ބީއެމްއެލް މަސްދަތުރުގެ ބައިވެރިން މަސް ބާނަނީ. -- ފޮޓޯ؛ ބީއެމްއެލް
07 ޑިސެމްބަރ 2019 - 18:02
މަސްވެރިންގެ ދުވަހާ ގުޅިގެން، ބީއެމްއެލް އިން "ހިނގާ މަހަށް"ގެ ނަމުގައި ކުރިއަށްގެންދިޔަ މަސްދަތުރު ނިންމާލައިފި އެވެ.
ސޯޝަލް މީީޑިއާ އިން ހޮވާލެވުނު ޒުވާނުންނަށް ހާއްސަކޮށްގެން ބީއެމްއެލް އިން ރޭވި މި ދަތުރު ފެށީ އިއްޔެ މެންދުރު 3:00 ގަ އެވެ. އަދި ނިންމާލީ މިއަދު ހެނދުނު 10:00 އަށެވެ. މި ދަތުރުގައި އެންމެ ގިނަ މަސްބާނާ ބަޔަކު ބެލުމުގެ ގޮތުން ބީއެމްއެލް އިން ވަނީ ބައިވެރން ދެބަޔަކަށް ބަހާލައިފަ އެވެ.
ބީއެމްއެލް މަސް ދަތުރުގެ އަންހެން ބައިވެރިއަކު އެން އުކަނީ-- ފޮޓޯ: ބީއެމްއެލް
މި ދަތުރުގެ ބައިވެރިން ބީއެމްއެލް އިން ހޮވީ އެ ބޭންކުން ސޯޝަލް މީޑިއާގައި ކުރިއަށްގެންދިޔަ ހަރަކާތެއްގެ ތެރެއިންނެވެ. އެގޮތުން، އެ ބޭންކުން ކުރި ޕޯސްޓެއްގައި ދަތުރުދާން ބޭނުންވާ މީހުން ޓެގް ކުރުމުން އޭގެ ތެރެއިން ހޮވުނު މީހުން މި ދަތުރުގައި ބައިވެރިކުރި އެވެ. މީގެ ތެރޭގައި ސޯޝަލް މީޑިއާގައި މަޝްހޫރު "ޒުވާން މަސްވެެރިޔާ" އާއި ޓުވިޓާގެ މަޝްހޫރު ބައެއް ޒުވާނުން ވަނީ ބައިވެރިވެފަ އެވެ.
ބީއެމްއެލް އާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން ރޭވި މި ދަތުރުގައި ބައިވެރިން ވަނީ ފަރުމަސް ބޭނުމުގެ ހަރަކާތްތަކެއް އިއްޔެ ކުރިއަށް ގެންގޮސްފަ އެވެ. އަދި ދޮށީގެ މަސްވެރިކަމުގެ ހަރަކާތްތައް މިއަދު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަކުނިބޯ
07 December 2019
ބީއެމްއެލް އިން ޒުވާނުން ގެންދަނީ މަހަށް ދައުލަތުން ރައްޔިތުންނަށް ޒުވާނުންނަށް ކިޔަވަން ލޯނުދޭފައިސާއިން ބީއެމްއެލް ގެ މުއައްޒަފުން ތަމްރީނުކުރަންހަމަޖެއްސީ އިހަކަށްދުވަހު ސަޅި
ސަމަދު
07 December 2019
ބޭނުންކުން ކުރާނީ މިކަހަލަ ބޯގަޅިކަންތައް އަބަދުވެސް.