ޚަބަރު / ރައީސް އަބްދުﷲ ޔާމީން

ޔާމީނަށް ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޯޓަށް ވަޑައިގަތުމަށް މިދިޔަ ބުރާސްފަތި ދުވަހު ގެކޮޅުން ނުކުމެވަޑައިގެން ސަޕޯޓަރުންނާ ސަލާންކުރައްވަނީ. -- ފޮޓޯ: ނިޝާން އަލީ / މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ މައްސަލައިގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި މިއަދު އިސްތިއުނާފްކޮށްފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޚިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި މަންފާ ހޯއްދެވިކަން ސާބިތުވެ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ޔާމީންގެ މައްޗަށް ވަނީ ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކޮށް ހުކުމްކޮށްފަ އެވެ. އެ ހުކުމާ ގުޅިގެން ޔާމީން މިއަދުގެ ވަގުތެއްގައި މާފުށީ ޖަލަށް ބަދަލުކޮށްފަ އެވެ.

ޕީޕީއެމް/ޕީއެންސީން ބުނީ ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރި އިރު، ދެ ކަމަކަށް އެދިފައިވާނެ ކަމަށެވެ. އެއީ ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކޮށް ދިނުމަށާއި އެމަނިކުފާނު ކަފާލާތުގެ ދަށުން ދޫކޮށްލުމުގެ އަމުރަކަށެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ގުޅިގެން ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިހާތަނަށް އައިއިރު، ޔާމީން ބަހައްޓަނީ މާފުށީ ޖަލުގެ ކޮން ގޮޅިއެއްގައި ކަން ސާފުވެފައި ނުވާތީ އެ ކަން ބަލަމުންދާ ކަމަށެވެ.

ގާނޫނީ ގޮތުން ފުރިހަމަކުރަން ޖެހޭ މެޑިކަލް އެސެސްމަންޓް އަދި އެހެނިހެން އިޖުރާއަތްތައް ފުރިހަމަ ކުރުމުގެ ބޭނުމުގައި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ޔާމީން ހުންނެވީ މާލެ ޖަލުގަ އެވެ. އަދި އެމަނިކުފާނު ހުންނެވި ގޮޅީގެ ހާލަތު ދަށް ކަމަށް ބުނެ، ޔާމީންގެ ވަކީލުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޔާމީންގެ މައްޗަށް އިއްވި ހުކުމް އިދިކޮޅު ފަރާތްތަކުން ބަލައެއް ނުގަންނާނެ އެވެ. ޔާމީންގެ މައްޗަށް ޝަރީއަތް ކުރީ ސިޔާސީ މަގްސަދެއް އޮވެގެން ކަމަށާއި އެމަނިކުފާނަށް ހުކުމް ކުރީ އެމަނިކުފާނުގެ އޮތް ތަރައްގީގެ ވިސްނުންފުޅުގެ ސަބަބުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެމަނިކުފާނު (ޔާމީން) ގެ ތަރައްގީގެ ސިޔާސަތު ބައްޓަންކޮށްފައި އޮތް ގޮތުން، އެމަނިކުފާނު ތަރައްގީ ކުރެއްވުމުގައި ބޭނުންވާ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި އެމަނިކުފާނު އިހްތިޔާރު ކުރެއްވި މަގުގެ ސަބަބުން (ހުކުމް ކުރީ)،" ފޮނަދޫ ދާއިރާގެ މެމްބަރު ކަން ކުރެއްވި އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ޔާމީންގެ މައްޗަށް ހުކުމް އިއްވީ ސަރުކާރު ކޯލިޝަންގައި ތިއްބެވި ޕާޓީތަކުގެ ބޭފުޅުން ފަހަތުގައި ތިބެގެން ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އަދި ޔާމީން މިނިވަން ކުރުމަށް މެދުނުކެނޑި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށް ހުންނެވި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

މި ސަރުކާރު ފެށުނު ފަހުން، ޔާމީނަށް ވަރަށް ބޮޑަށް އަނިޔާވެރިވެފައިވާ ކަމަށާއި ޔާމީންގެ މައްސަލައިގެ ކޮންމެ މަރުހަލާއަކަށް ވެސް ސަރުކާރުން ނުފޫޒު ފޯރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީން ވަނީ އަންނަ ހުކުރު ދުވަހުގެރޭ ކާނިވާ ސަރަހައްދުގައި ބޮޑު އެއްވުމެއް ބާއްވަން ނިންމައިފަ އެވެ. އަދި ޔާމީން މިނިވަން ކުރުމަށް ގޮވާލައި ކޮންމެ ރެއަކު މުޒާހަރާ ކުރާނެ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފަ އެވެ.

17 ކޮމެންޓް, 67 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 4%
icon angry icon angry 63%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

‫ތަކަފޮލި

01 December 2019

‫ތިވަރު ވެސް މަދު. އިތުރަު 1. އަހަރުދީ.

The name is already taken The name is available. Register?

ެއެއްކަލަރަށުމީހާ

01 December 2019

ޖަލުގައި ހުރުމާ، މުޒާހިރާ ކުރުމަށް ނިކުމެ މަގުތަކުގައި އުޅުމަކީ ވޭންހުރި ކަމެއްކަން ބަޔަކަށް މިއަދު ވިސްނޭތީ އުފާކުރަން. މީހަކަށް ލިބޭ އަދަބަކަށް ހަޖޫޖަހާ އުފާ ފާޅުކުރާކަށް ނެތިން. އެކަމުވެސް ހަނދާނަށް ގެނޭ. ކިތައްމީހުނަށް ކިތައް ލާއިންސާނީ އަނިޔާދީ، އެވާހަކަ ދެއްކީމާ ހައްޔަރުކުރީ ނަމާދަށް ހުއްޓއިހޭ، ގޭގައޮއްވަހޭ، ސަޖިދައިގައި އޮއްވައިހޭ ކިޔައި އެތައް ބަޔަކަށް ކިހައި މަލާމާތެއް ކުރި ބަޔަކުތޯ މިއަދު ނިކުމެ މިވާހަކަ މި ދައްކަނީ؟

The name is already taken The name is available. Register?

ހަލަނި

01 December 2019

ޙުކުމް ވިއްޔާ ވާނީ ބޮޑު ކުޑައެއް ނުވާނެ

The name is already taken The name is available. Register?

ހާމިދުބެ

01 December 2019

ފެންނަ ފެނުމަށް، ހީވަނީ، ސަރުކާރުގައި މިހާރުތިބި މީހުންނަށް ގަބޫލު ނުކުރެވޭ ކަމެއްހެން، މިގައުމު ތަރައްޤީވެ ރައްޔިތުން މުއްސަނދިވެ، ފާގަތި ދިރިއުޅުމެއް އުޅުމަކީ. ތިބެންޖެހޭނީ، ބޭސްފަރުވާއަށް ކައިރި ކަރަކަރައަށް ގޮސް، ނިކަމެތިންގޮތުގައި ސަލާމް ޖަހަން. ރައްފުށު ޖަޒީރާ، 1955 ގެ ދިރިއުޅުމުގައި. އޭރުންނު އަޅުންގެ ގޮތުގައި ތިބޭނީ.

The name is already taken The name is available. Register?

99999

01 December 2019

ވައްކަން ކުރިއޭ ބުނާނަމަ ތިއީ ގަމާރެއް. މިހިންގި ޝަރީއަތަކީ، ބޭންކުން އަމަލުކުރާގޮތް ނުބައިވުމުން ހިނގި ޝަރީއަތެއް. މީސްމީޙުން ޖަމާކުރާ ފައިސާ ތާރީޚްޖަހައި ވަކިވަކިން ނުބެހެއްޓުން މައްސލައަކީ، 10 މިލިއަން ހުއްޓަ އޭގެ ތެރެއަށް، ނުބައި މިލިއަނެއް ލީމަ 11 މިލިއަނުން 1 މިލިއަން ނަގާ ނުބައިފައިސާ، ވަކިކޮށް، 10 މިލިއަނުން 1 މިލިއަން އިންވެސް ޓް ކުރީމަ މިއިންވެސްޓުކުރި ފައިސާ މިވަނީ މަނީލޯންޑްރިންއަށް. ވައްކަމާ، މަނީލޯންޑްރިންގެ ޑެފިނިޝަން އޮޅިއްޖެ.

The name is already taken The name is available. Register?

ރީތި މޫސަ

01 December 2019

ތިމަނީލޮންޑުރިންކުރި އެހެންމީހުން ކޮބައިތަ؟ ކީއްވެބާ ޔާމިނުއެކަނި ތިޖަލަށްލަނީ އެމެންވެސްލާބަލަ

The name is already taken The name is available. Register?

ސާފު ހުދު

30 November 2019

ބަލަ ޔާމީނެއް ކާމީނެއް ބަލާނެކަމެއް ނެތް ބަހުރުވަ ރީތިކޮށްލަން މަނީލޯންޑްރިންނޭ ކިޔަނީ. އެއީ ކުޅަ ބޮޑު ވައްކަމެއް. އެކަމަށް އޮންނަ އަދަބު ޖެހޭނީ ދޭން. ނުހައްގުން ހާދަބަޔަކަށް އަނިޔާކުރި ވެރިއެކޭ ޔާމީނަކީ.

The name is already taken The name is available. Register?

5656

01 December 2019

ތިތިބީ އޮޅިފައި. ﷲ ހައްދު ކަނޑައެޅުއްވި ކުށެއް ވައްކަމަކީ. ރައީސް ޔާމީން ތިކިޔާ 1 މިލިއަން ހުރީ އޭސީސީގެ ބެލުމުގެ ދަށުގައި، ދައުލަތަށް ދީފަ. އެއީވެސް އަމިއްލަފުޅަށް. ވާނުވާ ނޭނގި މީހުންނަށް ވަގަށްގޮވާ. އެނގޭތަ ކިހާފާފައެއް ހުރިކަމެއްކަން ވަގަށް ގޮވުމަކީ؟ ނޭނގޭ، އެހެންވެ ބުނަނީ، އިލްމެއްނެތިއްޖެނަމަ މަގުފުރެދިދިއުން ދާދިކައިރިކަމަށް.

The name is already taken The name is available. Register?

ކަކުނިބޯ

30 November 2019

ހަގީގަތުގައި ހުކުނ އިސްތިޔުނާފު މިކުރީ ޖޫރިމަނާ އިތުރުކޮށް ޖަލުމުއްދަތުވސް ދިގުކޮށްލުމަށް ހެން ހީވަނީ ޕީ ޕީ އެ މް އިން ވެރިކަ މަށް ތެޅިފޮޅޭ ބައިގަޑު ގިނަވާނެ

The name is already taken The name is available. Register?

ނިކަމެތިރައްޔިތުމީހާ

30 November 2019

ވަރަށް ބޭއިންސާފު. ދިވެހިންނަށް ތަރައްޤީ ގެނެސްދިން ބަތަލު ޖަލުގަހުންނައިރު ވަރަށް އަސަރުކުރޭ. ޚާއްސްކޮށް ބްރިޖްމަތިން ދާއިރު. މިސަރުކާރުން ރޯމާދުވާލު ކޮށްފަހުރި ހުރި ވައްކަން މާގިނަ. ވެރިކަމަށް އެރިގޮތަށް ބަދަލޭ ކިޔާފަ ޕާޓީކުދިންނަށް ބައިތުލްމާލު ބަހާ ހުސްކޮށްލީ:ނޫމަޑިއަށް 848 މިލިއަން ރުފިޔާ, ދީބާޖާއަށް 174 މިލިއަން، ބިޒްނަސް އިމޭޖް ގްރޫޕް(ބިގް) 78 މިލިއަން، ސީޖީޓީ ލިމިޓެޑަށް 22 މިލިއަން، އިބުރާއަށް 50 މިލިއަން . ހެޔޮވާނީ ކިހިނެއް. 810

The name is already taken The name is available. Register?

ގެދާނޯމޮސް

30 November 2019

ކަންފަތަށް ނީވޭ ލޮލަށް ނުފެންނަ ބަޔަކު އިންސީންގެ ތެރޭގައި ވާކަމަށް އަލްބަޤަރާ ސޫރަތުގެ 07 އާޔަތެއްގައި ވެއެވެ.

The name is already taken The name is available. Register?

ޫކަދުރު

01 December 2019

30 އަހަރުގެ ތަރައްޤީގެ ބާނީވެސް ހަމަކަކާނުލާ ޖަލުގަބޭއްވިދޯ؟ ޢެިއިރު މާލޭގެ ގާއެޅިމަގުތަކުގަ ދުއްވިއިރު އަދަރެއް ނުކުރޭތަ؟

The name is already taken The name is available. Register?

456321

01 December 2019

ދިވެހިންގެ ތެރޭގައި ގިނަ ތިވައްތަރު. އިލްމީ ގޮތުން ވަރަށް ނިކަމެތި ހާލެއްގައި ދިވެހިން މިތިބީ؟ އަމިއްލަ ސިކުނޑި އޮތީ ސިޔާސީ ނުލަފާ، އަމުދުން ލާދީނީ މީހުނަށް ގޮސް ހުސްވެފައި.

The name is already taken The name is available. Register?

ރަށުމީހާ

30 November 2019

އަދުރޭ. ކަލޭމެން ހިތައް އަރާގޮތައް ކަންތަކެއް ނުވާނެ. ނިކަން ކަލޭމެންގެ އާރާ ބާރު އޮތްދުވަހު ކަން ކުރިގޮތް ހަނދާން އެބަހުރިހޭ.

The name is already taken The name is available. Register?

555555

01 December 2019

ދިވެހިގައުމުގެ ހަޒާނާއަށް، 700 މިލިއަން އިތުރުކޮށްދީ، އޭޝިޔާގަނެތް ފެންވަރުގެ ހޮސްޕިޓަލެއްހަދާ، އޭޝިޔާގެ ނެތްވަރުގެ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތައް ހިންގީ، ޖުމްލަ، 840 ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓް ހިންގި. 5 އެއަރޕޯޓް، 20 ރަށުގެ ބިންހިއްކި. 25 ބުރީގެ 16 ޓަަވަރު، 2 ވަނަ ހުޅުމާލެ، ބްރިޖް، ހޮސްޕިޓަލް، މާލޭގައި އެތަށް ޕާކެއް. ހުޅުމާލޭގައި ބޮޑުސިންގާ އިންޖީނުގެއެއް. ޖީޑީޕީ ބޮލަކަށް 400 ޖެހެނިކޮށް އެ 1200 އަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454