ޚަބަރު / ރައީސް މުހައްމަދު ނަޝީދު

މެމްބަރުން ޗުއްޓީ އަށް؛ ނަޝީދު ވިދާޅުވީ މުސާރަ ހަލާލް ކަމަށް ލަފާކުރެއްވޭ ކަމަށް!

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގެ ރިޔާސަތުގައި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު. އެމަނިކުފާނު ވިދާޅުވި ގޮތުގައި ފަހު ދައުރުގައި މެމްބަރުން ބުރަ މަސައްކަތެއް ކުރެއްވި. --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ މިދިޔަ ދައުރަށް ވުރެ، ފަހު ދައުރުގައި ގިނަ މަސައްކަތްތަކެއް ނިންމިފައިވާ ކަމަށް ވިދާޅުވެ، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު މެމްބަރުންނަށް ހިތްވަރު ދެއްވައިފި އެވެ.

މަޖިލިހުގެ ތިން ވަނަ ދައުރުގައި ބޭއްވި 33 ޖަލްސާ އަށް ފަހު، މެމްބަރުން މިއަދު ވަނީ ދެ މަސް ދުވަހުގެ ޗުއްޓީއަކަށް ވަޑައިގެންފަ އެވެ. މަޖިލިހުގައި މެމްބަރުން ކުރެއްވި މަސައްކަތަށް ތައުރީފް ކުރައްވައި ނަޝީދު ވިދާޅުވީ މެމްބަރުންގެ މުސާރަ "ހަލާލް" ކަމަށް "ލަފާކުރެއްވޭ" ކަމަށެވެ.

ނަޝީދު ވިދާޅުވީ ފަހު ދައުރުގައި ކުރި ބައެއް ބޮޑެތި މަސައްކަތްތަކުގެ ތެރޭގައި މަސްވެރިންގެ ގާނޫނަށް ގެންނަން ފާސް ކުރި އިސްލާހުތަކާއި ލާމަރުކަޒީ ގާނޫނަށް ގެންނަން ނިންމި އިސްލާހުތަކާއި އަންނަ އަހަރުގެ ބަޖެޓު ފާސްކުރުމާއި އާމްދަނީން ޓެކްސް ނެގުމުގެ ބިލް ނިންމުން ހިމެނޭ ކަމަށެވެ.

"މި ކުޑަ ދައުރުގައި މެމްބަރުން ކުރައްވާފައިވާ މަސައްކަތް މާ ގިނަ،" ނަޝީދު ވިދާޅުވި އެވެ.

މަޖިލިހުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާ އިރު، ކުރީގެ ދައުރުން ލިބުނީ 16 ބިލެވެ. ފަހު ދައުރުގައި 23 ބިލެއް މަޖިލިހަށް ހުށަހެޅި އެވެ. މަޖިލިހަށް ހުށަހެޅި ބިލްތަކުގެ ތެރެއިން 11 ބިލް ނިމުނު އިރު، ނުނިމި 28 ބިލެއް އޮތް ކަމަށް އެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ގަރާރުތަކަށް ބަލާއިރު، ކުރީގެ ދައުރުން ލިބިފައި ވަނީ 12 ގަރާރެވެ. މަޖިލިހަށް ފަސް ގަރާރެއް ހުށަހެޅި އިރު، ނުނިމި 15 ގަރާރެެއް އެބައޮތެވެ. ސަރުކާރުން ފޮނުވި މައްސަލަތަކުގެ ތެރެއިން ކުރީގެ ދައުރުން ދެ މައްސަލައެއް ލިބުނު އިރު، މި ދައުރުގައި ހުށަހަޅާފައި ވަނީ 16 މައްސަލައެކެވެ. އަދި އެންމެ މައްސަލައެއް ފިޔަވައި ހުރިހާ މައްސަލަތަކެއް މަޖިލިހުން ވަނީ ނިންމައިފަ އެވެ.

ރިޔާސަތުން ހުށަހެޅި މައްސަލަތަކުގެ ތެރެއިން ކުރީ ދައުރުން ހަ މައްސަލަ އައި އިރު، މި ދައުރުގައި ހުށަހެޅީ 17 މައްސަލަ އެވެ. އަދި ނުނިމި ހަ މައްސަލައެއް އެބައޮތެވެ. ނަޝީދު ވަނީ ޗުއްޓީ ދުވަސްވަރު، ކޮމިޓީތައް ބާއްވައިގެން މި މައްސަލަތައް ނިންމަވައި ދެއްވުމަށް އެދިވަޑައިގެންފަ އެވެ. މިނިސްޓަރުންނާ ސުވާލު ކުރުމުގެ 24 މައްސަލައެއް ކުރިއަށް ގެންދިޔަ އިރު، ނުނިމި 12 މައްސަލައެއް އެބައޮތެވެ.

އެހެންވެ، މެމްބަރުން ޗުއްޓީ އަށް ވަޑައިގަތީ 53 ޕަސަންޓު މަސައްކަތް ނިންމަވައިފަ އެވެ.

ނަޝީދު ވިދާޅުވީ 33 ޖަލްސާގައި 128 ގަޑިއިރާއި 37 މިނިޓު ހޭދަކޮށްފައިވާ ކަމަށެވެ. އަދި މެމްބަރުން 92 ޕަސަންޓަށް ޖަލްސާތަކަށް ވަޑައިގެންނެވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި 395 ކޮމިޓީ ބައްދަލުވުމެއް ބޭއްވި އިރު، 441 ގަޑިއިރު ހޭދަކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުގައި މުސާރަ ހަލާލު،" ނަޝީދު ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އާންމުންގެ ފަރާތުން ކަނޑައަޅާ މީހަކު އައްޔަން ކުރަން މަޖިލީހުގައި މިއަދު ވޯޓު ނެގި ނަމަވެސް އެއްވެސް މީހަކަށް ރުހުން ދޭން މެމްބަރުންނަށް ފެނިވަޑައެއް ނުގަތެވެ. ޖުޑިޝަރީ ކޮމިޓީން ދިރާސާ ކުރުމަށް ފަހު މަޖިލިހުގެ ތަޅުމަށް ފޮނުވި ނަންތަކުގެ ތެރެއިން ވ. ރޯޝަން، ހުސައިން އަމްރު އާއި ދަފްތަރު ނަންބަރު: 5295، އަހްމަދު ސާވީ އަށް ވެސް ރުހުން ދޭން ނުފެންނަ ކަމަށް މެމްބަރުން ވަނީ ނިންމަވައިފަ އެވެ.

13 ކޮމެންޓް, 36 ރިއެކްޝަންސް

icon happy icon happy 53%
icon sad icon sad 0%
icon angry icon angry 47%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުހައްމަދު ފިކުރީ

09 December 2019

ކޮންމެ މީހަކުވެސް ބުނާނީ ހަލާލުވާނެކަމުގަ. މީހުންގެ މުޅަމަަސްކާމީހުންވެސް ނަމާދުކުރޭ އަދި ނަމާދުން ފާބައިގެންވެސް މުޅަމަަސް ކާން ތިބޭ މިމީހުންގެ ނަމާދުންވެސް ފުރިހަމަ ސަވާބު ލިބޭނެކަމަށް އެމީހުން ލަފާކުރޭ

The name is already taken The name is available. Register?

ހަސަން112

08 December 2019

ބިރުބޮޑު! 2012 ފެބްރުއަރީގައި ވީގޮތަށް މަޖްލިސް ޗުއްޓީއަށް ދިޔައީމަ، އިދިކޮޅުގެ މުޒާހަރާތައް ބާރަށް ކުރިއަށް ދާއިރު، އަނެއްކާ އަނެއް ބަގާވަތް ނުފެށީއްޔާ ކިތަންމެހާވެސް ރަގަލު!

The name is already taken The name is available. Register?

މަޖިލިސް

08 December 2019

569 ގަޑި އިރު މަސައްކަތް ކޮށްފަ 1440 ގަޑި އިރު ގެ ޗުއްޓީ އެއް. މޮޅުކޮށްލަންވެގެން ދޯ 569 ގަޑި އިރު ގ ެމަސައްކަތް ކުރެވިއްޖެ އޭކިޔަަފަ ރ.ޓީވީ އަށް އަރުވަނީ

The name is already taken The name is available. Register?

77777

08 December 2019

މާ ފައިދާ ހުރި ބަދަލެއް އަދި ނުފެނޭ، ޖަލްސާ ގިނަވެގެން ރައްޔިތުންނަށް ވާނީ ގެއްލުން، އެވަރަށް ކާންދޭންޖެހޭ ބައެއްަތީ

The name is already taken The name is available. Register?

ގޯސް

08 December 2019

ކޮންގޮތަކުން. ޙުސްޗުއްޓީ.

The name is already taken The name is available. Register?

ޖާބެ

07 December 2019

ޗުއްޓީ ލިބުނީމަ ބައްދަލުވާނެބާ ތިޔަތަނުން މީހަކާ ރައްޓެސަކު ބުނީ އިންތިޔާ ބައްދަލުކުރަން އުޅޭގެން ފައިންޕުޅު ނުފެންނަކަމައް މިވަރުން ކިހިނެއްބާ ދެން ވޯޓުލާނީ އެމް.ޑީ.ޕީ އައް

The name is already taken The name is available. Register?

އަހޫ

08 December 2019

ހަމަބުނެލާއިރަށް ވޯޓުލާނެ. ކޮންމެހެން މިތާ ތިއްތިދެއްކެން ނޫޅޭ.

The name is already taken The name is available. Register?

ނަސީދު

07 December 2019

ކޮބާހޭ މިނިވަންވެއިޖް ބިލް އެކަމާ ވާހަކަދައްކާ ތަނެއްވެސް ނުފެނޭ މިހާރަކު އަނެއްކާ އެޖެންޑާ 23 ހައްބަދަލުކޮއްލީބާ

The name is already taken The name is available. Register?

ފަހުދު

07 December 2019

މަހުޖަނުން ޓެކްސް ދައްކަން ނުޖެހޭގޮތައް ގާނޫނު ފާސްކުރި ފުރަތަމަ ގައުމު. މަރްހަބާ!

The name is already taken The name is available. Register?

ގައުމީދޫ

07 December 2019

ރައްޔިތުން އަތުން ނަގާ ފީތަށް ބޮޑުކުރުމާއި ޓެކްސް އިތުރުކުރުން އަދި ޖުޑިޝަރީ އަށް އަތް ބޭނުން ފަދަ ކަންކަން ބާރަށް ކުރިއަށް ގެންދިޔަ މަޖްލިސް އެއް! ދައުލަތަށް ވަންނަ އާމްދަނީ އިތުރުކޮށްގެން އިގްތިސާދު ކުރިއަރުވޫމަކީ އެމްޑީޕީ ދަންނަކަމެއް ނޫން. ރައްޔިތުން އަތުގަ ހުންނަ ފައިސާކޮޅު ދައުލަތަށް ނަގައި ގައުމުގެ އިގްތިސާދު މިދަނީ ފުނޑަމުން!

The name is already taken The name is available. Register?

ޜައްޔިތު އަހުމަދު

07 December 2019

ސާބަސް ހަމަ އަންނި އަށް އަދި ކިރިޔާ މަޖްލިހެއް މި ފެނުނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454