ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކުރިފުޅުމަތީގައި ޝުޖޫން، ސަމީރަށް ހުވާލައިދެއްވަނީ. --ފޮޓޯ/ރައީސް އޮފީސް
05 ޑިސެމްބަރ 2019 - 14:56
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހައި ކޯޓުން ކަނޑައެޅި ފަނޑިޔާރު އަލީ ސަމީރަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މިއަދު ހުވާލައިދެއްވައިފި އެވެ.
މިއީ، އާ ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށިފަހުން، މިނިވަން މުއައްސަސާތަކަށް އައްޔަން ކުރެއްވި ބޭފުޅަކަށް އަންހެން ފަނޑިޔާރަކު ހުވާލައިދެއްވި ފުރަތަމަ ފަހަރެވެ. ސަމީރު، ޖޭއެސްސީ އަށް އައްޔަންކުރީ އެ ކޯޓުން ކުރިން ޖޭއެސްސީ އަށް ކަނޑައަޅާފައި ހުންނެވި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ޖޭއެސްސީން އިސްތިއުފާ ދެއްވުމުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކުރިފުޅުމަތީގައި ޝުޖޫން ހުވާލައިދެއްވި އިރު ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ބެންޗަށް ދެ އަންހެން ފަނޑިޔާރުން ފުރަތަމަ ފަހަރަށް އައްޔަންކުރެއްވީ އެ މަނިކުފާނެވެ. ޝުޖޫންގެ އިތުރުން ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ޑރ. އަޒްމިރަލްދާ ޒާހިރެވެ.
ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަދި ބާ ކައުންސިލްގެ މެމްބަރުކަން ކުރެއްވި ޝުޖޫން ހިމެނެނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަނޑިޔާރު ކަމަށް ވެސް އައްޔަން ކުރެއްވި އަންހެން ދެ ބޭފުޅުންގެ ތެރޭގަ އެވެ.
We would like to congratulate Honourable Justice Aisha Shujune Mohamed on being the first woman in Maldives to administer an oath of office under the Constitution of the Republic of Maldives. pic.twitter.com/G0dOxuqv0G
— Maldives Judiciary (@judiciarymv) December 5, 2019
ރާއްޖޭގައި ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރަކު ހުވާލައިދެއްވުމުން، ޖުޑިޝަރީން ވެސް ވަނީ އެކަން ފާހަގަކޮށް ޝުޖޫން އަށް މަރުހަބާ ދަންނަވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޗްއެންއެސް
05 December 2019
ތިޔަ ފޮޓޯއިން ދައްކާ މަންޒަރު ވަރަށް ޢައިބު، ރައީސް ހުންނަވަންވީ ވަކިން އަދި ހުވާ ލައި ދެއްވާ ބޭފުޅާއާއި ހުވާ ކުރައްވާ ބޭފުޅާހުންނަވަންވީ އެއްދިމާލަކަށް.
އަހުމަދު.
05 December 2019
އެޗްއެންއެސް، އަށް އެތަނުގަ މީހުން ތިބެންވީގޮތް ތިމާމީހާ ކުރިން ނުބުނެ އޮތީމަ މިހެންވެދާނެނު.
އަލީ ހަމީދު
05 December 2019
މަރްހަބާ! އުފާވެރި މަންޒަރެއް.