔާރަށް ވެސް ނޭނގި ފިޔަވަޅު އެޅީ.
އާނިރު ނަސީރު
13 November 2019
އުއްތަމަ ހަނދުމަފުޅު ނެތުނީތޯ ސުޕުރީމުންގެ ބާރުގައި ކަންކަން ކުރެއްވި ގޮތްތަކާއި، ސިއްރިޔާތުގައި ހިންގެވި އެޖެންޑާތައް. ސުޕީރިއާ ކޯޓްތަކުގެ އިސް މަގާމްތަކަށް އިންޓަވިއުކޮށް ހެދުމަށްފަހު ޝަރުތު ހަމަނުވާ މީހުން އެ މަގާމްތަކަށް ނެގިފައިވާ މައްސަލަތައް އޭސީސީ ގައި އެއޮތީ ފުނިޖެހިފަ. ކޮބާތޯ މިކަމުގެ ސިއްރުތައް. ކޮބާތޯ ޙައްގު ނިގުޅައިގަނެވި މާޔޫސް ކޮށްލި މީހުންގެ ވޭނީ އިހުސާސް. ޝަރީޢާ ކިޔަވައިގެން ތިބެ ޖާހިލުގޮތުގަ އުޅުންތައް ބަހައްޓަން ހެޔޮވާނެތޯ؟
ފަހުމީ
13 November 2019
ދެއިރު ދެ ދަޅަޔަށް ޙުކުމް ބަދަލު ކުރި ފަނޑިޔާރަކު މަރުވުމުގެ ކުރިން ތެޅޭނެ، މިރާއްޖޭގެ ޢަދުލުސުންނާފަތި ކުރިމީހުން ކަލޭމެންތީ. ބޭރުކުރޭ، މާ ލަސްވެސް ވެއްޖެ. އާޖީލާ ޙަވާލުކުރޭ. މިސްރުން ޢަރަބި ބަސް ކިޔެވިޔަކަސް، ފަޑިޔާރުކަމަށް ކުފޫ ހަމަނުވޭ.
އިބިރިހިންބެއްޔާ
13 November 2019
"ދިވެހިރާއްޖޭގެ ގާނޫނާއި އިސްލާމީ ޝަރީޢަތް"
އުއްތޭ
13 November 2019
އުއްތޭމެން ވެސް އުޅުއްވާ ގޮތް އޮތަ. އަހަރެމެން މިބުނަނީ، ތީމަޤާމަށް ކުފޫ ހަމަވާ ބައެއްނޫނޭ. ދެންވެސް ގަދަކަމުން ވަޒީފާގަ ބަގުޑިބައްދަވަން ނޫޅުއްވާ ރީއްޗަށް ގެއަށް ވަޑައި ގަންނަވާ.
އަޙުމަދު.
13 November 2019
ޤަވާއިދު އެނގޭނީ ހަމައެކަނި ތިމާ މީހާއަކަށް ނޫނެވެ. އެހެންމީހުނަށްވެސް އެނގޭނެ. މީހުންގެ މަށްޗަށް ނުހައްގުން ކޮށްފައިހުރި ޝަރީއަތްތަކާ ކޮށްފައިހުރި ޙުކުމްތަށް ބާލާލިއަސް ތީ ކުފޫހަމަވާ ބައެއް ނޫންކަން އެނގެއެވެ. މުޅި ޝަރުއީ ނިޒާމް ޕެރެލައިޒް ކޮށްގެން ތިބިބަޔަކު ދެން މާގަދަބަސްބުނަން ނުހަދާށެވެ.
ވަގު ކަދުރު
13 November 2019
ސްޕްރީމް ކޯޓުގެ ސްޕޯރކްޕާރޝަން އެކޯޓުގެ އުއްތަމަ ފަނޑިޔާރުގެ ޕާރސަނަލް ސެކްރެޓަރީ އެކަމަނާގެ ސަސްޕެންޝަން އުއްތަމަ ފަނޑިޔާރު ކުއްވެރި ކުރައްވައިފިކަމަށް އެކޯޓުގެ ސްޕޯރކުސް ޕާޝަން ވިދާޅުވެއްޖެ.
ހާސިމް
13 November 2019
ގާނޫނު އަސާސީ ބަދަލު ކޮއްގެން ގެނާމީހަކު އޭނާގެ މަގާމު ދިފާއުކުރަން ޖެހުނީމާ ހާދަވަރަކަށް ތެޅިފޮޅި އުޅޭނެތާ ؟ އަދި އޭނާ ހިތަށް ވެސް އަރާނީ އޭނާއަކީ ގާނޫނު އަސާސީއަށް ވުރެން މާ މަތީ ގާނޫނެއް ގަވާއިދެއްވެސް ނުހިގާނެ މީހެއްކަށެވެ.
ބާދަލް 2019
13 November 2019
4 މީހުން ބޭރު ކުރުމަށް ފަހު މުޅި މުވައްސަސާ އެބަ ޖެހޭ ރިވިވް ކުރަން!
ބޭޝަރަމް-----
13 November 2019
ތިތަނުން ގަދަ ބަސް ބުނާ ހުރިހާ އެންމެން ބޭރުކުރަން މަގުފަހިވަނީ