ފުލުހުންގެ މައި މަރުކަޒު: ކުޑަ ކުއްޖަކާ ކޯޓުން ބޭރުގައި ކައިވެނިކޮށް ބަލިވެ އިން މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން.
23 ނޮވެމްބަރ 2019 - 16:18
ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ފިކުރުގެ ތެރެއިން އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު ޖިންސީ ޝިކާރައަކަށް ހެދި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ 13 އަހަރުގެ ކުއްޖަކު ބަލިވެ އިން ކަމުގެ ރިޕޯޓާ ގުޅިގެން މައްސަލަ ބަލަމުން އަންނަ ކަަމަށެވެ. ކޯޓުން ބޭރުގައި، ސައްހަ ނޫން ކައިވެންޏެއް ކޮށް، އެ ކުއްޖާ އަށް އަނިޔާވެރިވި މައްސަލަ ފުުލުހުންނަށް ހުށަހެޅީ ޖެންޑާ މިނިސްޓްރީންނެވެ.
ކުޑަކުދިންނާ ކައިވެނި ކުރުމަކީ ގާނޫނާ ޚިލާފު އަމަލެކެވެ. އަމުދުން ކޯޓުން ބޭރުގައި ވަގު ސެޓްފިކެޓަކުން ހަރުކަށި ފިކުރުގެ "ޝިކާރައަކަށް" އެ ކުއްޖާ ހަދައި ބަލިވެ އިނުން، ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ މީހުން މާނަ ކުރަނީ "ރޭޕްކުރުން" ކަމަށެވެ.
މި މައްސަލަ ޖެންޑާ އަށް ކުރިން އެނގިފައި އޮތް ކަން ސާފެއް ނޫނެވެ. އާއްމުންނާ ހަމައަށް މިކަން ތިލަވީ، ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއިލް ހައްމާދު، ދޯންޏެއްގެ ތެރޭގައި މަރާލަން އުޅުނު މައްސަލައިންނެވެ. އަންހެން ކުއްޖާއާ ގާނޫނާ ޚިލާފަށް ކައިވެނި ކޮށްގެން އުޅުނީ ހައްމާދު ކަމަށް ތުހުމަތު ކުރެ އެވެ.
ދީނީގޮތުން ހަރުކަށި ފިކުރަށް ތަބާވާ ހައްމާދަށް އެރޭ ހަމަލާދިނީ، އޭނާއާ އެކު ދެން ތިބި މީހުން ކުރަން ރޭވި ކަމަކަށް ބައިއަތު ނުހިފުމުން ކަމަށް ވެ އެވެ. އެއީ ކޮން ކަމެއް ކަން ސާފުނުވިޔަސް އޭނާ އެކު އެރޭ ދޯނީގައި ދެން ތިބީ ވެސް އެ ފިކުރުގެ މީހުން ކަމަށް ވެ އެވެ.
އޭގެ ތެރެއިން ބައެއް މީހުން ވެސް އުޅެނީ ކޯޓުން ބޭރުގައި ސައްހަ ނޫން ކައިވެނިތަކެއް ކޮށްގެން ކަމަށް ވެ އެވެ. ރަސްމީ އިދާރާތަކުން މިކަމުގައި އަދި ވާހަކައެއް ނުދައްކަ އެވެ.
ޖެންޑާ މިނިސްޓްރީން ކުރި ޓުވީޓުގައި ބުނީ ކުޑަކުއްޖަކު ބަލިވެއިން ކަމުގެ ރިޕޯޓެއް ލިބުމާ ގުޅިގެން މިނިސްޓްރީން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ވަގުތުން ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި ތުހުމަތުކުރެވޭ ބޮޑެތި މީހުންނާ މެދު ފިޔަވަޅު އަޅައިދިނުމަށް ފުލުސް އޮފީހަށް ހުށަހަޅާފައިވާ ކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަަމަށް އެ މިނިސްޓްރީން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައިކޯ
25 November 2019
ކަންވެ ނިމުނީމަށް ކޮން ވާހަކައެއް ދައްކާކައެއް އަދިވެސް ސިއްރު ކޮށްގެން އުޅޭ!ޖެންޑާ މިނިސްޓްރީ ފޭލްް! ކޮން ގާނޫނެއް އޮތީ!ބޭނުން ކަމެށް ކުރެއްވީ އަދަބެއް ނުދެވޭނެ!
ކޮތަރު
24 November 2019
ޝޭހުންނަށް އޯކޭވާނެ.
އަސްތާ
24 November 2019
ބަލިވެ އިނުން ދޯ މައްސަލައަކީ.. ޒިންމާ ވާން ޖެހޭނީ ހެއްދެވި ފަރާތް ބާ!!
ބައޯކަލޯ
24 November 2019
13 އަހަރު ކުދިން ގެ މައިންބަފައިންވެސްމީ ކިހާނުބައި ބައެއްހެއްޔެވެ....
ހަތްދިހަފަހެއް
24 November 2019
މިފަދަ ގިނަމައްސަލަތކަުގައި ޖެންޑަރ މިނިސްޓްރީ ވަނީ ފެއިލްވެފައި މިމައްސަލާގައިވެސް ޖެންޑަރ މިނިސްޓަރ އިސްތިއުފާންދޭންޖެހޭ އަދި އެވުޒާރާގައި ކޭސްވޯރަކުންގެ މަސައްކަތް ބަލަހައްޓަން ހުންނަ އަކުރަމްވެސް މަގާމުން ދުރުކުރަންޖެހޭ
ިއިބްރާ
23 November 2019
ދޮގު އެއީ ކުޑަކުއްޖެއް. ކުޑަކުދިން ބަނޑުބޮޑުވޭތޯ؟
ސަރިނާ
23 November 2019
ޤާނޫނީ ގޮތުން ކުޑަކުއްޖަކަށް ބެލެވުމާ ޠަބީޢީގޮތުން ބޮޑު މީހަކަށް ވުމާ އެއީ ދެކަމެކެވެ. އެހެންކަމުން ކުޑަކުއްޖަކު ބަލިވެއިންކަމަށް ބުނެވިދާނެއެވެ.
ޢަބްދުﷲނާފިޒް
24 November 2019
މިހިނގާ ނޮވެމްބަރު މަހުތެރޭ، މަޖިލިހުގެ ތަޅުމުގަ މެމްބަރަކު ޑިމާނޑުކުރީ އަންހެންކުއްޖާ ބޮޑު ވުމުން ( 9 އަހަރު ވިޔަސް ބާލިޣުވުމުން )ކައިވެނި ކުރެވޭނެކަމާ، މަޖިލިހުން ފާސްކުރާ ޤާނޫނަކުން އެކަން މަނާ ނުކުރެވޭނެ ކަމަށްބުނެ، މި މެމްބަރު އެދުވަހުގެރޭ ޖޭޕީގެ ޖަލްސާގަ ވަރަށް ދުފާފަ އިންދާ ފެނުނު.
ބޯބުރާ
24 November 2019
ކަލޭގެ ދަރިއެއް 13 އަހަރުގައި ވިހޭމާ ކަލޭ ހުންނާނަންތަ އަތްޖަހަން އެއީ ބޮޑު އަންހެނެކޭ ގޮވާފަ؟
ޙުއޭ
24 November 2019
ނުވާނެ އެއީ ކަޑައެޅިގެން ދޮގެއް
ދިލް
24 November 2019
ިއިބްރާ، ކަލޭތީ ހަމަ ޔަޤީނުންވެސް ތަސައްރަފު ނުފުދޭ ކުޑަ ކުއްޖެ، ނޫނީ، ބުއްދި ފިލާ ގޮސްފައިވާ ބޮޑު ފިރިހެނެއް! އެހެންވެ މިފަދަ ދަނޑިވަޅެއްގައި ތިހެން ޖެއްސުން ކޮމެންޓު ކުރަން ކަލެއަށް ތި ކެރުނީ.
ޢަލަމާ
24 November 2019
އެހެންވިއްޔާ ގާނޫނީގޮތުން ބުނަންވެސްޖެހޭނީ ޠަބީޢީގޮތުންވިޔަސް ބޮޑުވީމަ ބޮޑުވާނީ
ރަށުމިހާ
23 November 2019
މައުމޫން ގެންގުޅެއްވި ސިޔާސަތު މާރަގަޅެއްނޫން ހުރިހާ ޢިލްމުވެރީން ތިބީބަދެފާ.
ކޮތަރު
23 November 2019
މައުމޫނު ކަންތަށްކުރީ ރަގަޅަށް.
ބަބުރުލް ސަލީމް
23 November 2019
ކައުންސިލު އޮންނަނީ ނިދާފައިތަ؟ ކޮންމެ މީހެއްފަހަތުގާ ފުލުހެއް ނެހެއްޓޭތަ؟ ދެން އަނެއްކާ މިހާޒިންމާދާރުކުޑަބަޔަކަށް އެޅުއުޅެނީ ބޮޑެތި ބާރުތަކެއް ދޭން. ދެން ހުރިހާކަމެއް ދާނީ ފާލުންނައްޓައިގެން.
މާދުރު ތަރި
23 November 2019
ހޯރަ އިއްބެ އަށް ފިޔަވަޅު އެޅުނުތޯ؟ އޯޑަރު އައީ ސީދާ ބޮޑު ވަޒީރުގެ ނަންބަރުން! ދެން ބޮޑު ވަޒީރުގެ ޕަޕެޓް ރައީސް ޖެހުނީ ހޯރަ އިއްބެ ދޫކުރަން! މިކަހަލަ ކިތަންމެ ކަމެއް! މިގައުމު ނަޝީދުގެ ކިނބައިން ސަލާމަތްވެ، ހަމަ ނޭވާއެއްލާ ކަންކަން އިސްލާހު ކުރަންވެއްޖެ! ޕަޕެޓް ރައީސްގެ އެވަރުގެ ގަޓު ހުންނަން ޖެހޭ!
ނަޝީ
24 November 2019
ބަލަ ހޯރަ އިއްބެ ޖަލުހުކުމެއްގަ ޖަލުގައި ހޭދަކުރި ގިނަ ދުވަސް ތަކެއްގައި. މިދީނީ ކަމަށްބުނާމީހުން ރައްޖޭގައި ޖަރީމާ ހިންގާ އަދިވެސް އެމީޙުންގެކޮޅު ކުރިއަރުވަމުން މިނިވަންކަން މަތީ އެތިބީ. ކަމެއްވާ އިރަށް ސިޔާސީ ނުވެބަލަ މާދުރުތަރި. ކޮމަންޓް ލިޔާނީ މައުލޫމާތު ސާފު ކޮށްފަ
މާމުއިކުޅަނދުރު
23 November 2019
މިޒާތުގެ ހުރިހާ މީހުން ހޯދާ ހިފާ ހައްޔަރުކޮއް އެންމެ ބޮޑު އަދަބު ތަކުން އަދަބު ދޭންވީ. މި މީހުންނަކީ އިންސާނުން ތަކުގެ ތެރޭގައި ގެންގުލެން ހެޔޮވާ ވަރުގެ ބައެއް ކަމަކަށް ނުދެކެން. ހައްޔަރުކުރޭ. ހައްޔަރުކުރޭ.
ޙުއޭ
24 November 2019
ޙާދަ ބިރެކޭ ތިޔަ ގަންނަނީ