ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުން އަންނަ ކުއްޖަކު އެ މަރުކަޒުގެ ފާރުމަތީގައި ހުރި އިރު މީހަކު އެ ކުއްޖާއާ ވާހަކަ ދައްކަނީ: އެ އިމާރާތް މަރާމާތުކުރަން އިންޑިއާ ސަރުކާރުން ދިނީ 1.9 މިލިއަން ރުފިޔާ
20 ނޮވެމްބަރ 2019 - 15:13
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބޭތިއްބުމަށް ހުޅުމާލޭގައި ހަދާފައިވާ "ފިޔަވަތި" އިމާރާތުގެ މަރާމާތަށް އިންޑިއާ ސަރުކާރުން 1.9 މިލިއަން ރުފިޔާ މިއަދު ދީފި އެވެ.
މިއީ އިޖުތިމާއީ އަދި އިގްތިސާދީ މަޝްރޫއުތަކަށް އެ ގައުމުން ރާއްޖެ އަށް ދީފައިވާ ހިލޭ އެހީގެ ތެރެއިން މި ކަމަށް ކަނޑައެޅި ފައިސާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުންޏެވެ.
މި ފައިސާގެ އެހީގައި، ފިޔަވަތި އިމާރާތުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމާއި ފަރުނީޗަރު އާ ކުރާނެ އެވެ. އަދި އެތަނުގައި ދިރިއުޅޭ ކުދިންގެ އާންމު ބޭނުންތަކަށް ކަނޑައަޅާފައިވާ ޖާގަަ ވެސް އިތުރުކުރާނެ ފޮރިން މިނިސްޓްރީން ބުނެ އެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި، "ފިޔަވަތި" އިމާރާތުގެ މަރާމާތަށް ފަހު، އެއީ ކުޑަކުދިން ގަޔާވާ، ހިތްފަސޭހަ ތަނަކަށް ވާނެ އެވެ.
"ފިޔަވަތި" ގެ މަރާމާތަށް އިންޑިއާ އިން ކަނޑައެޅި ފައިސާ އަކީ މިދިޔަ މާޗު މަހު އެ ގައުމުގެ އޭރުގެ ފޮރިން މިނިސްޓަރު ޝުޝްމާ ސްވަރާޖް ރާއްޖެ އަށް ކުރެއްވި ދަތުރުގައި އެއްބަސްވި ހިލޭ އެހީގެ ތެރެއިން ބައެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސެންޓޭ
20 November 2019
އިންޑިއާއިން އެހީ ނުދޭކަމެއް ނެތް. ތިޔަކަމުގެ އަޑި ނުވާނެ ރަނގަޅެއް..
އެންދެރި
20 November 2019
ބޮޑު އަދަދަކުން ދަރަނި ވެރި ވެފައެވެ. އިންޑިޔާ ލޯން ތަކުގެ ސަބަބުން ނެވެ.
ހުތާ
20 November 2019
އިމާރާތެއްގެ ޓިނުގަނޑެއް ބަދަލު ކުރިއަސް އަދި މަގެއްގައި ލައޓެއް ހަރުކުރިއަސް އިންޑިޔާގެ ދީލަތި އެހީގައި، އިންޑިޔާއަކީ މަގުމަތީ ސަލާމްޖަހާ މަގުމަތީ ދިރިއުޅޭ އެތައް މިލިއަން މީހުނެއް އަދި ފާހާނާ ނެތި އެތައް ގެއެއް ބޯނެ ސާފުފެންފޮދެއް ނުލިބޭ އެތަކެއް ވިލެޖެއް ހިމެނޭ ގައުމެއް، އެމީހުންގެ ކަންކަން ރަނގަޅު ނުކޮށް ރާއްޖެއަށް އެހީވުނުގައި ބޮޑުކަމެއްވާނެކަން ޔަގީން.
ފާތުމަަ މިސްކިތް
20 November 2019
ދެން ތި ލާރިކޮޅުވެސް ކާލާ
އަލީ ރާޖާ
20 November 2019
ސަރކާރުގެ ވެރިންގެ ކާރު ދޮންނަންވެސް ގެނެބަލަ