ސިވިލް ކޯޓު ހިނގާ ޖަސްޓިސް ބިލްޑިން: އެ ކޯޓު ވަނީ ރިސެސްއަށް ގޮސްފައި -- ފޮޓޯ/މިހާރު
01 ޑިސެމްބަރ 2019 - 13:48
މިއަދުން ފެށިގެން ސިިވިލް ކޯޓު ރިސެސް އަށް ހިނގައްޖެ އެވެ.
ސިވިލް ކޯޓުން ބުނީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކުރިން ނިންމާފައިވާ ގޮތުގެ މަތިން މިއަދުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނީ ރިސެސްގައި ކަމަށެވެ.
ރިސެސްގެ މުއްދަތުގައި ވެސް ވަގުތީ އަމުރުގެ މައްސަލަތަކާއި އަވަސް ނިޔާގެ މައްސަލަތައް އެ މައްސަލައެއް ބައްލަވާ ފަނޑިޔާރަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން ކުރިއަށް ގެންދާނެ ކަމަށް ސިވިލް ކޯޓުން ބުންޏެވެ. އަދި އިދާރީ މަސައްކަތްތައް ވެސް އެ މުއްދަތުގައި ކުރިއަށް ގެންދާނެ ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.
ސިވިލް ކޯޓު ރިސެސްއަށް ދިޔައިރު، ސުޕްރީމް ކޯޓު ވެސް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ރަސްމީ ދުވަހާ ހަމައަށް ވަނީ ރިސެސްއަށް ގޮސްފަ އެވެ. ޑިސެމްބަރު މަސް ފެށުމާ އެކު ހައި ކޯޓުގެ ރިސެސް މުއްދަތު އާންމު އުސޫލުން ފެށޭ ގޮތަށް އޮތަސް، ހައި ކޯޓުން މިހާރު ވެސް ބައެއް ޝަރީއަތް އެބަ ކުރިއަށް ގެންދެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy