ޖޭއެސްސީގެ މެމްބަރުންތަކެއް: މެޖިސްޓްރޭޓުންނަށް ފޯނު އެލަވަންސް ދޭން މަޖިލީހަށް ހުށަހަޅަން ވަނީ ނިންމާފައި -- މިހާރު ފޮޓޯ/ހުސައިން ވަހީދު
24 ނޮވެމްބަރ 2019 - 15:35
މެޖިސްޓްރޭޓުންނަށް ވެސް ފޯނު އެލަވަންސް ދޭން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
ފަނޑިޔާރުންގެ ތެރެއިން މިހާރު ފޯނު އެލަވަންސް ދެނީ މާލޭގެ ސުޕީރިއާ ކޯޓުތަކާއި ހައި ކޯޓާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައިވަނީ މެޖިސްޓްރޭޓުންނަށް ވެސް ފޯނު އެލަވަންސެއް ދޭންޖެހޭ ކަމަށް އެ ކޮމިޝަނަށް ގަބޫލު ކުރެވޭތީ މެޖިސްޓްރޭޓުންނަށް ފޯނު އެލަވަންސްގެ ގޮތުގައި މަހަކު 500ރ. ހަމަޖައްސައި ދޭން މަޖިލީހަށް ހުށަހަޅަން އެ ކޮމިޝަންގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓާއި ހައި ކޯޓާއި ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުންނަށް މަހަކު 1،000ރ.ގެ ފޯނު އެލަވަންސެއް ދެ އެވެ.
މީގެ އިތުރުން ތައުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަނޑިޔާރުންނަށް ވީހާ ވެސް ފުޅާކޮށް ފަހިކޮށް ދިނުމުގެ ގޮތުން ހަރުދަނާ ސިޔާސަތެއް އެކުލަވާލައި، އާންމުކުރަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް އެންގުމަށް ވެސް ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ޖޭއެސްސީގެ މިއަދު ބައްދަލުވުން ބޭއްވީ ލ. ފޮނަދޫގަ އެވެ. އެ ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީ ރިޔާސަތު ބެލެހެއްޓެވި އެ ބައްދަލުވުމަކީ މާލެއިން ބޭރުގައި އެ ކޮމިޝަންގެ ޖަލްސާއެއް ބޭއްވި ފުރަތަމަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1111
24 November 2019
އަޅުގަނޑުވެސް ބޭނުން އަންނައުނު އެލަވަންސް ލިބޭނެތޯ؟
ޙަސަންފުތު
24 November 2019
މުސާރައިގެެ ފަރަގު ނައްތާލާ
އިއްސެ ހަނދި
24 November 2019
ތިޔައީ ތަފާތު ކުރުމެއް، ފޯން އެލަވަންސް 1000 ދޭން ޖެހޭ
ޙަސަންފުތު
24 November 2019
މާލޭ ކޯޓުތަކާ އެއްހހ ހަމަ ކުރަން ގޮވާލަން
ާއުނިމާ
24 November 2019
ތިޔަ އެލަވަންސް ދޭން އެންމެ އައުލާކަންބޮޑީ ޓީޗަރުންނަށް،، އެބޭފުޅުންނަށް އޮފީސް ފޯނެއްވެސް ނުއިދޭ، ޕޭރެންޓުންނާއި ސޮކޫލާދޭތެރޭ ކޮމިއުނިކޭޓްކުރަންޖެހޭ އަބަދުވެސް
މުވާހ
24 November 2019
އެއީ ކީއްވެ ދޭއެއްޗެއްކަންވެސް ވިސްނާ ނުލާ ކޮމެންޓް ކުރާހެން ހީވޭ. ޓީޗަރުންނަށްވެސް ލިބެންޖެހޭ އެކަމަކު މެޖިސްޓްރޭޓުންނަކީ ވަރަށް ގިނައިން ދަތުރުކުރަންޖެހޭ ފޯނު ބޭނުންޖެހޭ ބައެއް. ބައެއް މީހުން މުސާރަ ބޮޑު ވާހަކަވެސް ދައްކާ، ފަނޑިޔާރުންކުރެ ރަނގަޅަށް ތިބޭ މީހުންނަކީ މުއްސަނދި ބައެއް ނޫން. އެމީހުންނަށް އިތުރު ވަޒީފާއެއް އަދައެއް ނުކުރެވޭ. ޓީޗަރުންގެ ތެރޭގައި އެބަތިބި ވަރަށް ގިނަފައިސާ ނަގާ މީހުން ޓިއުޝަންދީގެން.
ދފަފަސފަ
24 November 2019
އޮފީސް ފޯން ނެތީތަ؟
ޢަހު
24 November 2019
ޓިޔަހުރީ ހަމަ ހަމަ ކުރެވިފަ