އޭޑީކޭ ހޮސްޕިޓަލް: ކުޑަކުއްޖަކު ވެއްޓިގެން އަންނަނީ ފަރުވާ ދެމުން-- ފޮޓޯ: ހުސެއިން ވަހީދު/މިހާރު
20 ނޮވެމްބަރ 2019 - 14:58
ހެންވޭރު ގެއެއްގެ ހަތަރު ވަނަ ބުރިން ވެއްޓި ކުޑަކުއްޖަކު މިއަދު ޒަހަމްވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަަލަކު ވިދާޅުވީ ވައިޖެހޭމަގުގައި ހުރި ގެއަކުން ކުއްޖަކު ވެއްޓިގެން 2:30 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ކުއްޖާއަށް އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
އެ ހާދިސާގައި ޒަހަމްވި ކުއްޖާގެ އުމުރެއް އަދި ނޭނގެ އެވެ. އަދި ކުއްޖާއަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް ވެސް އަދި ނުލިބެ އެވެ.
"މި މައްސަލައާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަތްނެތްކުއްޖާ
20 November 2019
މިހުންނަނީ ބެލެނިވެރިން ޒިންމާ ނަގަން ޖެހޭނެ ކަންކަމުގައި ދެކެން.
ސުވާލު
20 November 2019
އާމީން
ގަރުބަޗޯފް
20 November 2019
ބަލަ މިހިރަ ޤަމާރާ! އާމީން ތި ކިޔުނީ ކުޑަ ކުއްޖަކަށް އަނިޔާއެއް ލިބިގެންތަ! ރަގަލަށް ޙަބަރު ކިއުމަށްފަހު ކޮމެންޓް ކޮއްބަލަ މިދެން ބޮޑުވަރު!
ބަށިބޯން
20 November 2019
މާލޭގެ ދިރުއުޅުމުގެ ހާލަތު ހުރިގޮތުން މިކަހަލަ ހާދިސާތައް މެދުވެރިވަނީ! ލިފްޓުގޮޅިންނާއި ބެލްކަނިތަކުންވެސް މީހުން ވެއްޓޭނެ. ކުއްޖާއަށް އަވަސް ޝިފާއެއްއެދެން!
ބަލް
20 November 2019
ބަލަން ވާވަރަށް ނުބެލެނީ . .
ބޮޑުމީހާ
20 November 2019
ކުއްޖާއަށް އަވަސް ޝިފާއެއް މިންވަރުކުރައްވާށި! އާމީން!