ސުއޫދާއި މުއުތަސިމް: ސުޕްރީމް ކޯޓަށް މި ދެ ބޭފުޅުންނަށް ރުހުން ހޯދަން ރައީސް ވަނީ މަޖިލީހަށް ހުށަހަޅުއްވާފައި.
02 ޑިސެމްބަރ 2019 - 01:44
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރީގެ ފަނޑިޔާރު މުއުތަސިމް އަދުނާނާއި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދުގެ ނަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
އެ ދެ ބޭފުޅުންގެ ނަން ހުށަހެޅުއްވި ކަން ރައީސް އިއުލާން ކުރެއްވީ މިރޭ ކުރެއްވި ޓުވީޓަކުންނެވެ. ދެ ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުއްވީ އުއްތަމަ ފަނޑިޔާރަކަށް މުއުތަސިމް އަދި ފަނޑިޔާރުންނަށް ސުއޫދާއި ހައި ކޯޓުގެ ފަނޑިޔާރު އަދި ޖޭއެސްސީގެ މެމްބަރު އަބްދުއްރައޫފް އިބްރާހީމް އައްޔަން ކުރެއްވުމާ މެދު ޖޭއެސްސީގެ ލަފައަކަށް ރައީސް އެދިވަޑައިގަތުމަށް ފަހު އެވެ.
ރާޢްޖޭގެ އުއްތަމަފަނޑިޔާރުކަމަށް މ.ގުލްފާމްގެ އޒ. އަޙްމަދު މުޢުތަޞިމް ޢަދުނާން އަދި ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ސ.މީދޫ، ހަސަންކާރިގެ އޒ. ޙުސްނުއްސުޢޫދު ޢައްޔަންކުރުމަށްޓަކައި އެ ދެ ބޭފުޅުންގެ ނަންފުޅު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް މިއަދު އަޅުގަނޑު ފޮނުވައިފިން
— Ibrahim Mohamed Solih (@ibusolih) December 1, 2019
ޖޭއެސްސީން ރައީސަށް ލަފާ އެރުވީ ސުޕްރީމް ކޯޓަށް ދެ ބޭފުޅަކު އައްޔަން ކުރެއްވުމަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ރައޫފް އައްޔަން ކުރުމާ މެދު ޖޭއެސްސީން ރައީސަށް ލަފައެއް އަރުވައިފައެއް ނުވެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ތިން މަގާމެއް ހުސްވީ އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުންނާއި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ އަރީފް ރިޓަޔާ ކުރެއްވުމުންނެވެ.
ގާނޫނު އަސާސީ ބުނާގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކަކަށް ބިނާކޮށް މަޖިލީހުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބެންޗުގައި މިހާރު ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ. އޭގެ ތެރެއިން ފަނޑިޔާރު ޣަނީ ވެސް ވަކިކުރަން މަޖިލީހަށް އޮތީ ފޮނުވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންސާފުގެ ތަރާދު
02 December 2019
ސުއޫދުއާ އެއްވަރަކަށް އަދުލު އިންސާފަށް ގޮވާލި މިހަކު، އަދި ޝަރުއީ ނިޒަމު އިސްލާހުކުރަން ގޮވާލި މީހަކު މިފަހަކުން ނެތެވެ. އޭނަ ކޮށްފައިވާ ވަރަށް ހިދުމަތްކޮށްދިން އެހެން މިހަކު ނެތެވެ. އޭނަ ލިޔެފައިވާ ކޮންމެ ފޮތަކުން އޭނާގެ އިލްމީ ހަޒާނާގެ މުއްސަނދިކަން ފެނިގެން ދެއެވެ.
އަލީ ބަލީ ބަނޑަށްބަލީ
02 December 2019
ޖުޑީޝަރީ މިނިވަން ކުރުމަކީ ޖުޑިޝަރީ އެމްޑީޕީ ކުރުންތޯ؟
ހަސަނު1
02 December 2019
ހުސްނުއް ސުއޫދަކީ ސިޔާސީ މީހެއް. ވަކި ފިކުރަކަށް ޕަބްލިކް ކޮށް ތާއީދުކޮށް ވަކިބަޔަކަށް ނަފުރަތުގެ ބަސްތައް ފާޅުގައި ޕޯޑިއަމްތަކާއި ސޯޝަލް މީޑީއާގައި ފާޅުކޮށްފައި ހުރިމީހެއް. އެވަރުގެމީހަކަށް އިންސާފުން ކަންކަން ކުރެވޭނެކަމަކަށް ނުދެކެން. ތީތި ވަރަށް ކަޑަ، މުއުތަސިމް ބަރާބަރު.
ބައިރޯ
02 December 2019
65 މެންބަރުން ތިބި ކޮޅަކަށްތާ ރޅިއަޔާސް ކަންކަން ދާނީ
ފަރޭ
02 December 2019
މުޢުތަޞިމް، އޯކޭ! ޙުއްސުއްސުޢޫދާއިމެދު ސުވާލުއުފެދޭ!
ޓިނު
02 December 2019
ކޮންމެ މީހަކީވެސް އިންސާނެއް އެމީހަކު ރަގަޅުވާންނެތިެއްޔާ ކޮންމެ މީހަކު ފަޑިޔާރުކަމަށް ނެގިޔަސް އެކަމެއް ރަގަޅެއްނުވާނެ ؟ ބޭނުމީ އިޚްލާސްތެރިކަން
ގުއި ކަލޯ
02 December 2019
ތެދުފުޅެއް
އެންދެރި
02 December 2019
ސުއޫދު އަށް އިނާމް ދެނީ އެވެ.
ޭހެޔޮ ހިތުން
02 December 2019
މިއީތަ ޖުޑީޝަރީ މިނިވަން ކުރާ ގޮތަކީ؟ ބަލަ ޖުޑީޝަރީ މިނިވަން ކުރާ ކަށް އެމްޑީޕީ އަކަށް ލާހިކެއް ނޫނެވެ. ޖުޑީޝަރީ މިނިވަން ކުރާން ބޭނުންވާ ސަރުކާރަކުން ފަނޑިޔާރު ކަމަށް ޢައްޔަން ކުރަންވީ މިއަށް ވުރެން މާރަގަޅު މުޖްތަމައު ބަލާގަން ބޭފުޅުން ނެވެ.
އަނދިރި ސަރުކާރު
02 December 2019
ޑިއު ޕޮރޮސަސް ފުރިހަމަ ނުވާކަމަށް ބުނަން މިހަހަރު މަޖްލީހުގެ މިނިވަން މުވައްސަސާ ކޮމެޓީ އަށް ނުވަތަ ޖުޑީޝަލް ކޮމެޓީ އަށް ކެރޭނެ ވާއެވެ.ހަމަ ޔަޤީނުން މިފަހަރަކު އިންޓަވިއުޔޫ އެއް ނުކުރެވެ.އެކިފަހަރު އެކި ގޮތަށް ކަން ކުރުމަކީ ޑިއު ޕްރޮސަސް ފުރިހަމަ ކުރާ ގޮތް ތޯއެވެ؟ މަ ދެނަ ހުރި ގޮތުގާ މި ދެބޭފުޅުން ރަށުގަަ ވ3ސް ނޫޅުއްވައެވެމ
ޒަރީރު
02 December 2019
މުއުތައްސިމު މުޅުން ހުރީ ޑައިސެންޓިން ޖަޖްމެންޓް ނެރެފަ ކަމަށްްވަނީ. މާނައަކީ ހުކުމް ކުރާ އިރު އޭނައާ އެއްކޮޅަށް އަރާނެ ފަނޑިޔާރަކު އޭރުު ނުވަނީތަ. ނޫނީ މާ ބޯ ހަރީތަ؟ ނޫނީ އާގިއުމެންޓުތައް ބަލިކަށީތަ؟ މަޖިލިހުން މިކަންކަމަށް ބަލަން ވާނެ. ޢެހެން ނޫނީ ވާނެ ގޮތަކީ ބަސްނުވިކޭ މިހެއްގެ ގޮތުގައި މުއުތައްސިމު އުއްތަމަ ފަނޑިޔާރުކަން ކުރަން ހުންނަނީ
ހޮޓްކިންގ
02 December 2019
ޖުޑިޝަރީ މިނިވަންކުރުމުގެ ވަޢުދާއި އެކު ވެރިކަމަށް އައި މީހުން އެމްޑީޕީގެ އެކްޓިވިސްޓު ހުސްނުއްސުޢޫދު ސްޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް އިސްކުރީމާ ރައްޔިތުން ވީ އެކަން ބަލައިގަންނަންތޯއެވެ؟ މީ ރައްޔިތުންނަށް ކުރި މަލާމާތެއް.