ސުޕްރީމް ކޯޓު: އެ ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ މުއްދަތު ވަނީ އިތުރު ކޮށްފައި -- ފޮޓޯ/މިހާރު
28 ނޮވެމްބަރ 2019 - 12:48
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމުގެ މުއްދަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން މިއަދު ހަވީރު ހަތަރެއް ޖެހުމާ ހަމައަށް އިތުރުކޮށްދީފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ތިން މަގާމެއް ހުސްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އާދަމް މުހައްމަދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުންނާއި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ އަރީފް ފަނޑިޔާރު ކަމުން ރިޓަޔާވެ ވަޑައިގަތުމުންނެވެ.
އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީން ކުރިން ހުޅުވާލާފައި އޮތީ މިއަދު މެންދުރު 12 އާ ހަމައަށެވެ. އެކަމަކު ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައި ވަނީ އެ ފުރުސަތު މިއަދު ހަވީރު 4 އާ ހަމައަށް އިތުރު ކޮށްފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ ޝަރުތަކީ އުމުރުން 30 އަހަރުވުމާ އެކު، ގާނޫނީ ދާއިރާއިން ނުވަތަ ޝަރީއާ އިން ޑިގްރީއެއް އޮތުމާ އެކު ފަނޑިޔާރު ކަމުގައިި ނުވަތަ ވަކީލު ކަމުގައި މަދުވެގެން ހަތް އަހަރުގެ ތަޖްރިބާ ހުރުމެވެ.
ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކަކަށް ބިނާކޮށް، މަޖިލީހުންނެވެ.
ހަތް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބެވީ އެ ކޯޓަށް ދާދި ފަހުން އައްޔަން ކުރެއްވި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ. އޭގެ ތެރެއިން ފަނޑިޔާރު ޣަނީ ވެސް މަގާމުން ވަކިކުރަން ޖޭއެސްސީން އޮތީ މަޖިލީހަށް ފޮނުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަހުން ދަވާލި ޗޯރު
28 November 2019
ކޮބާހޭ ނައީމާއާ ފްލެގްމޭންއާ. މިމީހުން ރަނގަޅުވާނޭ ސްޕްރީމް ފަނޑިޔާރުންނަށް. ނުލާހިކު އިންސާފުވެރިކޮށް ކުރާނޭ
ދިޔާނާ ސަހީދު
28 November 2019
ކާކަށް ފޯމް ފުށަހަޅަން ދިން ޗާންސެއް ތޯއެވެ؟ އަސްލު މީހާއަށް އަދި ފޯމް ނުލެވި އޮތީ ތޯއެވެ؟
ގޯގޯގޮގޯ
28 November 2019
ކުރިމަތިލާންޖެހޭ މީހާ 12 ޖަހަންވާއިރަށް ރާއްޖެއަށް ނާދެވޭތީ ފްލައިޓް ލޭންޑްކޮށް ފޯމުގައި ސޮއިކޮށް ހުށަހަޅަން ވަގުތުކޮޅެއް ދިނީ ދޯ؟
އަލީ!
28 November 2019
ކޮންމެހެން އެހެންނެހެދިޔަސް ރައީސް ބޭނުންނަމެއް ފޮނުވޭނެ.
އޮނަރަބްލް އަފީފު ދީދީ
28 November 2019
އެންމެ 4 ގަނޑިއިރު ؟! ކީއްވެގެންތޯ 1 ނުވަތަ 2 ދުވަސްވަރު ނުދެއްވީ؟ # މިފަހަރު ނަންގަވާ ބޭފުޅުންގެތެރޭގައި ދައުލަތުގެ އުއްތަމަ ފަނޑިޔާރު މަނިކުފާނު ގެ ޒިންމާ އަދާކުރައްވަވާނެ ބޭފުޅާ ހިމެނިވަޑައިގަންނަވާނެކަށް ހީކުރަން. # ރަނގަޅުގޮތަކީ 3 ޖާގައަށް ކުރިމަތިލާބޭފުޅުންގެތެރެއިން މިފަހަރުވެސް މަޖިލީހުން 1 ބޭފުޅަކު ނެންގެވުމަށްފަހު އަނެއްކާވެސް އަލުން އިތުރު 3 ބޭފުޅުންނަށް އިއުލާންކުރުންް
އަލިހަންޑޯ ޓޮލޭޑޯ
28 November 2019
ތިޔަގޮތަށް މުއްދަތު އިތުރުކުރާނީ ތިޔަ މަޤާމަށް ލާންބޭނުންވާ ބަޔަކަށް ފުރުޞަތު ދިނުމަށް. ތިއީވެސް ކޮރަޕްޝަންގެ އަމަލެއް.